Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއެފްއެޗްސީ ހެލްތު ޕްރޮމޯޝަން ކަޕް

ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ނައިޓް ކިންގްސް އަށް، އަންހެން ޑިވިޝަން ޔުނިޓީ އަށް

މިއީ ފީއަލީ ޞިއްހީ މަރުކަޒުން އިސް ނަގައިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުގައި ބާއްވަމުން އަންނަ މުބާރާތެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 އެޕްރީލު 2023 | އާދީއްތަ 19:36
މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް ތަށި ހަވާލުކުރުމުގެ ތެރެއިން

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް ތަށި ހަވާލުކުރުމުގެ ތެރެއިން

ފީއަލީ ޞިއްޙީ މަރުކަޒުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ހެލްތު ޕްރޮމޯޝަން ވޮލީ ބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ނައިޓް ކިންގްސް އިން ހޯދިއިރު، އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޔުނިޓީން ހޯދަައިފި އެވެ.

ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ނައިޓް ކިންގްސް އިން ހޯދީ ފައިނަލްގައި ވާންވާނޭގެ މައްޗަށް ކުރި ހޯދައިގެންނެވެ. ނައިޓް ކިންގްސް އިން މެޗު ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވުނީ، ޗެމްޕިއަން ނައިޓް ކިންގްސްގެ އާނިމް އަޙުމަދު، އާޒިމް އަޙުމަދު، އަޒީމް އަޙުމަދު، ރަނަރަޕް ވާންވާނޭގެ ޒިޔާން ޙުސެއިން، ޑީޓެން އެކްސްޕްރެސްގެ ޔޫޝައު ޙަސަން އަދި އަޙުމަދު ޝަރީފް އެވެ. މި ޑިވިޝަންގެ އެންމެ މޮޅު ލިބަރޯއަކަށް ހޮވުނީ ނައިޓް ކިންގްސްގެ އައްސަދު އަޙުމަދު އެވެ. 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް އަލް ހަދީދުގެ އަޒާން ފަތުހުﷲ ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޗެމްޕިއަން ނައިޓް ކިންގްސްގެ އަޙުމަދު ޝިފާއު އެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އެ ޓީމުގެ އާނިމް އެވެ.

އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޔުނިޓީން ހޯދީ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ކަމަނަ ބަލިކޮށްގެންނެވެ. މި ޑިވިޝަންގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ ޗެމްޕިއަން ޔުނިޓީގެ، އައިޝަތު ވަރުދާ، ރަނިއްޔާ، ރިފްދާ އިބްރަހީމް، ކަމަނަގެ އައިޝަތު ރީމާ، އިންޝާ އަލީ އަދި ޓީމު ބިންގެ މިޒްނާ އިބްރާހީމް އެވެ. މި ޑިވިޝަންގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެެރިޔަކަށް ޓީމު ބިންގެ އިބާ ޢަބްދުﷲ ހޮވުނުއިރު، އެންމެ މޮޅު ކޯޗަކީ ޗެމްޕިއަން ޔުނިޓީގެ އަލީ ޝާތިރު އެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ކަމަނަގެ ރީމާ އެވެ.

މުބާރާތުގެ އިނާމު ފައިސާގެ ގޮތުގައި ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް ވަނީ 5000 ރުފިޔާ ދީފަ އެވެ. ދެ ވަނަ ޓީމަކަށް ވަނީ 2500 ރުފިޔާ ދީފަ އެވެ. މިއީ ފީއަލީ ޞިއްހީ މަރުކަޒުން އިސް ނަގައިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުގައި ބާއްވަމުން އަންނަ މުބާރާތެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި

ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި

25 ފެބުރުއަރީ 2017
ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ

ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ

22 ފެބުރުއަރީ 2017
ގައުމީ ކެރަމް މުބާރާތް: ފިރިހެން ޑަބަލް އިވެންޓް ފައިނަލަށްދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ

ގައުމީ ކެރަމް މުބާރާތް: ފިރިހެން ޑަބަލް އިވެންޓް ފައިނަލަށްދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ

21 ފެބުރުއަރީ 2017
އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް: އަންހެން އަދި ފިރިހެން ބައި ވެސް ފެކަލްޓީ އޮފް އެޑިއުކޭޝަނަށް

އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް: އަންހެން އަދި ފިރިހެން ބައި ވެސް ފެކަލްޓީ އޮފް އެޑިއުކޭޝަނަށް

20 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ކިންގްސް އާއި ޒިގްޒެގް ކުޅުނު މެޗު ކާމިޔާބުކޮށްފި

ތިންވަނަ އެމްބީއޭކަޕް: ކިންގްސް އާއި ޒިގްޒެގް ކުޅުނު މެޗު ކާމިޔާބުކޮށްފި

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު