Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ މައްސަލަ

އުތުރު ކޮރެއާގެ މިސައިލް ޓެސްޓާ ގުޅިގެން އަސްކަރީ ބާރު ބޭނުން ކުރަން ޖެހިއްޖެ ނަމަ އެކަން ކުރާނެ: އެމެރިކާ

6 ޖުލައި 2017 | ބުރާސްފަތި 05:30

ޖަޕާނު ކަނޑަށް މިސައިލް ވެއްޓުމާ ގުޅިގެން ޖަޕާނުން ވަނީ ވަރަށް ހިތްހަމަ ނުޖެހިފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 6 ޖުލައި 2017 | ބުރާސްފަތި 05:30
 ނިކީ ހޭލީ

ނިކީ ހޭލީ

އުތުރު ކޮރެއާ އިން އަންގާރަ ދުވަހު ކުރި ދުރު ރާސްތާ މިސައިލް ޓެސްޓާ ގުޅިގެން އުތުރު ކޮރެއާއާ ދެކޮޅަށް "އަސްކަރީ ބާރު ބޭނުން ކުރަން ޖެހިއްޖެ ނަމަ އެކަން ކުރާނެ" ކަމަށް އެމެރިކާ އިން ބުދަ ދުވަހު ބުނެފިއެވެ.

އެމެރިކާ އިން އދ. އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ނިކީ ހޭލީ ވިދާޅުވީ އުތުރު ކޮރެއާއާ ދެކޮޅަށް އާ ގަރާރެއް ވެސް އދ. އަށް ހުށަހަޅާނެ ކަމަށެވެ. ނިކީ ހޭލީ އިތުރަށް ވިދާޅުވީ އުތުރު ކޮރެއާ އިން އަންގާރަ ދުވަހު ކުރި މިސައިލް ޓެސްޓަކީ އަސްކާރީ ގޮތުން ކަންކަން ހަލަބޮލި ކުރަން އުޅުނު ކަމެއްގެ ގޮތުގައި ސިފަ ކުރައްވާ ކަމަށާއި އަދި އުތުރު ކޮރެއާއާ ދެކޮޅަށް އިގްތިސާދީ ގޮތުން ފިއްތުންތައް ކުރިމަތި ކުރަން ވެސް އިންޒާރު ދޭ ކަމަށެވެ.

އުތުރު ކޮރެއާއާ ބެހޭ ގޮތުން ނިކީ ހޭލީ ވާހަކަ ދެއްކެވިތާ މާ ގިނައިރުތަކެއް ނުވެ އެމެރިކާ އާއި ދެކުނު ކޮރެއާ އިން ވަނީ އަސްކަރީ ތަމްރީނުތަކެއްގައި މިސައިލްތަކެއް ޖަޕާނު ކަނޑަށް ފޮނުވާލާފައެވެ.

އުތުރު ކޮރެއާ އިން ބުނަމުން ގެންދަނީ އެމެރިކާގެ "ރުޅިވެރިކަމުގެ އަމަލުތައް" ހުއްޓާ ނުލަނީސް މަޝްވަރާއަކަށް ނުދާނެ ކަމަށެވެ.

އަންގާރަ ދުވަހު އުތުު ކޮރެއާ އިން ޓެސްޓް ކުރި ބެލިސްޓިކް މިސައިލް ފޮނުވާލީ ޕެންހިއޮން ވައިގެ ސަރަހައްދުންނެވެ. އެމެރިކާ ޕެސިފިކް ކޮމާންޑުން ބުނީ އުތުރު ކޮރެއާ އިން އުދުއްސާލި މިސައިލް 37 މިނިޓަށް އުދުހުމަށް ފަހު ވެއްޓިފައި ވަނީ ޖަޕާނު ކަނޑަށް ކަމަށެވެ.

އުތުރު ކޮރެއާ އިން ފޮނުވާލި މިސައިލް ޖަޕާނު ކަނޑަށް ވެއްޓުމާ ގުޅިގެން ޖަޕާނުން ވަނީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. އެގޮތުން ޖަޕާނުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ އުުުތުރު ކޮރެއާ އިން އުުދުއްސާލި މިސައިލުން " ސީދާ އެނގިގެން ދަނީ ބިރުވެރިކަން ބޮޑުވެފައިވާ" ކަން ކަމަށެވެ.

އުތުރު ކޮރެއާ އިން ދަނީ ތަކުރާރުކޮށް މިސައިލް ޓެސްޓްތަކާއި އަދި ނިއުކްލިއާ ހަތިޔާރު ފައްކާ ކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ. އެކަމުގެ ސަބަބުން ދެކޮރެއާ ސަރަހައްދު ވަނީ ހަލަބޮލިވެފައެވެ. އަދި އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ވެސް ވަނީ ވަރަށް ގޯސްވެފައެވެ. އުތުރު ކޮރެއާ އިން ކުރާ މިސައިލް ޓެސްޓްތަކާއި އަދި ނިއުކްލިއާ ހަތިޔާރު ފައްކާ ކުރުމުގެ ޕްރޮގްރާމްތަކާ ގުޅިގެން އދ. އިން ދާދިފަހުން ވަނީ އުުތުރު ކޮރެއާ އާ ދެކޮޅަށް އާ ދަތިކުުރުމުގެ ފިޔަވަޅުތަކެއްް ވެސް އަޅާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި

12 ފެބުރުއަރީ 2017
އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
27 ޖެނުއަރީ 2017

ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި

27 ޖެނުއަރީ 2017
ހަރަމްފުޅަށް ކެރޭން ވެއްޓުނު ހާދިސާއާ ގުޅިގެން އުފުލި ދައުވާތައް ކޯޓުން ބޭރުކޮށްލައިފި
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް