Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޓަޔަރުން ފައިދާ ހޯދުން

އުކާލާ ޓަޔަރުން ވަށާޖެހޭ އިޤްތިޞާދަކަށް!

ކޮންމެ އަހަރަކުވެސް ގާތްގަނޑަކަށް 29 މިލިއަން ޓަނުގެ ޓަޔަރު އުކާލާ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 28 ނޮވެމްބަރު 2023 | އަންގާރަ 12:07
ޗިލީގައި އުކާލާފައި ހުރި ޓަޔަރުތައް

ޗިލީގައި އުކާލާފައި ހުރި ޓަޔަރުތައް

އީޖާދީ ޚިޔާލުތަކަކީ ގިނަ ފަހަރަށް ހީވެސް ނުކުރާ ފަދަ ގޮތް ގޮތަށް އަންނަ ޚިޔާލުތަކެކެވެ. އެ ޚިޔާލުތަކަށް ޢަމަލީ ސިފައެއް ގެނައުމަށް ގަދައަޅާ މަސައްކަތް ކޮށްފި ނަމަ، ކޮންމެ ހުވަފެނެއްގައިވެސް ޙަޤީޤީ ކުލަޖެއްސިދާނެ ކަން ސާބިތުކޮށްދެމުން ދާ އެއް ކުންފުންޏަކީ ޗިލީގެ ޒުވާން ކުންފުންޏެކެވެ. އަމިއްލަ ފަރާތަކުން ފަންޑުކޮށްގެން ހިންގާ ސަސްޓްރެންޑް ލެބޯޓްރީގެ ބައެއް ކަމަށް ވާ ޓީ-ފައިޓްގެ މަސައްކަތަކީ ބާވެގެން އުކާލާ ކާރު ޓަޔަރުން، ޒަމާނީ އިލެކްޓްރިކް ކާރުތަކަށް ބެޓެރި އުފެއްދުމެވެ.

ބޭނުން ނުކުރެވޭ ވަރު ވެގެން އުކާލާ ޓަޔަރުތައް ބޭނުންކޮށްގެން އިލެކްޓްރިކް ކާރުތަކަށް ބެޓެރި އުފެއްދޭ ގޮތް ވުމަކީ، ކޮންމެ އަހަރަކުވެސް ކުނީގެ ގޮތުގައި އުކާލާ ބިލިއަނަކަށް ވުރެ ގިނަ ޓަޔަރުގެ މައްސަލައަށް ހޯދުނު އިންޤިލާބީ ޙައްލެކެވެ. މިއީ އެއް ދޮނުގަ ދެބުޅި ޖެހުން ކަހަލަ ކަމެކޭވެސް ބުނެވިދާނެއެވެ. އުކާލާ ކާރު ޓަޔަރުތަކުން ވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރެވިގެން ދާ އިރު، ލިތިއަމް-އަޔަން ބެޓެރި އުފެއްދުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަންވެސް އެހީއަކަށް ވެއެވެ.

ޓީ-ފައިޓްގެ ސީއީއޯ އަދި ކޯ-ފައުންޑަރެއް ކަމަށް ވާ ބެރްނަދީތާ ދިއާޒް ވަނީ، އަދުގެ ދުނިޔޭގެ ބާޒާރުގައި އެއްވެސް އަގެއް ނެތް އެއްޗެއް، އިންތިހާއަށް ފައިދާ ކުރަނިވި އުފެއްދުމަކަށް ބަދަލު ކޮށްލި ގޮތް މީޑިޔާއާ ހިއްސާކޮށްފައެވެ.

ޓީ-ފައިޓްގެ މަސައްކަތް ކުރިއަށް ދާ ގޮތަށް ޚުލާސާ ގޮތެއްގައި ބަލާއިރު، އުކާލާ ޓަޔަރުތަކުން ނަގާ ކާބަން ބްލެކް ސާފުކޮށް، ބެޓެރީ އުފައްދަން ބޭނުން ކުރެވޭ ފެންވަރުގެ ކާބަން، ނުވަތަ ހަރޑް ކާބަންއަށް ބަދަލު ކުރުން ހިމެނެއެވެ. މިއީ ލިތިއަމް-އަޔަން ބެޓެރި އުފެއްދުމުގެ މަރުޙަލާގައި މުހިންމު ދައުރެއް އަދާ ކުރާ އެއްޗެކެވެ.

ދިއާޒް ބުނާ ގޮތުން ވިއްޔާ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެ އަހަރަކުވެސް ގާތްގަނޑަކަށް 29 މިލިއަން ޓަނުގެ ޓަޔަރު އުކާލައެވެ. އެއީ އެއްތަނަކަށް ޖަމާކޮށްފިނަމަ، އެމެރިކާގެ ވޮޝިންގްޓަން ޑީސީ ފޮރުވާލެވޭހާ ގިނަ ޢަދަދެއްގެ ޓަޔަރެވެ.

ވެއްޓަށް ގެއްލުން ދެނިވި ތެލުގެ ބާވަތްތަކުން ހަކަތަ ދޭ ކާރުތައް ދޫކޮށް، އިލެކްޓްރިކް ކާރުތަކާ ދިމާއަށް އަދުގެ ދުނިޔެ މިޞްރާބު ޖަހާފައި ވާ އިރު، މި ކަމަކީވެސް ޓަޔަރުތައް އުކާލަން ޖެހޭ މިންވަރު އިތުރު ވާނެ ކަމެއް ކަން ފާހަގަ ކުރަން ޖެހެއެވެ. އެހެނީ، ޓަޔަރުތަކުގެ ގޭނުމާއި ހަލާކުވެ ދިއުން ގުޅިފައި އޮންނަ އެންމެ ބޮޑު ހިއްސާދާރަކީ ބެޓެރީގެ ބަރުދަން ކަމުގައި ވުމެވެ.

ދެމެހެއްޓެނިވި ތަރައްޤީގެ ރޭހުގައި ކުރިއަރާ ދިއުމަށް ދުނިޔެ ގަދަ އަޅާ މަސައްކަތް ކުރަމުން ދާ އިރު، ކުނީގެ ގޮތުގައި އުކާލާ ތަކެތި އަލުން ބޭނުން ކުރުމަށްޓަކައި ކުރަން ޖެހޭ ހޭދައިގެ މިންވަރުވެސް ދަނީ އުފެލެމުންނެވެ. ވަރލްޑް ބިޒްނަސް ކައުންސިލް ފޮރ ސަސްޓެއިނަބަލް ޑިވަލޮޕްމަންޓްއިން ބުނާ ގޮތުގައި، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެގެން ކޮންމެ އަހަރަކުވެސް އުކާލާ އެތައް ސަތޭކަ މިލިއަން ޓަޔަރެއް ފުނިޖެހެމުން ދަނީ ކުނިގޮނޑުތަކަށެވެ.

ޓީ-ފައިޓްގެ އީޖާދީ އުފެއްދުން މެކުހަށް ޖަހައި، ސިނާޢީ ފެންވަރުގައި މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ޝަޢުޤުވެރިކަން ފާޅުކޮށްފައިވާ އިންވެސްޓަރުން މިހާރުވެސް އެބަތިބި ކަމަށް އެ ކުންފުނިން ބުނެއެވެ.

ޗިލީރީސައިކަލް

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2025

ކަނޑޫދޫ ރައްޔިތުންނަށް ފައިދާ ލިބޭގޮތަށް، އެރަށުން އެސްޓީއޯއަށް މިރުސް ގަންނާނަން: ރައީސް މުއިއްޒު

25 ސެޕްޓެމްބަރު 2025
ކަނޑޫދޫ ރައްޔިތުންނަށް ފައިދާ ލިބޭގޮތަށް، އެރަށުން އެސްޓީއޯއަށް މިރުސް ގަންނާނަން: ރައީސް މުއިއްޒު
26 ޖޫން 2024

ފަހު ވަގުތު މޮޅުވެ، އާޖެންޓީނާ ކުއާޓާ ފައިނަލަށް

26 ޖޫން 2024
ފަހު ވަގުތު މޮޅުވެ، އާޖެންޓީނާ ކުއާޓާ ފައިނަލަށް
22 ޖޫން 2024

ޕެރޫ އާއި ޗިލީގެ ކުރިމަތިލުން ހަމަހަމަ

22 ޖޫން 2024
ޕެރޫ އާއި ޗިލީގެ ކުރިމަތިލުން ހަމަހަމަ
01 ޖެނުއަރީ 2024

އުފަންވިއިރުވެސް 7 ކިލޯއަށް ވުރެ ބަރު: "ހީވަނީ އަހަރެއްވަންދެން ގެންގުޅެ ބޮޑުކޮށްފައި އޮތް ކުއްޖެއްހެން"

01 ޖެނުއަރީ 2024
އުފަންވިއިރުވެސް 7 ކިލޯއަށް ވުރެ ބަރު: "ހީވަނީ އަހަރެއްވަންދެން ގެންގުޅެ ބޮޑުކޮށްފައި އޮތް ކުއްޖެއްހެން"
03 ނޮވެމްބަރު 2023

ބައިޑެންއާ ބައްދަލުކުރައްވައި އިސްރާއީލުގެ އަމަލުތައް ޗިލީގެ ރައީސް ބޮރިކް ކުށްވެރިކުރައްވައިފި

03 ނޮވެމްބަރު 2023
ބައިޑެންއާ ބައްދަލުކުރައްވައި އިސްރާއީލުގެ އަމަލުތައް ޗިލީގެ ރައީސް ބޮރިކް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު