Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ޝަރުއީ ދާއިރާ

ޑިސްޓްރިކްޓް ކޯޓުތަކާއެކު، ރަށްރަށުގައި ތިބޭ މީހުން އިންސާފަށް ވާސިލްވުމަށް އުފުލާ ބުރަ ކުޑަވާނެ: މިއުވާން

13 އެޕްރީލު 2023 | ބުރާސްފަތި 10:54

ޖުޑީޝަލް ޑިސްޓްރިކްޓާއި، ޑިސްޓްރިކްޓް ކޯޓާއި، ސަރކިޓް ކޯޓުތައް އުފެއްދޭގޮތަށް ދިވެހިރާއްޖޭ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅާފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 13 އެޕްރީލު 2023 | ބުރާސްފަތި 10:54
ރައީސް އޮފީހުގެ ތަރުޖަމާނު ނޫސްވެރިންނާ ބައްދަލުކުރެއްވުން

ރައީސް އޮފީހުގެ ތަރުޖަމާނު ނޫސްވެރިންނާ ބައްދަލުކުރެއްވުން

މާލޭގައި ހުރި ސުޕީރިއާ ކޯޓުތަކުގައި ހިމެނޭ މައްސަލަތައް ބެލުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑިސްޓްރިކްޓް ކޯޓުތައް އުފެދިގެން ދިއުމުން، ރަށްރަށުގައި ދިރިއުޅޭ މީހުން އިންސާފަށް ވާސިލްވުމަށް މިހާރު އުފުލަންޖެހޭ ބުރަ ވަރަށް ބޮޑަށް ކުޑަވެގެންދާނެކަަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޑިސްޓްރިކްޓް ކޯޓާއި ސަރކިޓް ކޯޓުތަކާގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން މިއުވާން ވިދާޅުވީ، އެ މަސައްކަތް ކުރަން ހަމަޖެހިފައިވަނީ ރާއްޖޭގައި ގާއިމްކޮށްފައިވާ އަދުލު އިންސާފުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ. އެގޮތުން، ކޯޓުތަކުގެ ގާނޫނަށް ގެންނަ އިސްލާހުތަކާއެކު ކޯޓުތައް އެކުލެވިގެންވާ ގޮތް ބަދަލުކޮށް، ގާނޫނުން ކަނޑައެޅޭ ޖުޑީޝަލް ޑިސްޓްރިކްޓްތަކުގައި ޑިސްޓްރިކްޓް ކޯޓުތަކެއް އުފެއްދުމާއި، ކޮންމެ ޖުޑީޝަލް ދާއިރާއެއްގައި ކަނޑައެޅޭ ވަކި އަދަދަކަށް ސަރކިޓްތަކެއް އައްޔަންކުރުމަށް ނިންމާފައިވާ ކަަމަށެވެ.

Advertisement - newsAdvertisement

އަދި މެޖިސްޓްރޭޓުން ވަކި ކޯޓަކަށް އައްޔަންކުރާގޮތަށް އޮންނަ އޮތުން ބަދަލުކޮށް، މެޖިސްޓްރޭޓުން އައްޔަންކުރާނީ ކަނޑައެޅޭ ސަރކިޓްތަކަށް ކަމުގައި ހަމަޖެއްސުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިއުވާން ވިދާޅުވީ, އަލަށް ގެންނަ ބަދަލާއެކު ޑިސްޓްރިކްޓް ކޯޓުތައް އުފެދިގެން ދިއުމުން މާލެއަށް މައްސަލަތަކަށް ރަށްރަށުން މީހުން އަންނަންޖެހުން ނިމުމަކަށް އަންނާނެކަމަށެވެ.

ސަރކިޓްތަކުގައި ހިމެނޭ ރަށްރަށުގެ ތެރެއިން މެޖިސްޓްރޭޓެއް ގާއިމުވެ ހުންނާނެ ރަށްތައް ކަނޑައަޅާނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުންކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ހަމައެހެންމެ، މެޖިސްޓްރޭޓެއް ގާއިމުވެ ނުހުންނަ ރަށްރަށުގައި ޝަރީއަތްތައް ހިންގާނީ، އެ ސަރކިޓަށް ނިސްބަތްވާ މެޖިސްޓްރޭޓުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ މެޖިސްޓްރޭޓުންކަމަށް ބަޔާންކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

2

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

3

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

4

އެމެރިކާއަށް އީރާނުގެ ހަރުކަށި ރައްދެއް، މުޅި ސަރަހައްދުގައި ހަނގުރާމައިގެ "ސުންގަޑި" ކައިރިވަނީ

5

ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިމާއި ޕްރޮޕަޓީ މިލްކުކުރެވޭ ގޮތަށް ގާނޫނެއް ފާސްކުރުމަށް އޭޖީން މަޖިލީހަށް ފޮނުވަން ތައްޔާރުވެއްޖެ

އިތުރަށް ކިޔާލަން

31 ޖުލައި 2017

ފުރާނަ ދާންދެއް ހައްގު ބަސްބުނުމުގައި ދެމި ތިބޭނަން: ޣަފޫރު

31 ޖުލައި 2017
ފުރާނަ ދާންދެއް ހައްގު ބަސްބުނުމުގައި ދެމި ތިބޭނަން: ޣަފޫރު
22 ޖުލައި 2017

ރައްޔިތުން މަޑުންތިބޭ ނަމަ ސަލާންޖަހަން ޖެހޭ ދަރަޖައަށް ހިނގައިދާނެ: އާޒިމް

22 ޖުލައި 2017
ރައްޔިތުން މަޑުންތިބޭ ނަމަ ސަލާންޖަހަން ޖެހޭ ދަރަޖައަށް ހިނގައިދާނެ: އާޒިމް
13 މެއި 2017

ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދިނުމަށް ފުރަތަމަ ފަހަރަށް ނިންމައިފި

13 މެއި 2017
ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދިނުމަށް ފުރަތަމަ ފަހަރަށް ނިންމައިފި
07 މެއި 2017

އިންތިހާބުގެ ނަތީޖާއިން ހާމަ ވެގެން ދިޔައީ ދިވެހިންނަކީ ގޮތެއްގެ މަތީގައި ތިބޭ ބައެއްކަން: މާރިޔާ

07 މެއި 2017
އިންތިހާބުގެ ނަތީޖާއިން ހާމަ ވެގެން ދިޔައީ ދިވެހިންނަކީ ގޮތެއްގެ މަތީގައި ތިބޭ ބައެއްކަން: މާރިޔާ
06 އެޕްރީލު 2017

ޑިމާންޑް ކުރަނީ އިންސާފަށް، ރައީސް ޔާމީން ސަޕްލައިކުރަނީ ބޭ އިންސާފު: އަލީ ހުސެއިން

06 އެޕްރީލު 2017
ޑިމާންޑް ކުރަނީ އިންސާފަށް، ރައީސް ޔާމީން ސަޕްލައިކުރަނީ ބޭ އިންސާފު: އަލީ ހުސެއިން
04 އެޕްރީލު 2017

ރަށްރަށުގައި ތިބެނީކީ ރައީސް ޔާމީން ވިދާޅުވާފަދަ ގަމާރުންނެއް ނޫން:ހަސަން ލަތީފް

04 އެޕްރީލު 2017
ރަށްރަށުގައި ތިބެނީކީ ރައީސް ޔާމީން ވިދާޅުވާފަދަ ގަމާރުންނެއް ނޫން:ހަސަން ލަތީފް
25 މާރިޗު 2017

އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ

25 މާރިޗު 2017
އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ
04 މާރިޗު 2017

ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ

04 މާރިޗު 2017
ކޭޝިއަރުންނަށް އަދިވެސް ބިދޭސީ މީހުން ތިބޭ، އެކަމަށް ހައްލެއް ހޯދަމުންދަނީ: އިކޮނޮމިކް މިނިސްޓްރީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް