Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާޒިޔާ

މާޒިޔާ އަށް ފައިސާ ދީފައި އެހެން ކުލަބުތައް "ބާކީ" ވެފައި

މި ފައިސާތަކުގެ ޖުމުލަ އަކީ 1،615،799.60 (އެއް މިލިއަން ހަ ލައްކަ ފަނަރަ ހާސް ހަތް ސަތޭކަ ނުވަދިހަ ނުވަ ރުފިޔާ، ފަސް ދޮޅަށް ލާރި)

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 އެޕްރީލު 2023 | އާދީއްތަ 09:09
މާޒިޔާ އިން ކުޅުނު މެޗެއް ބައްލަވާލެއްވުމަށް މިނިސްޓަރު މަޚްލޫފް ގަލޮޅު ދަނޑުގައި

މާޒިޔާ އިން ކުޅުނު މެޗެއް ބައްލަވާލެއްވުމަށް މިނިސްޓަރު މަޚްލޫފް ގަލޮޅު ދަނޑުގައި

ޔޫތު މިނިސްޓްރީން މިއަހަރުގެ ތެރޭގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް މިލިއަނެއްހާ ރުފިޔާ ދީފައިވަނީ އެހެން ކުލަބުތަކަށް ވެސް ދެމުން އަންނަ އުސޫލުން، އޭއެފްސީ ކަޕްގައި ވާދަ ކުރާތީ ކަމަށް ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް ވިދާޅުވެއްޖެ އެވެ.

ހާމަވެފައިވާ މައުލޫމާތުތަކުން ފެންނަ ގޮތުގައި ޔޫތު މިނިސްޓްރީން ވަނީ އަހަރުގެ މިހާތަނަށް ތިން ފަހަރެއްގެ މަތިން މާޒިޔާ އަސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފަ އެެވެ. އެގޮތުން ޖަނަވަރީ މަހުގެ 10 ވަނަ ދުވަހު ވަނީ އެ ކުލަބަށް 368،299.60 (ތިން ލައްކަ ފަސްދޮޅަށް އަށް ހާސް ނުވަދިހަ ނުވަ ރުފިޔާ، ފަސް ދޮޅަށް ލާރި) ދީފަ އެވެ. އެއީ އޭއެފްސީ ކަޕް 2022 ގެ ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި ބައިވެރިވުމަށް އިންޑިއާ އަށް ކުރި ދަތުރުގެ ޓިކެޓު ފައިސާ އެވެ. އޭގެ ފަހުން ފެބްރުވަރީ އެއް ވަނަ ދުވަހު ވަނީ 1،000،000 (އެއް މިލިއަން ރުފިޔާ) ދީފަ އެވެ. އެއީ މިއަހަރުގެ ފުޓުބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ދީފައިވާ ފައިސާ އެވެ. އޭގެ ހަ ދުވަސް ފަހުން ފެބްރުވަރީ ހަތް ވަނަ ދުވަހު ވަނީ 247،500.00 (ދެ ލައްކަ ސާޅީސް ހަތް ހާސް ފައްސަތޭކަ ރުފިޔާ) ދީފަ އެވެ. އެއީ ފުޓުބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ދީފައިވާ ފައިސާ އެވެ. މި ފައިސާތަކުގެ ޖުމުލަ އަކީ 1،615،799.60 (އެއް މިލިއަން ހަ ލައްކަ ފަނަރަ ހާސް ހަތް ސަތޭކަ ނުވަދިހަ ނުވަ ރުފިޔާ، ފަސް ދޮޅަށް ލާރި) އެވެ.

އެކަމާ ގުޅިގެން ޔޫތު މިނިސްޓަރު މަޚްލޫފް ރާއްޖެ އެމްވީ އަށް ވިދާޅުވީ، އެއީ ސަރުކާރުން ޓީމުތަކަށް ދެމުން އަންނަ އެހީތެރިކަމެއް ކަމަށެވެ. އަދި ބިދޭސީ ކުޅުންތެރިންގެ މުސާރަ ބޮޑު ކަމަށާއި، އިންޑިއާ ކަހަލަ ޤައުމުތަކާ ވާދަކުރަންދާއިރު އެކަމުގައި ސަރުކާރުގެ ސަޕޯޓެއް ވެސް އޮންނަން ވާނެ ކަމަށެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެ ވާހަކަ ވާނީ އެކި ފަހަރު މަތިން ރައްޔިތުންގެ މަޖިލީހުގައި ވެސް އަަދި އެކިއެކި ކުޅިވަރު ޕްރޮގްރާމްތަކުގައި ވެސް ދައްކާފައިވާނެ ކަމަށެވެ. އަދި އެއީ މާޒިޔާ އަށް އެކަނި ކޮށްދެމުން އަންނަ ކަމެއް ނޫން ކަމަށެވެ. އެގޮތުން މީގެ ކުރިން 2020 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކުލަބުން އޭއެފްސީ ކަޕްގައި ވާދަކުރިއިރު ވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެފަހަރު ޓީސީ އަށް ގާތްގަނޑަކަށް 1.49 މިލިއަނެއްހާ ރުފިޔާ ދީފާއިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ ކުރިން މިދިޔަ އަހަރު ކުލަބް ވެލެންސިއާ އިން ވަނީ އޭއެފްސީ ކަޕްގެ ދެ ވަނަ ބުރުގައި ވާދަކުރަށް އޮތް މެޗަށް ނުދާން ނިންމައިފަ އެވެ. ވެލެންސިއާ އިން ކޮލިފައިން އަށް ނުދާން އޭރު ނިންމާފައި ވަނީ ވެސް ސަރުކާރުން ނުވަތަ ޔޫތު މިނިސްޓްރީން ފައިސާގެ ކަންކަން ހަމަނުޖެހުމުގެ ސަބަބުންނެވެ. އެކަމާ ގުޅިގެން މިނިސްޓަރު މަޚްލޫފް އޭރު ވިދާޅުވީ، ކުލަބުތަކުގެ އިދާރީ ކަންކަން ހަމަޖެއްސުމަކީ އެކުލަބެއްގެ ކަމެއް ކަމަށެވެ. ހަމައެއާއެކު އޭރު ވެލެންސިއާ އަށް ވެސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށާއި، ފައިސާ ދިނުމުގައި މައްސަލަ ދިމާވީ ވެލެންސިއާގެ އަމިއްލަ އެކައުންޓެއް ނެތުމުން ކަމަށެވެ. އެކަމުގައި ޔޫތު މިނިސްޓްރީ އާއި ވެލެންސިއާއާ ދެމެދު ވަނީ ދެބަސްވުންތަކެއް ވެސް ހިނގައިފަ އެވެ.

ސަރުކާރުން މާޒިޔާ އަށް މިލިއަނަކަށް ވުރެ ގިނަ ފައިސާ ދީފައިވާއިރު، އެ ވާހަކަ ވަނީ ސޯޝަލް މީޑިއާގައި ވެސް ފެތުރިފަ އެވެ. މީގެ އިތުރުން އެ މައްސަލަ އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހެޅުމަށް ވަނީ ގޮވާލައިފަ އެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންކުޅިވަރާ ބެހޭ ވުޒާރާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025
ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

01 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު