Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރާންސް ލީގު

މެސީގެ އެހީތެރިކަމާއެކު ނީސް ބަލިކޮށް ޕީއެސްޖީ އަށް ހަމަޖެހުމެއް

ނީސްގެ ދަނޑުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 2-0 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 އެޕްރީލު 2023 | އާދީއްތަ 05:34
މެޗުގައި ލަނޑު ޖެހުމަށް ފަހު މެސީ އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު މެސީ އުފާ ފާޅު ކުރަނީ

ފްރާންސް ލީގުގައި ނީސްއާ ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) މޮޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ނީސްގެ ދަނޑުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 2-0 އިންނެވެ. މެޗުގައި ޕީއެސްޖީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ އެއް ލަނޑު ޖަހައި، އަނެއް ލަނޑު ޖެހުމަށް އެހީތެރިވެދީފަ އެވެ. މެޗަށް ކުތިމަތިލީއިރު ޕީއެސްޖީ އޮތީ އުނދަގޫ ހާލަތެއްގަ އެވެ. ލީގުގައި ގިނަ މެޗުތަކަކުން ބަލިވުމުގެ ސަބަބުން ޕީއެސްޖީ އާއި ދެ ވަނައިގައި އޮތް ލެންސްއާ ދެމެދު އޮތް ފަރަގު އޮތީ ތިން ޕޮއިންޓަށް ކުޑަވެފަ އެވެ. އެހެންކަމުން އެއް ވަނައިގައި ހަމަޖެހުމެއް ހޯދުމަށް މަޖުބޫރު މެޗުން މޮޅުވެ މިހާރު ޕީއެސްޖީ ވަނީ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި ޕީއެސްޖީ އަށް ލީޑު ނަގައިދިނީ މެސީ އެވެ. އެއީ ނޫނޯ މެންޑޭސް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އޭގެ ފަހުން ޕީއެސްޖީގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ އަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ޕީއެސްޖީގެ ދެ ވަނަ ލަނޑު ދެ ވަނަ ހާފުގައި ޖެހީ ޑިފެންޑަރު ސާޖިއޯ ރާމޯސް އެވެ. 76 ވަނަ މިނެޓުގައި އޭނާ އެ ލަނޑު ޖެހީ، މެސީ ނަގައިދިން ކޯނަރެއްގައި ބޮލުން ބޯޅަ ގޯލަށް ވައްދާލައިގެންނެވެ. މެޗުގައި ޖެހި ލަނޑާއެކު މި ސީޒަންގެ ފްރާންސް ލީގުގައި މެސީ ޖެހި ލަނޑުގެ އަދަދު ވަނީ 14 އަށް އަރައިފަ އެވެ. އަނެއްކޮޅުން މިހާތަނަށް އޭނާ ވަނީ 14 ލަނޑު ޖެހުމަށް އެހީތެރިވެދީފަ އެވެ.

ލީގުގެ އެއް ވަނައިގައި ޕީއެސްޖީ އޮތީ ކުޅުނު 30 މެޗުން 69 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި ލެންސް އޮތީ ހަމަ އެ އަދަދަށް މެޗު ކުޅެގެން 63 ޕޮއިންޓާއެކު އެވެ. ލީގުގައި ޕީއެސްޖީން ދެން ކުޅޭނީ ވެސް ލެންސްއާ ދެކޮޅަށެވެ.

ފްރެންޗް ލީގުޕީއެސްޖީނީސްލިއޮނެލް މެސީ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
18 އޮކްޓޯބަރު 2025

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
20 ސެޕްޓެމްބަރު 2025

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

20 ސެޕްޓެމްބަރު 2025
މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު