Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަރައިރުންވުން

ގިނަ ގިނައިން އިޚްތިލާފްވެ، އަރައިރުންވާނަމަ ޣައިރު މުސްލިމުންނަށް އިސްލާމްދީން ފެންނާނީ ހުތުރު ދީނެއްގެ ގޮތުގައި: އައްޝައިޚް ޙުސައިން

8 އެޕްރީލު 2023 | ހޮނިހިރު 06:57

އިސްލާމްދީނުގައި ވަނީ އަޅުގަނޑުމެން، އެކީ އެއްބައެއްގެ ގޮތުގައި އުޅުމަށް އަމުރުކުރައްވާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 އެޕްރީލު 2023 | ހޮނިހިރު 06:57
އިހްޔާ ފޯރަމްގެ ތެރެއިން

އިހްޔާ ފޯރަމްގެ ތެރެއިން

ގިނަ ގިނައިން އިޚްތިލާފްވެ، އަރައިރުންވާނަމަ ޣައިރު މުސްލިމުންނަށް އިސްލާމްދީން ފެންނާނީ ހުތުރު ދީނެއްގެ ގޮތުގައިކަމަށް އައްޝައިޚް ޙުސައިން ޢަބްދުﷲ ސަޢީދު ވިދާޅުވެއްޖެއެވެ.

ޝައިޚް މިހެން ވިދާޅުވީ “އިޚްތިލާފީ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ ޝަރުޢީ މިންގަނޑު” މި މައުޟޫއަށް އިހްޔާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހޯރަފުށީގައި ކުރިއަށް ގެންދިޔަ 10 ވަނަ އިޙްޔާ ފޯރަމްގައި ވާހަކަފުޅު ދައްކަވާފައިވަނީ އައްޝައިޚް ޙުސައިން ޢަބްދުﷲ ސަޢީދުގެ އިތުރުން އައްޝައިޚް ޢަބްދުލް ޤާދިރެވެ.

މިމައުޟޫޢަށް ވާހަކަފުޅު ދައްކަވަމުން އައްޝައިޚް ޙުސައިން ވިދާޅުވީ އިސްލާމްދީނުގައި ވަނީ އަޅުގަނޑުމެން، އެކީ އެއްބައެއްގެ ގޮތުގައި އުޅުމަށް އަމުރުކުރައްވާފައިކަމަށެވެ. ފިކުރީ އިޚްތިލާފްތަކަށް ބައްލަވައި ޝައިޚް ޙުސައިން ވިދާޅުވީ ކީރިތި ރަސޫލާ ﷺ ގެ ސުންނަތުން އަންގަވާފައިވާ ކަންކަމުގައި ފިކުރީ އިޚްތިލާފް އުފެދިފައި ނުވާކަމަށެވެ. އަދި ދީނުގެ ބޮޑެތި ކަންކަމުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކަންކަމުގައިވެސް ޚިލާފު އުފެދިފައި ނުވާކަމަށެވެ. ރަސޫލާ ﷺ ގެ ފަހުން ވަރަށް ގިނަ ޚިލާފުތައް އަންނާނެކަމަށް އެކަލޭގެފާނު ހަދީޘް ކުރައްވާފައިވާކަމަށާއި އެހެންނަމަވެސް އެކަމުގައި އޮތީ އެކަލޭގެފާނުގެ ސުންނަތާއި ޚަލީފާއިން އުޅުއްވި ގޮތުގައި ވަރުގަދައަށް ހިފައިގެން ތިބުން ކަމަށެވެ. މިކަން މީގެ އެތައް ޒަމާނެއް ކުރިން ރަސޫލާ ﷺ ވަނީ ބަޔާންކުރައްވާފައިކަމަށް ވިދާޅުވިއެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް ޢަބްދުލް ޤާދިރު ވިދާޅުވީ ކީރިތި ޤުރުއާނުގައި އިންސާނާ ހައްދަވާފައިވާގޮތް ވަރަށް ތަފްސީލުކޮށް ބަޔާންކުރައްވާފައިވާކަމަށެވެ. އެގޮތުން އިންސާނުން ހައްދަވާފައިވަނީ ތަފާތު އެކިއެކި ބަސްބަހުން ވާހަކަދައްކާ ބައެއްގެ ގޮތުގައި ކަމަށާއި އިންސާނުން ހައްދަވާފައިވަނީ ތަފާތު ކުލަތަކުގައިކަމަށެވެ. މިކަމުން އެނގެނީ އަޅުގަނޑުމެންގެ ތެރޭގައި ތަފާތު ހުންނާނެކަން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެ ތަފާތުތަކާ ނުލާ ނޫޅެވޭނެކަމާއި އެ ޚިލާފްތައް އަޅުގަނޑުމެންގެ ތެރޭގައި އަންނާނެކަން ޤަބޫލުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. ޝައިޚް ޢަބްދުލް ޤާދިރު ވަނީ މުޖުތަމައުގެ ތެރޭގައި ޚިލާފްއުފެދޭ ކަންތައްތަކަށް ބައްލަވައި އޭގެ ތެރެއިން އެއްކަމަކީ ޢަޤީދާގައި ހިމެނޭ ޚިލާފްކަމަށާއި އަޤީދާގައި ހިމެނޭ ޚިލާފްތަކާ ވަރަށް ބޮޑަށް ދުރުވާންޖެހޭކަމަށް ވިދާޅުވިއެވެ. އަދި ޚިލާފްއުފެދެން މެދުވެރިވާ ސަބަބުތަކާއި ޚިލާފް އުފެދޭ މައްސަލަތަކުގައި ޢަމަލުކުރަންވީ ގޮތާއި މިފަދަ މައްސަލަތަކުގައި ޢަމަލުކުރާނެ ގޮތް ތަފްސީލުކޮށްދެއްވިއެވެ.

މި ފޯރަމްގައި ދެ ބޭފުޅުންވެސް ވަނީ ޚިލާފީ މައްސަލަތަކާމެދު ވަރަށް ތަފްސީލުކޮށް ބައްލަވައި މިސާލުތައް ދައްކަވާފައެވެ.

އިހްޔާ ފޯރަމްއިސްލާމިކް މިނިސްޓްރީ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި
25 ނޮވެމްބަރު 2025

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި
10 ނޮވެމްބަރު 2025

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި
30 އޮކްޓޯބަރު 2025

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ
30 އޮކްޓޯބަރު 2025

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ
23 އޮކްޓޯބަރު 2025

ބ. ތުޅާދޫ މަސްޖިދުއްރަޙްމާން އާއި ބެހޭ ގޮތުން ޝަހީމް ހެއްދެވީ ހުސް ދޮގު: ކައުންސިލް

23 އޮކްޓޯބަރު 2025
ބ. ތުޅާދޫ މަސްޖިދުއްރަޙްމާން އާއި ބެހޭ ގޮތުން ޝަހީމް ހެއްދެވީ ހުސް ދޮގު: ކައުންސިލް
23 އޮކްޓޯބަރު 2025

ހުރިހާ މަޝްރޫއުތަކެއް ހަވާލުކޮށްފައި ވަނީ ޕްރޮސަސްގެ ތެރެއިން އެންމެ ގާބިލް ކުންފުނިތަކާ: ކުރީގެ އިސްލާމިކް މިނިސްޓަރު

23 އޮކްޓޯބަރު 2025
ހުރިހާ މަޝްރޫއުތަކެއް ހަވާލުކޮށްފައި ވަނީ ޕްރޮސަސްގެ ތެރެއިން އެންމެ ގާބިލް ކުންފުނިތަކާ: ކުރީގެ އިސްލާމިކް މިނިސްޓަރު
23 އޮކްޓޯބަރު 2025

ދަރުވާލާފައި ކިޔައިގެން މިނިސްޓަރު ޝަހީމް ބޭނުންކުރާ އިބާރާތަކީ ވަރަށް ނުބައި އިބާރާތެއް: ކުރީގެ މިނިސްޓަރު

23 އޮކްޓޯބަރު 2025
ދަރުވާލާފައި ކިޔައިގެން މިނިސްޓަރު ޝަހީމް ބޭނުންކުރާ އިބާރާތަކީ ވަރަށް ނުބައި އިބާރާތެއް: ކުރީގެ މިނިސްޓަރު
23 އޮކްޓޯބަރު 2025

ޑރ ޒާހިރު ޝަހީމު އަށް: ޚުތުބާ އާ ބެހޭ ގޮތުން ތިޔަ ހެއްދެވީ ދޮގު، އެއްވެސް ޚުތުބާ އެއް ނުފޮރުވާ، ނުކިޔާކަށް ވެސް ނާންގާ

23 އޮކްޓޯބަރު 2025
ޑރ ޒާހިރު ޝަހީމު އަށް: ޚުތުބާ އާ ބެހޭ ގޮތުން ތިޔަ ހެއްދެވީ ދޮގު، އެއްވެސް ޚުތުބާ އެއް ނުފޮރުވާ، ނުކިޔާކަށް ވެސް ނާންގާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް