Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދޮގު ވާހަކަތައް ފެތުރުން

އިދިކޮޅު ބައެއް ސިޔާސީ ފަރާތްތަކުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ފަތުރާ ވާހަކަތަކަށް ސަމާލުވާންޖެހޭ: މިއުވާން

ގައުމާއި ރައްޔިތުންގެ މަސްލަހަތު އަބަދުވެސް މިސަރުކާރުން އިސްކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2023 | ހޮނިހިރު 02:56
ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވާހަކަފުޅުދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވާހަކަފުޅުދައްކަވަނީ

އިދިކޮޅު ބައެއް ސިޔާސީ ފަރާތްތަކުން، ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ފަތުރާ ވާހަކަތަކަށް ސަމާލުވާންޖެހޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުޑަ ޑެސްކެއް ބަހައްޓައިން ވައްކަމެއް ކުރަން އެބަ ރާވާކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވުމާ ގުޅިގެންނެވެ. ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ޖަލްސާގައި ސައީދު ވަނީ، ރައީސް އޮފީހުގައި ބޮޑު ވައްކަމެއް ކުރަން ރާވާ ކަމަށް ވިދާޅުވެ ސަރުކާރަށް ފާޑުވެސް ވިދާޅުވެފައެވެ. އަދި ވިދާޅުވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވޯޓުދޭނެ ކަން ޔަގީންވާ 8000 ވަރަކަށް މީހުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ރީ-ރެޖިސްޓަރ ކުރަމުންދާކަމަށެވެ.

Advertisement - newsAdvertisement

މި ވާހަކަތަކަށް ރައްދުދެއްވައި މިއުވާން ވިދާޅުވީ، މިއީ ކަނޑައެޅިގެން ހަދަމުންދާ ދޮގުތަކެއް ކަމަށެވެ. އަދި މިފަދަ އެއްވެސް ކަމެއް ނުހިނގާކަމުގެ ޔަގީން ރައްޔިތުންނަށް ދެއްވާކަމަށް މިއުވާން ވިދާޅުވިއެވެ.

މީގެ އިތުރުން މިއުވާން ވިދާޅުވީ، ބައެއް ސިޔާސީ ފަރާތްތަކުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށް ފަތުރާ މިފަދަ ވާހަކަތަކާމެދު ސަމާލުވާންޖެހޭ ކަމަށެވެ. ގައުމާއި ރައްޔިތުންގެ މަސްލަހަތު އަބަދުވެސް މި ސަރުކާރުން އިސްކުރާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު މިމަހުގެ 30ގައި ބާއްވަން ނިންމާފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރާމެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެދޭގޮތަށް، ހަގީގަތެއް ނެތް ގިނަ ވާހަކަތައް ދައްކަމުންކަމަށް އެމްޑީޕީން ބުނެއެވެ. މީގެ ކުރިން މިފަދަ ވާހަކަތަކަށް ސަރުކާރުން ރިއެކްޓްކޮށްފައި ނުވާތީ، ބައެއް ކަންކަން ރައްޔިތުން ގަބޫލުކޮށްފައިވާކަމަށް އެމްޑީޕީން ބުނެއެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަން ރައްޔިތުންނަށް ސާފުކޮށްދޭނެ ކަމަށާއި، ހަގީގަތެއް ނެތް ވާހަކަތައް ފަތުރައިގެން ސަރުކާރު އަގުވައްޓާލުމުގެ ޖާގަ ނުދޭނެކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން މަސައްކަތް ކުރާނީ އިންތިޤާލީ މަރުޙަލާގެ ރޫހާއި އެއްގޮތަށް: މިއުވާން

ސަރުކާރުން މަސައްކަތް ކުރާނީ އިންތިޤާލީ މަރުޙަލާގެ ރޫހާއި އެއްގޮތަށް: މިއުވާން

09 އޮކްޓޯބަރު 2023
މިއުވާންގެ ސުވާލު، އިދިކޮޅަށް: ގެއްލުނު ކަނޑުގެ ސަރަހައްދު ހޯއްދަވާނެ ކަމަށް ތިޔަ ވިދާޅުވަނީ ކިހިނެއްތޯ؟

މިއުވާންގެ ސުވާލު، އިދިކޮޅަށް: ގެއްލުނު ކަނޑުގެ ސަރަހައްދު ހޯއްދަވާނެ ކަމަށް ތިޔަ ވިދާޅުވަނީ ކިހިނެއްތޯ؟

16 ސެޕްޓެމްބަރު 2023
ޞިއްޙީ ދާއިރާ އާއި ތަޢުލީމީ ދާއިރާގެ ޝަކުވާތަކަށް ބެލުމަށްފަހު މުސާރައަށް މުހިންމު ބަދަލުތަކެއް ރައީސް ގެންނަވައިފި

ޞިއްޙީ ދާއިރާ އާއި ތަޢުލީމީ ދާއިރާގެ ޝަކުވާތަކަށް ބެލުމަށްފަހު މުސާރައަށް މުހިންމު ބަދަލުތަކެއް ރައީސް ގެންނަވައިފި

13 ސެޕްޓެމްބަރު 2023
5 އަހަރު ވެގެންދިޔަ އިރު އިންޑިއާ ސިފައިން އަރާ ރާއްޖެ ހިފައިފިތޯ؟

5 އަހަރު ވެގެންދިޔަ އިރު އިންޑިއާ ސިފައިން އަރާ ރާއްޖެ ހިފައިފިތޯ؟

12 ސެޕްޓެމްބަރު 2023
ސަރުކާރުގެ މުއައްސަސާތަކުގެ މަސައްކަތްތަކަށް އިދިކޮޅުން ހުރަސްއަޅަނީ

ސަރުކާރުގެ މުއައްސަސާތަކުގެ މަސައްކަތްތަކަށް އިދިކޮޅުން ހުރަސްއަޅަނީ

22 ޖޫން 2023

އަހަރުތަކުން މިއަދު

22 ޖޫން
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި
20251 އަހަރު ކުރިން
ދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
20242 އަހަރު ކުރިން
ރާއްޖެ

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި
20233 އަހަރު ކުރިން
ރިޕޯޓު

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު