Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލް

އާޓެޓާ ބުނަނީ ދެ ހާފަށް ބަލާއިރު ލިބުނީ އިންސާފުވެރި ނަތީޖާއެއް ކަމަށް

އާޓެޓާ ބުނީ ލިވަޕޫލްގެ ޕެނަލްޓީ ކާމިޔާބު ނުވުން އެއީ މެޗުގެ ނަސީބު ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 އެޕްރީލު 2023 | އަންގާރަ 03:54
ލިވަޕޫލާ ދެކޮޅަށް އާސެނަލް އިން ކުޅުނު މެޗުގައި އާޓެޓާ

ލިވަޕޫލާ ދެކޮޅަށް އާސެނަލް އިން ކުޅުނު މެޗުގައި އާޓެޓާ

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގެ ދެ ހާފަށް ބަލާނަމަ އާސެނަލަށް ލިބުނީ އިންސާފުވެރި ނަތީޖާއެއް ކަމަށް އެ ޓީމުގެ ކޯޗު އާޓެޓާ ބުނެފި އެވެ.

ޕްރިމިއާ ލީގުގައި ލިވަޕޫލްގެ އެންފީލްޑުގައި ކުޅުނު މެޗުގައި އާސެނަލުން ދެ ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ލިވަޕޫލުން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަކޮށްފަ އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން އާޓެޓާ ބުނީ ދެ ހާފުގެ ކުޅުމަށް ބަލާއިރު ނަތީޖާ އިންސާފުވެރި ނަމަވެސް މެޗުން ލިބުނު ފިލާވަޅުތަކެއް ވެސް އެބަހުރި ކަމަށެވެ. އެގޮތުން ފުރަތަމަ ހާފުގައި ދެއްކި ކުޅުމަކީ ދެ ވަނަ ހާފުގައި ދައްކަން ޖެހޭ ކުޅުން ކަމަށާއި ފުރަތަމަ ހާފުގައި ކުރި ކަންތައްތަކުގައި ހިފަހައްޓައިގެން ދެ ވަނަ ހާފު ކުޅެން ޖެހޭނެ ކަމަށެވެ. އެ ނޫން ނަމަ، ޕްރެޝަރު މެޗުގައި ކޮންމެ ފަދަ ވަގުތެއްގައި ވެސް ލަނޑު ލިބުން އެކަށީގެންވާ ކަމަށެވެ. އޭނާ ބުނީ އާސެނަލްގެ ކުޅުމުގެ ވައްޓަފާޅީގައި ކުޅުމަކީ ވެސް ކޮންމެހެން ކުރަން ޖެހޭނެ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި އެކަން ކުރަން ޖެހޭނެކަން ފާހަގަކޮށް އާޓެޓާ ބުނީ، ކުރީ މެޗުތަކުގައި ވެސް އެގޮތުގައި ކުޅުނު ނަމަ ގިނަ މެޗުތަކުން މޮޅުވީސް ކަމަށެވެ.

މީގެއިތުރުން މެޗު އެއްވަރުވެއްޖެ ނަމަ ކޮންމެ ފަހަރަކު ވެސް ގެއްލޭނީ މުހިންމު ދެ ޕޮއިންޓު ކަމަށާއި މެޗު ނިމެންދާއިރު އެ ދެ ޕޮއިންޓު ލިބިފައި އޮންނަ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ފަހު ވަގުތު އެއްވަރުވެއްޖެ ނަމަ މާޔޫސްވާނެތީ އިތުރަށް ކުރި ހޯދުމަށް ކުރެވޭ މަސައްކަތް ދަށްވާނެކަން އޭނާ ފާހަގަކުރިއެވެ. އާޓެޓާ ބުނީ އިންސާފުވެރި ގޮތެއްގައި ބަލާނަމަ، ލިވަޕޫލަށް މެޗުގައި ލަނޑު ޖެހުމަށް ހަތަރު ފުރުސަތު ލިބުނު ކަމަށާއި، އެއާއެކު ޕެނަލްޓީއެއް ވެސް ލިބުނު ކަމަށެވެ. ނަމަވެސް ޕެނަލްޓީ ކާމިޔާބުނުވުން އެއީ މެޗުގެ ނަސީބުގެ ގޮތުގައި ދެކެވިދާނެ ކަމަށާއި ކުރިއަށް ހުރި ތަނުގައި އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭނެ ކަމަށް އަދި ޚާއްސަކޮށް ފުރަތަމަ ހާފުގައި ދައްކާ ކުޅުން ދެ ވަނަ ހާފުގައި ދެއްކުމަށް ތައްޔާރުވާނެ ކަމަށް އަޓާޓޭ ބުންޏެވެ.

މީގެ އިތުރުން އާޓެޓާ ބުނީ ކޮންމެ ދުވަހަކީ ވެސް އިމްތިހާނެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި މަސައްކަތް ބޮޑުވާނެ ކަމަށެވެ. ކުރިއަށް އޮތް ވެސް ހޭމް ޔުނައިޓެޑުގެ މެޗާ ގުޅޭ ގޮތުން އާޓެޓާ ބުނީ އެ މެޗަށް ތައްޔާރުވާނީ ލިވަޕޫލް މެޗުން ފާހަގަވި ކަންކަމަށް ސަމާލުކަން ދީގެން ކަމަށެވެ. އަދި މިހާރު އޮތީ ސީޒަންގެ އެންމެ ޕްރެޝަރު ބޮޑު ހިސާބުގައި ކަމަށާއި، މަގާމު ދަމަހައްޓައި، ބޭނުންވާ މިސްރާބަށް ދިޔުމަށް ޕޮއިންޓެއް ވެސް ގެއްލުވާލައިގެން ހަމަޖެހުމެއް ނެތް ކަމަށެވެ.

ލިވަޕޫލް މެޗު އެއްވަރުވުމުން އެއް ވަނައިގައި އޮތް އާސެނަލާ ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއާ ދެމެދު އޮތް ފަރަގު މިހާރު ވަނީ ހަ ޕޮއިންޓަށް ކުޑަވެފަ އެވެ. ލީގުގައި އާސެނަލަށް ދެން އޮތީ މި މަހުގެ 16 ވަނަ ދުވަހު ވެސްޓް ހޭމްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅޭ މެޗެވެ.

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2019

އޮޒިލް އަކީ އާސެނަލް އަށް މުހިންމު ކުޅުންތެރިޔެއް: އާޓެޓާ

21 ޑިސެމްބަރު 2019
އޮޒިލް އަކީ އާސެނަލް އަށް މުހިންމު ކުޅުންތެރިޔެއް: އާޓެޓާ
21 ޑިސެމްބަރު 2019

އާސެނަލްގެ ކޯޗަކަށް އާޓެޓާ ހަމަޖައްސައިފި

21 ޑިސެމްބަރު 2019
އާސެނަލްގެ ކޯޗަކަށް އާޓެޓާ ހަމަޖައްސައިފި
10 ނޮވެމްބަރު 2018

ޔުވެންޓަސްގެ އަތުން ޔުނައިޓެޑަށް ލިބުނީ ހައްގު މޮޅެއް ނޫން: ރޮނާލްޑޯ

10 ނޮވެމްބަރު 2018
ޔުވެންޓަސްގެ އަތުން ޔުނައިޓެޑަށް ލިބުނީ ހައްގު މޮޅެއް ނޫން: ރޮނާލްޑޯ
19 މެއި 2018

އާސެނަލްގެ ކޯޗުގެ މަގާމާއި ހަވާލުވާން އާޓެޓާ އެއްބަސްވެއްޖެ

19 މެއި 2018
އާސެނަލްގެ ކޯޗުގެ މަގާމާއި ހަވާލުވާން އާޓެޓާ އެއްބަސްވެއްޖެ
22 ޖޫން 2017

މާޒިޔާ ހުރިހާ ގޮތަކަށް ބަލާއިރުވެސް ވަރުގަދަ، ޕޮއިންޓެއް ނަމަވެސް ބޭނުން: ސާންތި

22 ޖޫން 2017
މާޒިޔާ ހުރިހާ ގޮތަކަށް ބަލާއިރުވެސް ވަރުގަދަ، ޕޮއިންޓެއް ނަމަވެސް ބޭނުން: ސާންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު