Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރެޒިޑެންޓްސް ކަޕް 2023

ޓީސީ ޕްރެސް އަށް ހާޒިރުނުވި، މާޒިޔާ އަށް ޕްރެޝަރެއް ނެތް

ޕްރެސް ކޮންފަރެންސް އަށް ހާޒިރުވުމަކީ މަޖުބޫރު މާއްދާއެއް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 10 އެޕްރީލު 2023 | ހޯމަ 11:37
މާޒިޔާގެ ބައެއް ކުޅުންތެރިން ޕްރެކްޓިހުގައި: ޓީމަށް ޕްރެޝަރެއް ނެތް

މާޒިޔާގެ ބައެއް ކުޅުންތެރިން ޕްރެކްޓިހުގައި: ޓީމަށް ޕްރެޝަރެއް ނެތް

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގެ ޕްރެސް ކޮންފަރެންސަށް ޓީސީ ހާޒިރުނުވިއިރު މިރޭ އެ ޓީމާ ދެކޮޅަށް ކުޅޭ މެޗާމެދު ކަންބޮޑުވުމެއްނެތް ރާގަކުން މާޒިޔާއިން ވާހަކަ ދައްކައިފި އެވެ.

ޕްރެސް ކޮންފަރެންސަށް ޓީމުގެ ކޯޗު ހާޒިރުވުމަކީ މަޖުބޫރު މާއްދާއެކެވެ. ހާޒިރުނުވާ ނަމަ މުބާރާތުގެ ގަވާއިދުގައިވާގޮތުގެ މަތީން ފިޔަވަޅު އަޅަންޖެހޭނެ އެވެ. ޓީސީ އަކީ މުބާރާތަށް އެންމެ ފަހުން ޕްރެކްޓިސް ފެށި އެއް ޓީމެވެ.

މި މެޗާ ބެހޭ ގޮތުން މާޒިޔާގެ ކޯޗު އިވާން ކޮލޭވް ބުނީ ކޮންމެ ކުޅުންތެރިއަކު ވެސް މާޒިޔާ އަށް އައުމުން ނަފްސާނީގޮތުން ޕްރެޝަރު އޮންނާނެ ކަމަށާއި ނަމަވެސް ކުޅުންތެރިންގެ ކިބައިން އެދެނީ އެޕްރެޝަރު ނުނަގަންކަމަށެވެ.

އީގަލްސް ބަލިކޮށް ޗެރިޓީ ޝީލްޑް ކާމިޔާބުކުރި ކޯޗު ބުނީ މި މުބާރާތަކީ ސީޒަނުގެ ކުރިއަށް ހުރި މުބާރާތްތަކަށް ތައްޔާރުވާން ވަރަށް ރަނގަޅު މުބާރާތެއް ކަމަށެވެ. މިހެންވެ ޕްރެޒިޑެންޓްސް ކަޕާމެދު ވިސްނާނީ ވަރަށް ސީރިއަސްކޮށް ކަމަށެވެ.

"ވަރަށް މުހިންމު ކަމެއް އެކުވެރިކަމުގެ މެޗުތައް ކުޅުމަކީ. އެގޮތުން މި މުބާރާތަކީ ވަރަށް ރަނގަޅު މުބާރާތެއް. މާޒިޔާ އަށް އައީމަ މޯރަލީ ޕްރެޝަރު ހުންނާނެ. މުބާރާތާމެދު ވިސްނާނީ ސީރިއަސްކޮށް. އެކަމަކު އަހަރުމެންގެ ވިސްނުމަކީ މެޗަކަށް ފަހު މެޗަކާމެދު ވިސްނުން،" ކޯޗު ބުންޏެވެ.

އޭނާ އަދި ބުނީ ސީޒަނުގެ ފުރަތަމަ މެޗު ކަމަށްވާ ޗެރިޓީ ޝީލްޑް މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާ ދެއްކި ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަދި މި މެޗަށް ނުކުންނައިރު ޓީމަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައުން އެކަށީގެންވާ ކަމަށެވެ.

ޕްރެޒިޑެންޓްސް ކަޕުގައި ވާދަކުރަނީ ދެ ގްރޫޕަކަށް ބަލާހައިގެން ހަ ޓީމެވެ. އެއީ މާޒިޔާ އާއި ޓީސީ އަދި ބުރު ސްޕޯޓްސް އެވެ. ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ވެލެންސިއާ އާއި އީގަލްސް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި

31 ޖެނުއަރީ 2017
ކްލަބު ފްރެންޑްލީ: އީގަލްސްގެ މައްޗަށް ޓީސީ ކުރި ހޯދައިފި
28 ޖެނުއަރީ 2017

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި
27 ޖެނުއަރީ 2017

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
14 ޖެނުއަރީ 2017

ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

14 ޖެނުއަރީ 2017
ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު