Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޕްލާސްޓިކް ރިސައިކަލް ކުރުން

އުކާލާ ޕްލާސްޓިކް ދޭސީ ދަނޑުވެރިކަމަށް

"ކުނި މެނޭޖު" ކުރުމުގެ މަސައްކަތް، ސަންއާގެ ރަށްވެހިން މިއަދު ކުރަމުން ދަނީ، އެމީހުންގެ އަމިއްލަ ކަމެއްގެ ގޮތުގައި އެކަން ދެކިގެން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 27 މާރިޗު 2023 | ހޯމަ 05:01
އުކާލާ ޕްލާސްޓިކް ދޭސީ ދަނޑުވެރިކަމަށް

އުކާލާ ޕްލާސްޓިކް ދޭސީ ދަނޑުވެރިކަމަށް

ފެންނަ ފެނުމަށް އެއީ އެތައް އަހަރަކަށް ދިގުލާ ދިޔަ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ސިޓީއެކެވެ. އެތަނެއްގައި މާ ބޮޑު ޢުއްމީދެއް އަދި ދިރުމެއްވެސް ނުވާ ތަނެކެވެ. ނަމަވެސް، އަސްލު މަންޒަރު ވަރަށް ތަފާތެވެ. މި ސިޓީއަކީ، ހުރިހާ ވަސީލަތްތަކެއް ލިބި ހުރެމެ، އަމާންކަމާއި ސުލްހަ މަސަލަކަން ދެމި އޮވެމެ، އެ ހަނގުރާމައެއްގައި ނަޞްރު ހޯދުމަށް އެތައް ޤައުމަކުން ނުކުޅެދިފައި ވާ ޕްލާސްޓިކްގެ ވަބާއިން ސަލާމަތްވުމަށް، ކާމިޔާބު މަސައްކަތްތަކެއް ކުރަމުންދާ ސިޓީއެކެވެ. ދައްކަން މިއުޅެނީ، ޔަމަނުގެ ވެރިރަށް، ސަންއާގެ ވާހަކައެވެ.

ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުން، ވީހާވެސް ކުޑަކޮށް، "ކުނި މެނޭޖު" ކުރުމުގެ މަސައްކަތް، ސަންއާގެ ރަށްވެހިން މިއަދު ކުރަމުން ދަނީ، އެމީހުންގެ އަމިއްލަ ކަމެއްގެ ގޮތުގައި އެކަން ދެކިގެން، އަމިއްލަ އަތުންނެވެ.

ކާރު މަރާމާތު ކުރުމުގެ ޚިދުމަތްދޭ މި ވޯކްޝޮޕްއަކީ ކޮންމެ ދުވަހަކުވެސް ގިނަ ޢަދަދަކަށް، ތެޔޮ ހުސްކުރި ކޮންޓޭނަރު ޖަމާވާ ވޯކްޝޮޕްއެކެވެ. ޕްލާސްޓިކުން އުފައްދާފައި ހުންނަ މި ކޮންޓޭނަރުތައް ޖަމާކޮށް، އަލުން ބޭނުން ކުރުމުގެ މަސައްކަތް ކުރާ ޕްލާންޓަކަށް ފޯރުކޮށްދިނުމުގެ ޒިންމާ، މި ވޯކްޝޮޕުން އުފަލަނީ ޒިންމާދާރު ކަމާއެކީގައެވެ.

ޕްލާންޓާ ހިސާބުން ޕްލާސްޓިކްގެ އާ ދަތުރެއް ފެށެއެވެ. އެކި ބައިބަޔަށް ޕްލާސްޓިކްތައް ވަކިކޮށް، ކުދި އެތިކޮޅުތަކަކަށް ވަންދެން އެ ފުނޑުފުނޑުކޮށް، ދޮވެއެވެ. އެއަށްފަހު، އެ ބަދަލު ކުރަނީ، ފެން ހޮޅިތަކަކަށެވެ.

މި މަސައްކަތްތައް ކުރިއަށްދާ ޕްލާންޓްގެ ވެރިއަކަށް ހުރި އަހުމަދު އަލް-ހަޝީދީ ބުނާ ގޮތުގައި، ރީސައިކަލް ކުރުން ނުވަތަ އަލުން ބޭނުން ކުރެވޭ ގޮތް ހެދުމުގެ ވިޔަފާރީގައި ފައިދާ އޮތީ ހަމައެކަނި ތިމާވެއްޓަކަށް ނޫނެވެ. އެ މަސައްކަތުގެ ތެރެއިން، އެތައް ބަޔަކަށް، ވަޒީފާގެ ފުރުޞަތުތައްވެސް ފަހިވެފައި ވާ ކަން ހަޝީދީ ފާހަގަ ކުރިއެވެ.

މަސައްކަތްތެރިކަމަށް ބޭނުންވާ އެކި ކަހަލަ ސާމާނުތައް އަމިއްލަ ވަޒަނުގައި އުފެއްދުމަކީ، ދޭސީ ވިޔަފާރިތަކަށްވެސް އެ ކަމުގައި ފައިދާތަކެއް އޮތް ކަމެކެވެ. އެގޮތުން، ބޮޑު އަގެއް ހޭދަ ކުރަން ޖެހޭ އިމްޕޯޓަށް ބަރޯސާވާވުން ކުޑަކޮށް، ފައިސާ ޚަރަދު ކުރަން ޖެހޭ މިންވަރު ކުޑަ ކުރެވޭކަން ހަޝީދީ ފާހަގަ ކުރިއެވެ.

ރީސައިކަލް ކުރުމަށް ހާއްސަކޮށްގެން ޔަމަނުގައި ހިންގާ ކާރުޚާނާތަކުގެ ޢަދަދު ދަނީ އިތުރު ވަމުންނެވެ. ސަންއާ އެކަނި ބަލާލި ކަމުގައި ވީ ނަމަވެސް މިފަދަ އެތައް ކާރުޚާނާއެއް އެބަހުއްޓެވެ. މި ކާރުޚާނާތަކުގައި ޕްލާސްޓިކް ރީސައިކަލް ކޮށްގެން އުފައްދަނީ، ދަނޑުވެރިކަމުގައި ބޭނުން ކުރާނެ އެކި ކަހަލަ ޢާލާތްތަކެވެ.

ހަޝީދީ ބުނާ ގޮތުގައި، މިކަމުގައި ޔަމަނުގެ ސަރުކާރަށް އަދިވެސް ފޯރުކޮށްދެވިދާނެ ބައިވަރު އެހީތަކެއް އެބަހުއްޓެވެ. އެގޮތުން ބައެއް ޤާނޫނުތަކަކާއި ބިލްތަކަށް އިސްލާޙް ގެނައުމާއި، މިފަދަ މަޝްރޫޢުތަކާ ގުޅޭ ޚިދުމަތްތަކުން ނަގާ ޓެކުހާއި ކަސްޓަމްސް ޑިއުޓީ މަޢާފު ކުރުން ކަހަލަ ކަންކަން ކުރެވިދާނެ ކަން ހަޝީދީ ވަނީ ފާހަގަ ކޮށްފައެވެ.

ޕްލާސްޓިކްރީސައިކަލްޔަމަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޔަމަނުން ފަލަސްތީނަށް ކުރާ ތާއީދު ހުއްޓުވުމަށް މަސައްކަތް ކުރި ސައުދީ-އިޒްރޭލް-އެމެރިކާ ގުޅިގެން ހިންގި ނެޓްވޯކެއް ޔަމަނުން އަތުލައިގަނެފި

ޔަމަނުން ފަލަސްތީނަށް ކުރާ ތާއީދު ހުއްޓުވުމަށް މަސައްކަތް ކުރި ސައުދީ-އިޒްރޭލް-އެމެރިކާ ގުޅިގެން ހިންގި ނެޓްވޯކެއް ޔަމަނުން އަތުލައިގަނެފި

09 ނޮވެމްބަރު 2025
ޔަމަނުގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ އެލް.އެން.ޖީ ޓޭންކަރެއް ގޮވައި އަލިފާން ރޯވެއްޖެ

ޔަމަނުގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ އެލް.އެން.ޖީ ޓޭންކަރެއް ގޮވައި އަލިފާން ރޯވެއްޖެ

19 އޮކްޓޯބަރު 2025
ޔަމަނުގެ ހަތިޔާރުއެޅި ބާރުތަކުން އިސްރާއީލުގެ ބެން ގުރިއަން ވައިގެ ބަނދަރަށް މިސައިލް ހަމަލާ އެއް ދީފި

ޔަމަނުގެ ހަތިޔާރުއެޅި ބާރުތަކުން އިސްރާއީލުގެ ބެން ގުރިއަން ވައިގެ ބަނދަރަށް މިސައިލް ހަމަލާ އެއް ދީފި

11 ޖުލައި 2025
ޔަމަނުން ފޮނުވާލި މިސައިލްތަކެއް ނައްތާލާފައިވާ ކަމަށް އިސްރާއީލް އިން ބުނެފި

ޔަމަނުން ފޮނުވާލި މިސައިލްތަކެއް ނައްތާލާފައިވާ ކަމަށް އިސްރާއީލް އިން ބުނެފި

10 ޖުލައި 2025
ރަތް ކަނޑުގައި ދަތުރު ކުރަމުން ދިޔަ އާގު ބޯޓަކަށް ހަމަލާ ދީފި، 2 ފަޅުވެރިން މަރުވެއްޖެ

ރަތް ކަނޑުގައި ދަތުރު ކުރަމުން ދިޔަ އާގު ބޯޓަކަށް ހަމަލާ ދީފި، 2 ފަޅުވެރިން މަރުވެއްޖެ

08 ޖުލައި 2025

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު