Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދެމެހެއްޓެނިވި ތަރައްޤީ

ސަރުކާރުގެ ހިލޭ ޑިގްރީއަށް ކިޔެވޭ ޕްރޮގްރާމުގެ ސަބަބުން އަންހެނުން ބާރުވެރިކުރުމަށް މަގުފަހިވޭ

ގޮންޖެހުންތަކަށް ޙައްލުހޯދުމަށް ބޭނުންވާ ސްޓްރެޓެޖީތައް ދެނެގަތުމަށް ރާއްޖެއިން ގޮވާލި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 އެޕްރީލު 2023 | ބުދަ 09:48
ތަޢުލީމީ ދާއިރާގައި އަންހެނުން ބާރުވެރިކުރުމުގެ މުހިއްމުކަން ރާއްޖެއިން ފާހަގަކޮށްފައިވޭ

ތަޢުލީމީ ދާއިރާގައި އަންހެނުން ބާރުވެރިކުރުމުގެ މުހިއްމުކަން ރާއްޖެއިން ފާހަގަކޮށްފައިވޭ

އ.ދ.ގެ އާބާދީއާއި ތަރައްޤީއާ ބެހޭ ކޮމިޝަން، "ކޮމިޝަން އޮން ޕޮޕިއުލޭޝަން އެންޑް ޑިވެލޮޕްމަންޓް" ގެ 56 ވަނަ ސެޝަންގައި ދިވެހިރާއްޖެއިން ބައިވެރިވެ މިއަހަރުގެ ސެޝަނުގެ މައިގަނޑު ޝިއާރު "ޕޮޕިއުލޭޝަން، އެޑިއުކޭޝަން އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް" އަށް އަލިއަޅުވާލާ ތަޤުރީރު ކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ފަރާތުން މިބައްދަލުވުމުގައި ދެއްވި ތަޤުރީރުގައި ވަނީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން 4 ވަނަ ލަނޑުދަނޑިކަމުގައިވާ "ކޮލިޓީ އެޑިއުކޭޝަން" ޙާޞިލު ކުރުމުގައި ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތައް ޙިއްސާކޮށްފައެވެ. އެގޮތުން ތަޢުލީމީ ދާއިރާގެ އެކި ފަންތީގައި މިންތީގެ ހަމަހަމަކަން ކަށަވަރުކޮށް ތައުލީމީ ދާއިރާ ޑިޖިޓަލައިޒްކޮށް ހައިބްރިޑް ނިޒާމެއްގެ ތެރެއިން ތަޢުލީމު ފޯރުކޮށްދިނުމަށްޓަކައި ކުރެވިފައިވާ މަސައްކަތްތައް ރާއްޖެއިން ފާހަގަކުރިއެވެ.

ހަމައެއާއެކު، ތަޢުލީމީ ދާއިރާގައި އަންހެނުން ބާރުވެރިކުރުމުގެ މުހިއްމުކަން ފާހަގަކޮށް، ސަރުކާރުގެ ހިލޭ ޑިގްރީއަށް ކިޔެވޭ ޕްރޮގްރާމުގެ ސަބަބުން އަންހެނުން ބާރުވެރިކުރުމަށް މަގުފަހިވާކަން ރާއްޖެއިން ފާހަގަކުރިއެވެ.

އަދި ޤާނޫނީ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި އަންހެން ކުދިންނާއި އަންހެނުންނަށް ތަޢުލީމީ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ސަބަބުން އަންހެނުންނާއި އަންހެން ކުދިންނަށް ގެއްލުންލިބޭނެ ފަދަ ކަންކަމާއި ޖިންސީ އަނިޔާ ތަޙައްމަލުކުރަން ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭކަން ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ.

މަދު ވަޞީލަތްތަކާއިއެކު ފެތުރިފައިވާ އާބާދީއެއް އޮތް، ތަރައްޤީވަމުން އަންނަ ކުޑަ ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ކުރިމަތިވާ ދަތިތައް ވެސް މިބައްދަލުވުމުގައި ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ތަޢުލީމީ ދާއިރާއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށާއި އެކަމަށް ކުރަންޖެހޭ ހޭދަ އިތުރުވާކަން ރާއްޖެއިން ފާހަގަކުރިއެވެ.

އަދި އިޤްތިޞާދީ ގޮތުން ރާއްޖެއަށް ކުރިމަތިވާ ދަތިތައް ފާހަގަކުރައްވައި ކަނޑައެޅިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކުގެ ބޭރުން ހިނގާ ހިޖުރަކުރުމުގެ ޙަރަކާތްތަކުގެ ސަބަބުން އުފެދޭ މައްސަލަތައް ހިމެނޭހެން، އަލަށް ކުރިމަތިވާ މައްސަލަތަކާއި ގޮންޖެހުންތަކަށް ޙައްލުހޯދުމަށް ބޭނުންވާ ސްޓްރެޓެޖީތައް ދެނެގަތުމަށް ރާއްޖެއިން ގޮވާލިއެވެ.

ހަމައެއާއެކު، ރާއްޖެއިން ވަނީ އަންނަ ޖުލައި މަހު ބާއްވާ އ.ދ.ގެ "ހައި-ލެވެލް ޕޮލިޓިކަލް ފޯރަމް އޮން ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް" ގައި ރާއްޖޭގެ ފަރާތުން ދެވަނަ ވޮލަންޓަރީ ނޭޝަނަލް ރިވިއު ހުށަހަޅާނެކަން ފާހަގަކޮށްފައެވެ. އަދި އެބައްދަލުވުމުގައި މެމްބަރު ޤައުމުތަކުގެ ތަޖުރިބާ ޙިއްސާކޮށް، ފައިދާކުރުވަނިވި ގޮތެއްގައި ޤައުމުތަކުން ބައިވެރިވެ، އެކަންކަމުގެ ސަބަބުން ތަރައްޤީގެ ކަންކަން ރާވައި އިންތިޒާމުކުރުމުގެ ހުރިހާ މަރުހަލާތަކެއް ވެސް އިތުރަށް ފުރިހަމަކުރުމަށް މަގުފަހިވެގެންދާނެ ކަމުގެ އުއްމީދު ރާއްޖެއިން ފާޅުކުރިއެވެ.

ބަދަލުގެނެވަނިވި މަސައްކަތްތައް ކުރުމަށްޓަކައި ބައިނަލްއަޤުވާމީ އެންމެހައި ފަރާތްތަކުގެ ޒިންމާ ފާހަގަކޮށް 2030 ގެ އެޖެންޑާ ޙާޞިލުކުރުމަށާއި އެއެޖެންޑާ ޙާޞިލުކުރުމުގައި އެއްވެސް ބަޔަކު ބާކީ ނުކުރުމަށް ވެފައިވާ އަޙުދު ދެމެހެއްޓުމުގައި ރާއްޖެއިން ދެމިތިބޭނެކަމުގެ ޔަގީންކަން ރާއްޖެއިން ވަނީ މިބައްދަލުވުމުގައި ތަކުރާރުކޮށްފައެވެ.

ދިވެހިރާއްޖޭގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ދިވެހިރާއްޖެއިން އ.ދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގެ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓޭޓިވް، ޑރ. އިބްރާހީމް ޒުހުރީ އެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

07 ފެބުރުއަރީ 2017
ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު
01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
24 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ

24 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުކުމް ކުރުމަކީ ސަރުކާރުގެ ފިނޑި ޢަމަލެއް:އެމްޔޫއޯ
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު