Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވެނެޒުއޭލާ މުޒާހަރާތައް

ވެނެޒުއޭލާގެ ގާނޫނު ހަދާ މަޖިލީހަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގައިފި

6 ޖުލައި 2017 | ބުރާސްފަތި 04:45

ގާނޫނު ހަދާ މަޖިލީހަށް ވަދެގަނެ ހަމަނުޖެހުން ހިންގީ ސަރުކާރަށް ތާއިދު ކުރާ ބަޔަކު

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 6 ޖުލައި 2017 | ބުރާސްފަތި 04:45
ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ފަރުވާ އަށް ގެންދަނީ

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ފަރުވާ އަށް ގެންދަނީ

ވެނެޒުއޭލާގެ އިދިކޮޅު ފަރާތްތަކުގެ ކޮންޓްރޯލް އޮންނަ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ސަރުކާރަށް ތާއިދު ކުރާ ބަޔަކު ވަދެ ހަމަނުޖެހުން ހިންގައިފިއެވެ.

ސަތޭކަ ވަރަކަށް މީހުން ވަދެ ހިންގި ހަމަނުޖެހުންތަކުގައި، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ގައިކޮޅަށް އަތްލާ، އަނިޔާ ކުރިއިރު މިކަން ހިނގީ އެގައުމުގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހާއްސަ ސެޝަނަށް ފަހުގައެވެ.

ބުދަ ދުވަހު ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެގަތް މީހުން ވައިން އިރު ގާނޫނު ހަދާ މަޖިލީހުގެ ބޭރުގައި މިލިޓްރީ ޕޮލިސް ގާޑް ކުރަން ވެސް ތިއްބެވެ. ހަަމަލާ ދޭން ވައިން މީހުން ވަނީ ދަނޑިގަނޑު އަދި ހޮޅި ފަދަ ތަކެތި ހިފައިގެންނެވެ.

ހަމަނުޖެހުން ހިނގިއިރު އެތެރޭގައި ބޭރަށް ނުނިކުމެވި ތިބި މީހުންގެ ތެރޭގައި ނޫސްވެރިންނާއި، ސްކޫލް ކުދިންނާއި އަދި އެހެނިހެން، ބޭރުން އައިސް ތިބި މީހުން ހިމެނެއެވެ. ފަސްވަރަކަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ޒަޚަމްވިއެވެ. އަދި ނޫސްވެރިންތަކެއް ވެސް ޒަޚަމްވި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވެނެޒުއޭލާގެ ސަރުކާރުން ހާދިސާ ތަހުގީގު ކުރާނެ ކަމަށް ވައުދުވެފައި ވާއިރު އިގްތިސާދީ ގޮތުން ފުން ވަޅުގަނޑެއްގެ ތެރޭގައި ވެނެޒުވޭލާގައި ދަނީ ބޮޑެތި މުޒާހަރާތަކެއް ވެސް ބާއްވަމުންނެވެ.

ދާދި ފަހުން ވަނީ ވަގަށް ނަގާފައިވާ ފުލުހުންގެ ހެލިކޮޕްޓަރަކުން ވެނެޒުއޭލާގެ ސްޕްރީމް ކޯޓަށް ވެސް ހަަމަލާ ދީފައެވެ. އޮފިޝަލުން ބުނެފައިވަނީ ސްްޕްރީމް ކޯޓުގެ އިމާރާތަށް ހަމަލާ ދިނީ އަތު ބޮން ބޭނުންކޮށްގެން ކަމަށާއި އެގޮތުން ހަމަލާ ދިނީ ހެލިކޮޕްޓަރުން ހަތަރު ބޮން އެއްލައިގެން ކަމަށެވެ. މީގެ އިތުރުން ވެނެޒުއޭލާގެ އިންޓީރިއާ މިނިސްޓްރީގެ އިމާރާތަށް ވެސް ހެލިކޮޕްޓަރުން ދާދި ފަހުން ބަޑި ޖަހާފައި ވެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

08 މާރިޗު 2017

ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި

08 މާރިޗު 2017
ފިލިޕީންސްގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެއިން މަރުގެ ހުކުމް ތަންފީޒުކުރަން ފާސްކޮށްފި
07 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި
20 ފެބުރުއަރީ 2017

ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި

20 ފެބުރުއަރީ 2017
ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި
16 ފެބުރުއަރީ 2017

ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ

16 ފެބުރުއަރީ 2017
ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
11 ޖެނުއަރީ 2017

ޖަނާޒާއަށް އެތައް ހާސް ބަޔަކު އެއްވެއްޖެ

11 ޖެނުއަރީ 2017
ޖަނާޒާއަށް އެތައް ހާސް ބަޔަކު އެއްވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް