Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އުކާލާ ކާބޯތަކެތީގެ އުފެއްދުން

އިސްރާފަށް އުކާލާ ކާބޯތަކެތި، ފެޝަނަށް

ބަޠޫލް ބުނާ ގޮތުގައި އޭނާގެ އަމާޒަކީ، ފެޝަންގެ ސިނާޢަތުން ވެއްޓަށް ލިބޭ ގެއްލުން ވީހާވެސް ކުޑަ ކުރުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 15 އެޕްރީލު 2023 | ހޮނިހިރު 09:37
ބަތޫލް ބުނާ ގޮތުގައި އޭނާގެ މަގުސަދަކީ ފެޝަނަކީ، ތިމާވެށީގެ މައްސަލަތަކަށް މީހުން ހޭލުންތެރި ކުރުވޭނެ މައިދާނެއްކަން ސާބިތު ކޮށްދިނުން

ބަތޫލް ބުނާ ގޮތުގައި އޭނާގެ މަގުސަދަކީ ފެޝަނަކީ، ތިމާވެށީގެ މައްސަލަތަކަށް މީހުން ހޭލުންތެރި ކުރުވޭނެ މައިދާނެއްކަން ސާބިތު ކޮށްދިނުން

ކިތަންމެ ބަލައިގެން އުޅުނު ކަމުގައި ވީ ނަމަވެސް ކާބޯތަކެތި އުކާލަން ޖެހޭ ފަހަރު އާދެއެވެ. ތައްޔާރު ކޮށްފައި ހުންނަ ކާބޯތަކެއްޗާއި، ކާބޯތަކެތި ތައްޔާރު ކުރަން ބޭނުން ކުރާ އެކި ކަހަލަ،ރޯ މޭވާއާއި ތަރުކާރީވެސް އޭގެ ތެރޭގައި ހިމެނެއެވެ. ކާބޯތަކެތި އިސްރާފު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ގިނަ ބަޔަކު އިއްތިފާޤު ވީ ނަމަވެސް، އެކަމަކަށް އަމަލީ ގޮތުން ހައްލެއް ހޯދެނީ މަދު ބަޔަކަށެވެ. ފަރުދީ ފެންވަރުގައި މިފަދަ މަސައްކަތެއް ކުރަމުން އަންނަ އެކަކީ، ޢުރުދުންގެ ޒުވާނެއް ކަމަށްވާ ބަޠޫލް އަލްރަޝްދާންއެވެ.

މޭވާއާއި ތަރުކާވީ ވިއްކާ މީހުންގެ އިތުރުން އެކިއެކި ގޭބިސީތަކާ ގުޅިގެން، ޢުމުރުން 28 އަހަރުގެ ބަޠޫލް ކުރަމުން އަންނަ މަސައްކަތަކީ، އުކާލާ ކާބޯތަކެތި ފެޝަނަށް ބަދަލު ކުރުމެވެ. ނުވަތަ ފެޝަންގެ ގޮތުގައި ބޭނުން ކުރެވިދާނެ އެކި ކަހަލަ ސާމާނުތައް އުފެއްދުމުގެ މަސައްކަތެވެ.

ފިޔާ، އޮރެންޖު، އަނބު އަދި ކީވީ ފުރުޓުގެ ތޮށި ފަދަ ބާވަތްތައް ބޭނުންކޮށްގެން ބަޠޫލް އުފައްދަނީ ބަޔޮޓެކްސްޓައިލް ނުވަތަ ސިއްހީ ދާއިރާ ފަދަ ހާއްސަ ދާއިރާތަކުގައި ބޭނުން ކުރާ ފޮއްޗާއި، ހެދުން ފަހާ ފޮއްޗާއި، ފެޝަންގެ ގޮތުގައި ބޭނުން ކުރެވިދާނެ އެކި ކަހަލަ ގަހަނާގެ ސާމާނުތަކެވެ.

ބަޠޫލް މި މަސައްކަތް ކުރަނީ "ބަޔޮ ބޯރ"ގެ ނަމުގައި ފޮތި ފަރުމާކުރާ ބަޔޮޓެކްނޮލޮޖީ ކުންފުންޏެއް ހަދައިގެންނެވެ.

ބަޠޫލް ބުނާ ގޮތުގައި އޭނާގެ އަމާޒަކީ، ފެޝަންގެ ސިނާޢަތުން ވެއްޓަށް ލިބޭ ގެއްލުން ވީހާވެސް ކުޑަ ކުރުމެވެ. އަދި ފެޝަނަކީ، ތިމާވެށީގެ މައްސަލަތަކަށް މީހުން ހޭލުންތެރި ކުރުވޭނެ މައިދާނެކަން ސާބިތު ކޮށްދިނުމެވެ.

ތުރީ-ޑީ ޕްރިންޓަރެއްގެ އެހީގައި ބަޠޫލް އުފެއްދުމެއް ތައްޔާރު ކުރިއެވެ. ހުދު ކުލައިގެ ތިކިތަކެއްވެސް ހުރި އެ އުފެއްދުން ރަމްޒުކޮށް ދެނީ، ދުނިޔޭގެ ކަނޑުތަކުގެ ތެރެއިން ލޮނުގެ އަސަރު އެންމެ ގަދައަށް ހުންނަ ޑެޑްސީގެ ލޮނުފުށްތަކެވެ.

އަރކިޓެކްޗަރގެ ރޮނގުން މަތީ ތަޢުލީމު ހާސިލުކޮށްފައި ވާ ބަޠޫލްއަކީ ސައެންސްއާއި ޓެކްނޮލޮޖީ އަދި ފަރުމާ ކުރުމުގެ ރޮނގުން އިތުރު ދިރާސާތައް ކުރަމުންދާ ރިސަރޗަރއެއްވެސްމެއެވެ. އަރކިޓެކްޓެއްގެ ގޮތުގައި މީގެ ކުރިން މަސައްކަތް ކުރުމަށްފަހު، އޭނާ އެ މަސައްކަތް ދޫކޮށްލީ، ފަރުމާތަކަށް ބޭނުންވާ އެކިއެކި ސަމާނުތައް، އެނާގެ އަމިއްލަ މަސައްކަތުން އުފެއްދުމަށްޓަކައެވެ.

ބަޠޫލް ވަނީ އޭނާގެ އުފެއްދުންތައް، ވިލާތާއި ދުބާއީގައި ދައްކާލާފައެވެ. އަދި އޮންލައިންކޮށްވެސް ބަޠޫލް ދަނީ، އޭނާގެ އުފެއްދުންތައް ވިއްކަމުންނެވެ.

ކިތަންމެ ބަޔަކު ކިތަންމެ ގޮތަކަށް ނަޞޭޙަތް ދިން ކަމުގައި ވީ ނަމަވެސް، ކާބޯތަކެތީގެ އިސްރާފުގެ މައްސަލައަކީ މި ކުޑަކުޑަ ދިވެހިރާއްޖޭގައިވެސް ހައްލެއް ނުލިބި އޮތް މައްސަލައެކެވެ. ދީނީ ފެންވަރުގައި ދޭ ދަރުސްތަކާއި، އިޖުތިމާޢީ ފެންވަރުގައި ހިންގާ ހޭލުންތެރި ކުރުމުގެ ކެމްޕޭންތަކާ އެކުވެސް، ކުނީގެ ގޮތުގައި އުކާލާ ކާބޯތަކެތީގެ މައްސަލައަށް އެދެވޭ ހައްލެއް ނުހޯދެއެވެ. ވަކިން ހާއްސަކޮށް، ރަމަޟާން މަހާ ދިމާކޮށް، ގޭބިސީތަކާއި ހޯޓާ ރެސްޓޯރަންޓް ފަދަ ކެއިންބުއިމުގެ ޚިދުމަތް ދޭ ތަންތަނުން، ކުނީގެ ގޮތުގައި އުކާލާ ކާބޯތަކެތީގެ މިންވަރު، އަހަރުގެ އެހެން މަސްމަހާ އަޅާ ބަލާއިރު އެތައް ގުނައެއް އިތުރުވެގެން ދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

17 މެއި 2024
ބޭނުންކޮށް ނިމިގެން އުކާލާ ތެޔޮގަނޑުން ވެށި ސަލާމަތް ކުރެވިދާނެ ކަން އެނގޭތަ؟

ބޭނުންކޮށް ނިމިގެން އުކާލާ ތެޔޮގަނޑުން ވެށި ސަލާމަތް ކުރެވިދާނެ ކަން އެނގޭތަ؟

21 މާރިޗު 2024
އުކާލާ ޓަޔަރުން ވަށާޖެހޭ އިޤްތިޞާދަކަށް!

އުކާލާ ޓަޔަރުން ވަށާޖެހޭ އިޤްތިޞާދަކަށް!

28 ނޮވެމްބަރު 2023
ބޮލަށް ފަސޭހަ ގޮތަކަށް ކުނި އުކާލާ، މަގުތައް ސާފު ކުރަން ބޭނުންތަ؟ އެހެންވިއްޔާ ޙައްލަކީ...

ބޮލަށް ފަސޭހަ ގޮތަކަށް ކުނި އުކާލާ، މަގުތައް ސާފު ކުރަން ބޭނުންތަ؟ އެހެންވިއްޔާ ޙައްލަކީ...

23 އޮކްޓޯބަރު 2023
ކާބޯތަކެތި ބޭނުންކޮށްގެން އުފެއްދި ބެޓެރިއަކާއެކު ބޭސްފަރުވާއަށް ބޮޑު އިންގިލާބެއް!

ކާބޯތަކެތި ބޭނުންކޮށްގެން އުފެއްދި ބެޓެރިއަކާއެކު ބޭސްފަރުވާއަށް ބޮޑު އިންގިލާބެއް!

18 އެޕްރީލު 2023

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު