Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ހަމާސް އިން ހަތިޔާރު ދޫކޮށް، ޣައްޒާގެ ކޮންޓްރޯލް ފަލަސްޠީނު އޮތޯރިޓިއާ ހަވާލު ކުރަން ޖެހޭ: ފަލަސްޠީނުގެ ބޮޑު ވަޒީރު

29 ޖުލައި 2025 | އަންގާރަ 06:38

އެމެރިކާގެ ނިއު ޔޯކުގައި ބޭއްވުނު އދ ގެ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މުސްޠަފާ ވިދާޅުވީ، ޣައްޒާގައި އަމާންކަން އަލުން ޤާއިމު ކުރުމަށް ޓަކައި ހަމާސް އިން އެ ސަރަހައްދުގެ ކޮންޓްރޯލް ދޫކޮށްލަން ޖެހޭ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ޖުލައި 2025 | އަންގާރަ 06:38
ފަލަސްޠީނުގެ ބޮޑު ވަޒީރު މުޙައްމަދު މުސްޠަފާ

ފަލަސްޠީނުގެ ބޮޑު ވަޒީރު މުޙައްމަދު މުސްޠަފާ

ފަލަސްޠީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން ހަތިޔާރު ދޫކޮށް، ޣައްޒާގެ ކޮންޓްރޯލް ފަލަސްޠީނުގެ އޮތޯރިޓީއާ ހަވާލު ކުރަން ޖެހޭ ކަމަށް ފަލަސްޠީނުގެ ބޮޑު ވަޒީރު މުޙައްމަދު މުސްޠަފާ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ނިއު ޔޯކުގައި ބޭއްވުނު އދ ގެ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މުސްޠަފާ ވިދާޅުވީ، ޣައްޒާގައި އަމާންކަން އަލުން ޤާއިމު ކުރުމަށް ޓަކައި ހަމާސް އިން އެ ސަރަހައްދުގެ ކޮންޓްރޯލް ދޫކޮށްލަން ޖެހޭ ކަމަށެވެ. އަދި ހަތިޔާރު ތަކާއި، ޣައްޒާގެ ކޮންޓްރޯލް ފަލަސްޠީނުގެ އޮތޯރިޓީއާ ހަވާލު ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފްރާންސް އާއި ސައުދީ އަރަބިއްޔާގެ އިސްނެގުމުގެ މަތިން ބޭއްވި އެ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ފްރާންސްގެ ފޮރިން މިނިސްޓަރު ޖީން ނޯއެލް ބަރޮޓް ވިދާޅުވީ، ފަލަސްޠީނުގެ މައްސަލައިގައި އޮތީ ދެ ދައުލަތުގެ ޙައްލު ކަމަށާއި، އެ ނޫން އެހެން އެއްވެސް ޙައްލެއް ނެތް ކަމަށެވެ. އިސްރާއީލް އާއި އެމެރިކާ އިން ވަނީ އދ ގެ އެ ކޮންފަރެންސް ބޮައިކޮޓް ކޮށްފަ އެެވެ. 

ދާދި ފަހުން ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮކް ވަނީ، ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނާނެ ކަމަށް އިއުލާން ކޮށްފަ އެވެ. އެކަމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނުރުހުން ފާޅު ކޮށްފަ އެވެ. އަދި އިސްރާއީލް އިން ވެސް ވަނީ އެކަމަށް ފާޑު ކިޔައިފަ އެވެ. 

އެ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އދ ގެ ސެކްރެޓަރީ ޖެނަރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވީ، ދެ ދައުލަތުގެ ހައްލު ދަނީ އެއްް ދުވަހުން އަނެއް ދުވަހަށް ދުރަށް ކަމަށެވެ. 

މިހާރުު އދގެ 193 މެމްބަރު ޤައުމު ތަކުގެ ތެރެއިން 142 ޤައުމަކުން ވަނީ ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ޤަބޫލު ކޮށްފަ އެވެ. ޣައްޒާގައި ހިނގަމުން އަންނަ ހަނގުރާމާ އާއި، ވެސްޓް ބޭންކުގައި އިސްރާއީލް އިން ކުރިއަށް ގެންދާ އާބާދު ކުުރުމުގެ މަސައްކަތްތަކާ ގުޅިގެން ފަލަސްޠީނުގެ ދައުލަތެއް ޤާއިމު ކުރުމަކީ ޖިއޯގްރަފިކަލީ ނުވެދާނެ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރުޙާން ވިދާޅުވީ، އެމެރިކާގެ ރައީސް ޓްރަމްޕް އަށް ޣައްޒާ ހަނގުރާމަ ނިންމުމުގައި މުހިންމު ދައުރެއް އަދާ ކުރެވިދާނެ ކަމަށެވެ. 

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

28 މާރިޗު 2017

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

28 މާރިޗު 2017
 ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ
27 މާރިޗު 2017

އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި

27 މާރިޗު 2017
އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި
25 މާރިޗު 2017

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

25 މާރިޗު 2017
މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް
11 މާރިޗު 2017

މެލޭޝިއާއަށް ނިސްބަތްވާ އދ. ގެ ދެ މުވައްޒަފަކު އުތުރު ކޮރެއާ ދޫކޮށް ގޮސްފި

11 މާރިޗު 2017
މެލޭޝިއާއަށް ނިސްބަތްވާ އދ. ގެ ދެ މުވައްޒަފަކު އުތުރު ކޮރެއާ ދޫކޮށް ގޮސްފި
06 މާރިޗު 2017

މެލޭޝިއާ އިން ކަންކުރި ގޮތަށް އުތުރު ކޮރެއާ އިންވެސް ކަން ކޮށްފި، އެމްބެސެޑަރު ގައުމު ދޫކޮށް ދާން އަންގައިފި

06 މާރިޗު 2017
މެލޭޝިއާ އިން ކަންކުރި ގޮތަށް އުތުރު ކޮރެއާ އިންވެސް ކަން ކޮށްފި، އެމްބެސެޑަރު ގައުމު ދޫކޮށް ދާން އަންގައިފި
04 މާރިޗު 2017

މެލޭޝިއާގައި ހުންނަވާ އުތުރު ކޮރެއާގެ އެމްބެސެޑަރު ގައުމު ދޫކޮށް ދާން މެލޭޝިއާ އިން އަންގައިފި

04 މާރިޗު 2017
މެލޭޝިއާގައި ހުންނަވާ އުތުރު ކޮރެއާގެ އެމްބެސެޑަރު ގައުމު ދޫކޮށް ދާން މެލޭޝިއާ އިން އަންގައިފި
22 ފެބުރުއަރީ 2017

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް