Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖެންޑަރ މިނިސްޓްރީ

މަގުމަތިވި ތިން މައިން ޖެންޑަރގެ ބެލުމުގެ ދަށަށް

އާއިލާއަށް ބޭނުންވާ ޚަރަދު ހަމަޖައްސާނެ ކަމަށް މަމްސް ޖަމިއްޔާއިން ބުނޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 15 އެޕްރީލު 2023 | ހޮނިހިރު 00:31
ސަމީރާ ގެންގުޅުނު ހުރިހާ އެއްޗެއް ބޭރަށް އުކާލާފައި

ސަމީރާ ގެންގުޅުނު ހުރިހާ އެއްޗެއް ބޭރަށް އުކާލާފައި

މިދިޔަ ހަފުތާގައި ކުރީގެ ފިރިމީހާ ގެއިން ނެރެލުމުން ހާލުގައި ޖެހުނު ތިން މައިން ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެ ތިން މައިންނަށް އެހީވުމަށް އާއްމުންގެ އެހީތެރިކަމަށް ހުޅުވާލި "މަމްސް" ޖަމިއްޔާއިންނެވެ. އެ ޖަމިއްޔާއިން ހުކުރު ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު ދަންވަރު ގަޑިއެއްގައި ދެ ކުދިން ގޮވައިގެން ވަރަށް ދަތި ހާލުގައި އުޅޭ އެކަނިވެރިމަޔަކަށް އެހީއަށް އެދި ހިއްސާ ކުރި އާއިލާއަށް އެ ޖަމިއްޔާއިން އެހީތެރިކަން ފޯރުކޮށްދެމުން ދަނިކޮށް ކުއްލިއަކަށް ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެ ޖަމިއްޔާއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ އަންހެންމީހާ ދެ ދަރިން ގޮވައިގެން ދިރިއުޅެމުން އައީ އޭނާގެ ކުރީޣެ ފިރިމީހާގެ ގޭގެ ކޮޓަރިއެއްގަ އެވެ. އޭރުވެސް އެ ފިރިހެން މީހާގެ ފަރާތުން އަނިޔާތަކާއި ދަތިތައް ދިމާވާ ކަމަށާއި ކުއްލިއަކަށް ދެ ދަރިންނާއެކު ގެއިން ބޭރުކޮށްލީ ކަމަށެވެ. އަދި ގެންގުޅުނު ހުރިހާ ސާމާނެއް ވެސް ބޭރަށް އެއްލާލި ކަމަށް ވަނީ ބުނެފައެވެ. ގެއިން ބޭރުކުރުމުން އަންހެން މީހާ އުޅެމުން އައީ ރޮށިފިހެގެން ލިބޭ ފައިސާ ދައްކައިގެން ދުވަހު ކުއްޔަށްދޭ ކޮޓަރިއެއްގައެވެ. އެހެންވެ، ދަރިންނަށް ބޭނުންވާ ތަކެތި ހޯދައިނުދެވޭތީ އާއި އެ ތިން މައިން އުޅޭނެ ތަނެއް ހޯދައިދިނުމަށް މަމްސް ޖަމިއްޔާއިން އެހީއަށް ހުޅުވާލިއެވެ.

އާއްމުންގެ އެހީއަށް ހުޅުވާލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ބޭނުންވާ ވަރަށް ފައިސާ ލިބިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ. އެގޮތުން، 164،730 ރުފިޔާ ލިބިފައވާ ކަމަށާއި އެ ފައިސާއިން އެ އާއިލާއަށް ބޭނުންވާ ހަރަދުތައްކޮށް، ދިރިއުޅޭނެ ތަނެއް ހޯދައި އާއިލާ ބަދަލު ކުރުމުގެ މަސައްތަ ކުރަމުން އައި ކަމަށް ވެސް މަމްސް ޖަމިއްޔާއިން ބުނެއެވެ.

އެ ޖަމިއްޔާއިން ބުނީ ޖެންޑަރ އިން އާއިލާއާ ހަވާލުވި ނަމަވެސް އެ އާއިލާގެ ޚަރަދުތައް އެ ޖަމިއްޔާއިން ބަލަހައްޓާނެ ކަމަށެވެ. އަދި ޖެންޑަރގެ ޕްރޮގްރާމް ނިންމައި އާއިލާ އަނބުރާ މުޖުތަމައަށް ނުކުތުމުން ދިރިއުޅޭނެ ތަނެއް ހަމަޖައްސައި، ސްކޫލް ޚަރަދާއި ކާބޯތަކެއްޗާއި ކައުންސިލިން އަދި އިތުރު އާމްދަނީއެއް ލިބޭނެ މަގުފަހިކޮށްދެވޭނެ ކަމަށް ވެސް މަމްސް ޖަމިއްޔާއިން ބުންޏެވެ.

މަމްސް ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި އެ އާއިލާގެ ޚަރަދުތައް ބަލަހައްޓާނީ އެ ޖަމިއްޔާއިން ހުޅުވާލި ފުރުސަތުގައި ލިބުނު ފަންޑުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު