Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިހްޔާ ފޯރަމް

ދިރިއުޅުމުގައި ދިމާވާ ކޮންމެ ހާލަތަކަށްވެސް ރުހެންޖެހޭ: ޝައިޚް ނަސްރުﷲ

15 އެޕްރީލު 2023 | ހޮނިހިރު 05:29

މުސީބާތެއް ދިމާވުމުން އެއަށްވުރެ ހެޔޮގޮތެއް މެދުވެރިކުރައްވާތޯ ދުއާކުރުން މަތީ ދެމިތިބެންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 15 އެޕްރީލު 2023 | ހޮނިހިރު 05:29
އިހްޔާ ފޯރަމްގެ ތެރެއިން

އިހްޔާ ފޯރަމްގެ ތެރެއިން

ދިރިއުޅުމުގައި ދިމާވާ ކޮންމެ ހާލަތަކަށްވެސް ރުހެންޖެހޭކަމަށް, މަސްޖިދުއް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމްގެ އިމާމް، އައްޝައިޚް ނަސްރުﷲ އަލީ ވިދާޅުވެއްޖެވެ.

ޝައިޚް ނަސްރުﷲ މިހެން ވިދާޅުވީ 1444 ވަނަ އަހަރު އަތޮޅުތަކަށް ޚާއްސަކޮށްގެން ބޭއްވި އެންމެ ފަހު އިހްޔާ ފޯރަމްގައި، ފުވައްމުލައް ސިޓީގައި ތަގްރީރުކުރައްވަމުންނެވެ.

Advertisement - newsAdvertisement

''ﷲގެ ނިޔާއަށް ރުހުން'' މި މައުލޫއަށް މި ފޯރަމްގައި ތަގްރީރުކުރައްވާފައިވަނީ އައްޝައިޚް ނަސްރުﷲ އަލީގެ އިތުރުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޒް މުހައްމަދު އަނީލްއެވެ.

މި ފޯރަމްގައި ތަގްރީރުކުރައްވަމުން އައްޝައިޚް ނަސްރުﷲ ވިދާޅުވީ، ހަޔާތުގައި މުސީބާތެއް ދިމާވުމުން ދުއާކޮށް، އެ މުސީބާތުގެ ސަބަބުން ދަރުމަ ދެއްވައި، އަދި އެއަށްވުރެ ހެޔޮގޮތެއް މެދުވެރިކުރައްވާތޯ ދުއާކުރުން މަތީ ދެމިތިބެން ޖެހޭކަމަށެވެ.

ދުނިޔެމަތީގައި ތިމާއަށް ފައިދާހުރި ކަމެއް ކަމަށް ދެކޭ ކަންކަން އެއީ ތިމާއަށް ހުރި ގެއްލުމަކަަށްވެސް ވެދާނެކަމަށާއި، ހުރިހާ ކަމެއްގެ ހަގީގަތް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ ކަން ފާހަގަކުރެއްވިއެވެ. އަދި ދިމާވާ ކަންކަމަކީ ދެރަ ކަންކަން ކަމަށް ނުވިސްނުމަށް އިރުޝާދުދެއްވަމުން، ދިރިއުޅުމުގައި ދިމާވާ ކޮންމެ ހާލަތަކަށްވެސް ރުހެންޖެހޭކަމަށް ވިދާޅުވިއެވެ. ކޮންމެ ކަމެއްވެސް ދިމާވާނީ އެކަމެއްގައި ހެވެއް އޮވެގެން ކަމަށާއި، މާތްﷲގެ މިންވަރުފުޅާމެދު ރުހެންވާނެކަމަށް ޝައިޚް ވިދާޅުވިއެވެ.

ޝައިޚްގެ ވާހަކަފުޅުގައި؛ މާތްﷲ އިންސާނަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެކަން ފާހަގަކުރައްވައި، ދިމާވާ ކޮންމެ ކަމަކީވެސް އިމްތިހާނެއްކަން ދެކިގެން ކުރިއަށްދިޔުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. އަދި އެފަދަ ކޮންމެ ކަމެއްގެ ފަހަތުގައިވެސް ފޮރުވިފައިވާ ކަންތައްތަކެއް ވާނެކަން ފާހަގަކުރެއްވިއެވެ. މާތްﷲގެ މިންވަރުފުޅާއި ނިޔާއަށް ރުހިގެން ކުރިއަށް ދިޔުމުގެ މުހިންމުކަމަށް ބައްލަވައިލައްވައި ޝައިޚް ވަނީ، ދިމާވާ ކަންތައްތަކަށް ކެތްތެރިވެ، ދުލުން ބަދުބަސް ނުބުނުމަށްވެސް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި ވިސްނަންވީ ދުނިޔޭގައި ބަޔަކު ކިތަންމެ ބޮޑު ދެރައެއް ދޭން އުޅުނަސް މާތްﷲގެ އިރާދަފުޅާލައިގެން މެނުވީ އެފަދަކަމެއް ނުވާނެކަން ގަބޫލުކޮށް ވަކީލް ކުރުމަށްކަމަށް ވިދާޅުވިއެވެ.

މި ފޯރަމްގައި ތަގްރީރުކުރައްވަމުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ސްޓޭޓް މިނިސްޓަރު، އަލްއުސްތާޒް މުހައްމަދު އަނީލް ވަނީ ރަސޫލާގެ ހަޔާތްޕުޅުގައި ދިމާވި ހާދިސާތަކަށް ބައްލަވައިލައްވައި މާތްﷲގެ ނިޔާއަށް ރުހެންޖެހޭ ސަބަބުތައް ތަފްސީލްކޮށް ދެއްވާފައެވެ.

މާތްﷲއަށް ފުރިހަމައަށް އީމާންވާ މީހާ އޭނާގެ ހަޔާތުގައި ދިމާވާ ކަންކަމަށް ކެތްތެރިވެ، ދިމާވާ ކަންކަމަކީ ހެޔޮކަމެއްގެ ގޮތުގައި ބަލާނެކަމަށް ވިދާޅުވިއެވެ. ދުނިޔޭގައި ދިމާވާ ހިތްދަތި ކަންކަމަށް ކެތްތެެރިވެއްޖެނަމަ އެކަމުގެ އަޖުރު ލިބޭނެކަން ބަޔާންކުރައްވައި، ރަސޫލާ ﷺގެ ހަޔާތްޕުގައި ދިމާވި ހާދިސާތައް ކިޔައިދެއްވިއެވެ.

އެންމެ ބޮޑަށް އިންސާނުންދެކެ ލޯބިވެވޮޑިގަންނަވަނީ، އަދި އިންސާނުން ރައްކާތެރިކުރައްވަނީ މާތްﷲކަން ފާހަގަކުރައްވައި، ދިމާވާ ހިތާމަތަކާއި މުސީބާތްތަކަށް އަޖުރު ލިބެނީ ކެތްތެރިންނަށްކަމަށް ވިދާޅުވިއެވެ. ގާތްތިމާގެ މީހަކު ނިޔާވުމަކީ ލިބޭނެ ވަރަށް ބޮޑު ހިތާމައެއްކަން ފާހަގަކުރައްވައި ސްޓޭޓް މިނިސްޓަރ ވަނީ، މިފަދަ ކޮންމެ ކަމެއްގައި ކެތްތެރިވުމުގެ މުހިންމުކަމަށް އަލިއަޅުއްވައިލައްވާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

28 މާރިޗު 2017

ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ޗީފަށް މަޖިލީހުގެ އިދާރާއަށް ވަދެވޭނެ:ޑިފެންސް މިނިސްޓްރީ

28 މާރިޗު 2017
ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ޗީފަށް މަޖިލީހުގެ އިދާރާއަށް ވަދެވޭނެ:ޑިފެންސް މިނިސްޓްރީ
14 މާރިޗު 2017

މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

14 މާރިޗު 2017
މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި
10 މާރިޗު 2017

ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން

10 މާރިޗު 2017
ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން
08 މާރިޗު 2017

މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން

08 މާރިޗު 2017
މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން
22 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

22 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!
16 ފެބުރުއަރީ 2017

މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ

16 ފެބުރުއަރީ 2017
މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް