Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޕީއެމް

ޕީޕީއެމް ޓީމެއް ލަންކާއަށް ދިއުމުން ވެސް މެންބަރުންނާ ބައްދަލެއް ނުކުރެވުނު!

6 ޖުލައި 2017 | ބުރާސްފަތި 13:56

ދެ މެންބަރަކު ލަންކާގައި ހުންނެވި ކަމަށް ވޭ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 6 ޖުލައި 2017 | ބުރާސްފަތި 13:56
ޕީޕީއެމްގެ ޓީމް ލަންކާ އެއާޕޯޓުގައި

ޕީޕީއެމްގެ ޓީމް ލަންކާ އެއާޕޯޓުގައި

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރާއި ނައިބު ލީޑަރު ހިމެނޭ ގޮތަށް މެންބަރުންގެ ޓީމެއް ލަންކާއަށް ވަޑައިގަތުމުން ވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރި ބައެއް މެންބަރުންނާ ބައްދަލުކުރިނުވި ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިއްޖެ އެވެ.

ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކާއި ނައިބު ލީޑަރު އިބްރާހިމް ފަލާހުއާއި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ލަންކާއަށް ވަޑައިގެންނެވީ ބުދަ ދުވަހުގެ ރޭ އެވެ.

މަސީހާ ދެކޮޅަށް ސޮއިކުރެއްވި ޕީޕީއެމްގެ 11 މެންބަރުންގެ ތެރެއިން ދެ މެންބަރަކު ލަންކާގައި ހުންނެވި ކަމަށް މައުލޫމާތު ލިބެ އެވެ. ގަރާރުގައި ސޮއިކުރައްވާފައިވާ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވަނީ ރައީސް މުހައްމަދު ނަޝީދާ ލަންކާގައި ބައްދަލުކުރައްވާފަ އެވެ. ނަޝީދު ވަނީ އެ ބައްދަލުވުމުގެ ފޮޓޯއެއް ޓްވީޓް ކުރައްވާފަ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމްގެ ޓީމް ލަންކާ އަށް ގޮސް އެ ދެ މެންބަރުންނާ ބައްދަލުކުރެވޭތޯ ވަނީ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް، އެ ދެ މެންބަރުންނާ ވެސް ބައްދަލުކުރެވޭ ގޮތް ވެފައިނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޕީޕީއެމްގެ ޓީމެއް ލަންކާއަށް ދިޔައީ މެންބަރުންނާ ބައްދަލުކުރުމަށް ކަމަށް މައުލޫމާތު ލިބިފައިވީ ނަމަވެސް، އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ލަންކާއަށް ޓީމެއް ދިޔައީ 2018 ގެ ރިޔާސީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ވުމަށް ކަމަށެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން

25 ޖެނުއަރީ 2017
ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން
25 ޖެނުއަރީ 2017

ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި

25 ޖެނުއަރީ 2017
ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް