Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް

އޮންލައިންކޮށް ޓްރާންސްޕޯޓް މިނިސްޓްރީ އަށް ހުށަހެޅި އެޕްލިކޭޝަންގެ ތެރެއިން ނުނިމި ވަނީ %2 މަސައްކަތް: ނަހުލާ

މިނިސްޓްރީ އަށް ވަސީލަތުގެ ދަތިކަން ވަރަށް ބޮޑަށް އެބަ އޮތް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 10 އެޕްރީލު 2023 | ހޯމަ 10:51
މިނިސްޓަރު ނަހުލާ

މިނިސްޓަރު ނަހުލާ

އީޕޯޓަލް މެދުވެރިކޮށް މިނިސްޓްރީ އަށް ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޝަންގެ ތެރެއިން ނުނިމި ހުރީ ދެ އިންސައްތަ އެއްހާ މަސައްކަތްތައް ކަަމަށް ޤަބޫލުކުރައްވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އެފަދައިން ވިދާޅުވީ ހޯމަ ދުވަހު މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ. ހޯމަ ދުވަހުގެ ކޮމިޓީގައި މިނިސްޓަރ ވަނީ ރެޖިސްޓްރޭޝަން މަރުހަލާ އަށް ދިމާވާ މައްސަލަތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ. އެގޮތުން އެ މިނިސްޓްރީ އަށް ވަސީލަތުގެ ދަތިކަން ވަރަށް ބޮޑަށް އޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެކަން ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް ނަހުލާ ވަނީ ވިދާޅުވެފައެވެ. ނަހުލާ ވަނީ ރަޖިސްޓްރޭޝަން މަރުހަލާގެ ބައެއް ތަފްސީލްތައް ހިއްސާކުރައްވާފައެވެ.

Advertisement - newsAdvertisement

އެގޮތުން ހަތަރުފުރޮޅުލީ އުޅަނދުގެ ރަޖިސްޓްރޭޝަނަށް ހުށަހަޅާފައިވާ އުޅަނދުތަކުގެ ތެރެއިން ޕެންޑިންގައި ވަނީ 18 އުޅަނދުގެ ރަޖިސްޓްރީގެ މަސައްކަތް ކަމާއި، ފައިސާ ދައްކާފައިވާ 14 އުޅަނދު އަދި ޕްރޮސެސިންގައި 89 އުޅަނދު ހުރި ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. 2 ފުރޮޅުލީ އުޅަނދުގެ ގޮތުގައި ރަޖިސްޓްރީގެ ގޮތުގައި ޕެންޑިންގައި 55 އުޅަނދު ހުރި އިރު ފައިސާ ދައްކާފައި ވަނީ 50 އުޅަނދަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އީޕޯޓަލްގެ ތެރެއިން ހުށަހެޅި ހުރިހާ އެޕްލިކޭޝަންގެ އަދަދަކީ 195559 އެޕްލިކޭޝަން ކަމަށާއި ނުނިމި ހުރީ 12000 އެއްހާ އެޕްލިކޭޝަންގެ މަސައްކަތް ކަމަށް ނަހުލާ ވަނީ ވިދާޅުވެފައެވެ.

ގަރާޖު ރެޖިސްޓްރީކުރަން މިނިސްޓްރީ އަށް ހުށަހެޅިތާ 4 މަސް ވީ އިރުވެސް ޚިދުމަތް ފޯރުކޮށްދެވިފައި ނުވާ މައްސަލަ އެއްވެސް ވަނީ ހުށަހަޅާފައެވެ. އެ މައްސަލައިގައި މިނިސްޓްރީން މައްސަލަ ހުށަހެޅި ފަރާތަށް މީގެ ކުރިން ދިން ޖަވާބުގައި ބުނެފައި ވަނީ ޚިދުމަތަށް އެދި ހުށަހެޅި ޤަރާރު ހުރީ ޤަވާއިދާއި އެއްގޮތަށް ނޫން ކަމަށާއި އެކަންކަން އިސްލާހުކުރަން ދިން ފުރުސަތުގައި އެކަން ކޮށްފައި ނުވާ ކަަމަށެވެ. އަދި ވެރިފަރާތަށް ނޭނގި ގަރާޖުގައި އުޅަނދު ރަޖިސްޓްރީކޮށްދިން ކަމަށް ވެސް ވަނީ އެ މައްސަލަތަކުގައި ބުނެފައެވެ.

މިނިސްޓަރ ވިދާޅުވީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ގަރާޖުގެ ހުރިހާ މަސައްކަތެއް ހުރީ ސިޓީ ކައުންސިލާއި ހަވާލުކުރެވިފައި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ގަރާޖުގެ ހުއްދަތައް ދެމުން ދަނީ ގަރާޖުގެ ކަންކަން އިންސްޕެކްޝަން ހެދުމަށް ފަހު ސިޓީކައުންސިލުން ފޮނުވާ މައުލޫމާތަށް ބެލުމަށް ފަހުގައި ކަމަށެވެ.

މީގެ އިތުރުން އޯވަރއޭޖް ވެހިކަލްތައް ރެޖިސްޓްރީކޮށްދެނީ ވެހިކަލް ގެންނަ ފަރާތަށް ދިމާވާ ހާލަތަށް ބެލުމަށް ފަހުގައި ކަމަށެވެ. އަދި އެ މަރުހަލާ ކުރިއަށް ގެންދަނީ ސިއްރުން ނޫން ކަމަށާއި އެ މަރުހަލާގެ ތަފްސީލްތައް އެނގެން ހުންނާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އެއްގަމު އުޅަނދުފަހަރުގެ އިތުރުން ކަނޑު ދަތުރުފަތުރާއި ގުޅުން ހުރި މައްސަލަތައް ވެސް ހިމެނެއެވެ. އަދި އޯވަރއޭޖް ވެހިކަލް ރެޖިސްޓްރީ ކުރަނީ ޤަވާއިދާއި ޤާނޫނުގެ ތެރެއިން ކަމަށާއި އެކަމަށް ޚާއްސަ ވަކި އުސޫލެއް ހަދާފައި ނުވާނެ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

މަޖިލީހަށް ވަނީ ކަނޑު އުޅަނދުގެ ރެޖިސްޓްރޭޝަނާއި ގުޅުން ހުރި މައްސަލަތައް ހުށަހަޅުއްވާފައެވެ. އެހެންނަމަވެސް ލޭންޑް ޓްރާންސްޕޯޓުގެ މައްސަލައިގައި ލަސްވެގެން ޝަކުވާ ހުށަހެޅިފައިވީ ނަމަވެސް ކަނޑު އުޅަނދުގެ ސަރވޭ އާއި މެދު މައްސަލަ އެއް ރަސްމީ ގޮތުން ލިބިފައި ނުވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެކަން ހިނގާފައި ވަނީ ކިހިނެތްތޯ ބައްލަވާނެ ކަަމަށާއި މަޖިލީހުން އެ މައުލޫމާތު މިނިސްޓްރީ އާއި ހިއްސާކޮށްދިނުން އެދިވަޑައިގަންނަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު