Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ތިމާވެށި ހިމާޔަތް ކުރުން

ބޭނުންކޮށް ނިމިގެން އުކާލާ ތެޔޮގަނޑުން ވެށި ސަލާމަތް ކުރެވިދާނެ ކަން އެނގޭތަ؟

މަޤްޞަދަކީ ދަތުރުފަތުރުގެ ސިނާޢަތުގައި އިޚްތިޔާރީ ހަކަތައިގެ މަސްދަރުތަކަށް މެދުއިރުމަތީގައި އިތުރު ވަމުން އަންނަ ޑިމާންޑަށް ސަޕްލައި ކޮށްދިނުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 21 މާރިޗު 2024 | ބުރާސްފަތި 17:53
ބަޔޯޑީސަލްއަކީ ތަރުކާރީ ތެލާއި، ޖަނަވާރުގެ ސަރުބީ އާއި ބޭނުންކޮށްފައި ހުންނަ ކައްކާ ތެޔޮ ރީސައިކަލްކޮށްގެން، ދޭސީ ފެންވަރުގައި އުފައްދާ އިއާދަކުރަނިވި، ބަޔޯޑިގްރޭޑަބަލް ތެލެއް

ބަޔޯޑީސަލްއަކީ ތަރުކާރީ ތެލާއި، ޖަނަވާރުގެ ސަރުބީ އާއި ބޭނުންކޮށްފައި ހުންނަ ކައްކާ ތެޔޮ ރީސައިކަލްކޮށްގެން، ދޭސީ ފެންވަރުގައި އުފައްދާ އިއާދަކުރަނިވި، ބަޔޯޑިގްރޭޑަބަލް ތެލެއް

ވެއްޓަށް އެންމެ ގެއްލުން ދެނިވި އެއް ބާވަތް ކަމަށް ވާ ތެޔޮ އުފައްދާ ޤައުމުތަކުގެ ލިސްޓުގައި ހިމެނޭ އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) އިން ދަނީ، އެ ޤައުމުގެ ދަތުރުފަތުރުގެ ނިޒާމަކީ ދެމެހެއްޓެނިވި ވެއްޓަކަށް މަގުފަހި ކުރާ ސިނާޢަތަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ދުބާއީގައި މަރުކަޒުކޮށްގެން ހިންގާ ލޫތާ ބަޔޯފިއުލްސްއަކީ، ކެއްކުމުގެ ސިނާޢަތުގައި ބޭނުންކޮށްފައި ހުންނަ ކައްކާ ތެޔޮ ރީސައިކަލްކޮށް، އެ ތެލުން ބަޔޯޑީސަލް އުފައްދާ ކުންފުންޏެކެވެ.

2010 ވަނަ އަހަރު އުފެއްދި ލޫތާ ބަޔޯފިއުލްސްގެ މަސައްކަތަށް ބޭނުންވާ ތެޔޮ ހޯދަނީ އެކިއެކި ވިޔަފާރިތަކުންނެވެ. ބޭނުންކޮށްފައި ހުންނަ ކައްކާ ތެޔޮ ޖަމާކޮށް، ބަޔޯޑީސަލްއާއި އެނޫންވެސް އުފެއްދުންތަކަށް އެ ބަދަލު ކުރެއެވެ. މަޤްޞަދަކީ ދަތުރުފަތުރުގެ ސިނާޢަތުގައި އިޚްތިޔާރީ ހަކަތައިގެ މަސްދަރުތަކަށް މެދުއިރުމަތީގައި އިތުރު ވަމުން އަންނަ ޑިމާންޑަށް ސަޕްލައި ކޮށްދިނުމެވެ.

ބަޔޯޑީސަލްއަކީ ތަރުކާރީ ތެލާއި، ޖަނަވާރުގެ ސަރުބީ ނުވަތަ ރެސްޓޯރަންޓް ފަދަ ތަންތަނުގައި ބޭނުންކޮށްފައި ހުންނަ ކައްކާ ތެޔޮ ރީސައިކަލްކޮށްގެން، ދޭސީ ފެންވަރުގައި އިން އުފައްދާ އިއާދަކުރަނިވި، ބަޔޯޑިގްރޭޑަބަލް ތެލެކެވެ. ބަޔޯޑިގްރޭޑަބަލްއޭ ބުނާ ބަހުގެ މާނައަކީ، ދިރޭތަކެތީގެ އަމަލުން، ސީރިއަސް ގެއްލުމެއް ނެތް އުފެއްދުންތަކަށް ބެހިގެން ދިއުމުގެ ޤާބިލުކަން ހުރުމެވެ.

ލޫތާ ބަޔޯފިއުލްސްގެ ޗީފް އެގްޒެކެޓިވް، ޔޫސުފް ބިން ސައީލު އަލް ލޫތާ ސިފަ ކުރި ގޮތުގައި، ތިމާވެށި ހިމާޔަތް ކުރުމަކީ މިއަދު އޮތް އިޚްތިޔާރެއް ނޫނެވެ. އެއީ ކުރަން މަޖުބޫރުވެފައި އޮތް ކަމެކެވެ.

ނިމިދިޔަ 2023 އަހަރުގެ އުފެއްދުންތެރިކަމަށް ބަލައިލަމާ ހިނގާށެވެ. ބޭނުންކޮށްފައި ހުންނަ ކައްކާ ތެލުގެ 5 ލައްކަ ލީޓަރު، ކޮންމެ މަހަކުވެސް ލޫތާ ބަޔޯފިއުލްސްއަށް ޖަމާކުރިއެވެ. އަދި އަހަރު ނިމުނު އިރު އެ ކުންފުނިން ވަނީ 700 ޓަނުގެ ބަޔޯފިއުލް އުފައްދާފައެވެ.

ދެމެހެއްޓެނިވި ހަކަތައިގެ އިންޖިނޭރިންގް ޕްރޮފެސަރެއް ކަމަށްވާ ޕޯލް ހެލިއަރ ޤަބޫލުކުރާ ގޮތުގައި ބަޔޯފިއުލް ކަނޑުދަތުރުފަތުރުގެ ދާއިރާގައި ބޭނުން ކުރުމުގެ އިންތިހާ ފަހި ފުރުޞަތުތައް އެބަ ހުއްޓެވެ. ކަނޑުއުޅަނދުތަކުގައި ބޭނުންކުރާ އިންޖީނުތަކަކީ، އެކި ފެންވަރުގެ ތެޔޮ ބޭނުން ކުރުމުގެ ޤާބިލުކަން ލިބިފައިވާ އިންޖީނުތަކެއް ކަން ޕްރޮފެސަރ ހެލިއަރ ވަނީ ފާހަގަ ކޮށްފައެވެ.

ޔޫއޭއީގެ ހަކަތަ އިސްތިރާޖު 2050 އަމާޒުކޮށްފައިވަނީ އެޤައުމުގެ އިގްތިސާދީ ބޭނުންތަކާއި ތިމާވެށީގެ އަމާޒުތައް ހާސިލްކުރުމަށް އިއާދަކުރަނިވި ހަކަތައާއި ނިއުކްލިއާ އަދި ސާފު ހަކަތަ އުފައްދާ ވަސީލަތްތައް އެއްކޮށްލުމަށެވެ. 2023 ވަނަ އަހަރު ޔޫއޭއިން ވަނީ އެ ޤައުމުގެ ހަކަތައިގެ އިސްތިރާޖަށް އައު ލަނޑުދަނޑިތަކެއް އިތުރުކޮށް، އަދާހަމަކޮށްފައެވެ. އެގޮތުން ޔޫއޭއީއަށް ބޭނުންވާ އެކުވި ހަކަތައިގެ ސަޕްލައިގެ 30 ޕަސެންޓަކީ، 2030 ވަނަ އަހަރު އަންނައިރު ސާފު ހަކަތައަށް ހެދުމަށް ވަނީ އަމާޒު ކަނޑައަޅާފައެވެ. އަދި ކަރބަން ނިއުޓްރަލް ޤައުމަކަށް ވުމުގެ ސުންގަޑިއަކަށް 2050 ވަނީ ހަމަޖައްސާފައެވެ.

ބަޔޯ ފިއުލްތިމާވެށިޔޫއޭއީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އޮރިޖިނަލް ޒަމްޒަމް ފެން ކަަމަށް ބުނެ އޮޅުވާލައިގެން އިސްކުރު ފެން ވިއްކަނީ!

އޮރިޖިނަލް ޒަމްޒަމް ފެން ކަަމަށް ބުނެ އޮޅުވާލައިގެން އިސްކުރު ފެން ވިއްކަނީ!

16 ޖުލައި 2025
އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި

އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ސައުދީއަށާއި ޔޫއޭއީ އަށް ވިއްކުމަށް އެމެރިކާ އިން ނިންމައިފި

12 އޮކްޓޯބަރު 2024
ޔޫއޭއީން ލުއި ރޭޓެއްގައި 160 ޓަނުގެ ރަން އިންޑިއާ އަށް އެތެރެކުރަނީ

ޔޫއޭއީން ލުއި ރޭޓެއްގައި 160 ޓަނުގެ ރަން އިންޑިއާ އަށް އެތެރެކުރަނީ

27 އޯގަސްޓު 2024
ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް ޔޫއޭއީ ގައި މުޒާހަރާ ކުރި 57 ބަންގްލަދޭޝް މީހުން ދިގު މުއްދަތައް ޖަލަށް ލައިފި

ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް ޔޫއޭއީ ގައި މުޒާހަރާ ކުރި 57 ބަންގްލަދޭޝް މީހުން ދިގު މުއްދަތައް ޖަލަށް ލައިފި

22 ޖުލައި 2024
ތިމާވެށީގެ ގޮތުން ރާއްޖެ މިއޮތީ އުދަނގޫ ފައްތަރެއްގައި، ބިން ހިއްކާތީ ކަންބޮޑުވޭ: އ.ދގެ ސްޕެޝަލް ރެޕަޓުއަރ

ތިމާވެށީގެ ގޮތުން ރާއްޖެ މިއޮތީ އުދަނގޫ ފައްތަރެއްގައި، ބިން ހިއްކާތީ ކަންބޮޑުވޭ: އ.ދގެ ސްޕެޝަލް ރެޕަޓުއަރ

26 އެޕްރީލު 2024

އަހަރުތަކުން މިއަދު

11 މާރިޗު
ގާރލިކް ޓަސްކަން ޗިކެން
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގާރލިކް ޓަސްކަން ޗިކެން

އަލުވި ޗީޒް ޕޭންކޭކް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

އަލުވި ޗީޒް ޕޭންކޭކް

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް
20233 އަހަރު ކުރިން
ރާއްޖެ

ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލަ: ދައުލަތުން ހުށަހެޅި ހެކިންނާމެދު ދިފާއުގެ ސުވާލުތަކެއް

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ
20224 އަހަރު ކުރިން
ރާއްޖެ

އެމްއޭސީއެލްގެ މުވައްޒަފުންނަށް އޭޕްރިލް މަހު ފްލެޓް ދޫކުރަނީ

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!
20215 އަހަރު ކުރިން
ރިޕޯޓު

ދުއިސައްތަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ އަގުހުރި ތަރިކަ، މިޖީލަށް ރައްކާކޮށް މި ދިނީ ކުޅަދާނަ ދިވެހި ކަނބަލުން!

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!
20197 އަހަރު ކުރިން
ރިޕޯޓު

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކު ސިކުނޑީގެ މައްސަލައެއްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު