Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް

އަރަބިއްޔާ ސްކޫލް އެޅުމުގެ މަސައްކަތް ނުހުއްޓޭނެކަމުގެ ޔަގީންކަންދެން: މިނިސްޓަރ އެޓް ޕްރެޒިޑެންޓްސް އޮފީސް

އަރަބިއްޔާ ސުކޫލުގެ އައު އިމާރާތް އެޅުމަށް ސަރުކާރުން އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 ނޮވެމްބަރު 2022 | ބުރާސްފަތި 02:46
މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އަހުމަދު ސަމީރު

މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އަހުމަދު ސަމީރު

އަރަބިއްޔާ ސްކޫލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ހުއްޓިގެން ނުދާނެކަމަށާއި އަންނަ އަހަރުގެ ބަޖެޓުުން އިމާރާތް އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނެކަމުގެ ޔަގީންކަން ސަރުކާރު ދެއްވާކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި ބަޖެޓުގައި އަރަބިއްޔާ ސްކޫލުގެ ހަރަދުތަކަށް 34.7 މިލިއަން ރުފިޔާ ހިމަނާފައި ވިޔަސް ބާ ޖަމާލުއްދީން ސްކޫލުގެ ބިމުގައި ހަދަން ނިންމައި ކޮންޓްރެކްޓަރާ ހަވާލު ކޮށްފައިވާ އަރަބިއްޔާގެ އައު އިމާރާތުގެ ހަރަދުގެ ވާހަކައެއް ހިމަނާފައެއް ނުވެއެވެ.

އެ މައްސަލަ އާންމުންގެ ސަމާލުކަމަށް އައީ އަރަބިއްޔާ ސްކޫލްގެ ނަމުގައި އިމާރާތެއް ހެދުމަށް ބަޖެޓުގައި ހިމަނާފައި ނެތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދައިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގު ވާހަކަދެއްކެވުމުންނެވެ. އެކަމުގެ ކަންބޮޑުވުން އާންމުން ވެސް ވަނީ ފާޅުކޮށްފައެވެ.

އެކަމާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސަމީރު ވިދާޅުވީ އަރަބިއްޔާ ސްކޫލްގެ އައު އިމާރާތް އެޅުމަށް ވަނީ ބަޔަކާ އެކު ކޮންޓްރެކްޓުގައި ސޮއިކޮށްފައިކަމަށެވެ. މިހާރު ވެސް އަރަބިއްޔާގެ ސްކޫލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށްދާކަން ފާހަގަކުރައްވާ ސަމީރު ވިދާޅުވީ އަރަބިއްޔާގެ އައު އިމާރާތް އެޅުމަށް އަމީން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފައިވާއިރު އެމަސައްކަތުގެ އެއްބަސްވުމާއި އެއްގޮތަށް ކުރިޔަށްދާނެކަމަށެވެ. އަދި ކޮންޓްރެކްޓު ހަދައިގެން އަގު ދޭ ގޮތަށް އެއްބަސްވުމުގައި ސޮއިކޮށްފައި އޮންނަ ނަމަ މަސައްކަތްކުރިޔަށްދާނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބަޖެޓުގައި އަރަބިއްޔާގެ ނަމުގައި ޖަހާފައި ނެތްނަމަވެސް އެމަސައްކަތް ހުއްޓުމެއްނެތި ކުރިޔަށްދާނެކަމަށް ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ކޮމިޓީގައި ކުރިޔަށްދާއިރު އަދި ބަޖެޓަށް ބަދަލުތަކެއް ގެނެވޭނެކަމަށެވެ. އެހެންކަމުން ބަޖެޓް ފާސްވެގެން އަންނައިރު އަރަބިއްޔާގެ އައު އިމާރާތުގެ ވާހަކަ އޮންނާނެކަމަށް ސަމީރު ވިދާޅުވިއެވެ.

އަރަބިއްޔާ ސުކޫލުގެ އައު އިމާރާތް އެޅުމަށް ސަރުކާރުން އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ 420 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އެއީ 168 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ބާ ޖަމާލުއްދީން ހުރި ސަރަހައްދުގައި 40 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަތަރު ލިފްޓު ހަރުކުރާނެއެވެ.

700 އަށްވުރެ ގިނަ ކުދިން ކިޔަވަމުން އަންނަ އަރަބިއްޔާ ސްކޫލަކީ ރާއްޖޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ހަމައެކަނި ސްކޫލެވެ.

ރައީސް އޮފީސްއަރަބިއްޔާ ސްކޫލް

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2025

ގައުމީ ސްކައުޓް އެސޯސިއޭޝަން މަގުމަތިވެ، އޮފީސް ބަންދުކޮށްފި

10 ސެޕްޓެމްބަރު 2025
ގައުމީ ސްކައުޓް އެސޯސިއޭޝަން މަގުމަތިވެ، އޮފީސް ބަންދުކޮށްފި
03 މެއި 2025

އަސްކަރީ އެއްބަސްވުންތައް ހާމަކުރަން ޖެހޭނެ ކަމަށް ވަކާލާތު ކުރައްވަމުން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު، އަސްކަރީ އެއްބަސްވުންތައް ހާމަ ކުރެވެން ނެތް ކަމަށް އެއްބަސްވެވަޑައިގެންފި

03 ފެބުރުއަރީ 2025

ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި

03 ފެބުރުއަރީ 2025
ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި
30 ޖެނުއަރީ 2025

ރައީސް އެދިވަޑައިގަތީ ބޯހިޔާވަހިކަމަށް ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް

30 ޖެނުއަރީ 2025
ރައީސް އެދިވަޑައިގަތީ ބޯހިޔާވަހިކަމަށް ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް
23 ޑިސެމްބަރު 2024

ރައީސެވެ. އޮޅުވާލަން ތިޔަ އުޅުއްވަނީ ކާކަށް، ކޮން ކަމެއް ހެއްޔެވެ؟

23 ޑިސެމްބަރު 2024
ރައީސެވެ. އޮޅުވާލަން ތިޔަ އުޅުއްވަނީ ކާކަށް، ކޮން ކަމެއް ހެއްޔެވެ؟
24 ނޮވެމްބަރު 2024

މި ސަރުކާރުން އަރަބިއްޔާ ސްކޫލު ބޭނުންކުރަނީ ސިޔާސީ ޓޫލެއްގެ ގޮތުގައި: އިހުސާން

24 ނޮވެމްބަރު 2024
މި ސަރުކާރުން އަރަބިއްޔާ ސްކޫލު ބޭނުންކުރަނީ ސިޔާސީ ޓޫލެއްގެ ގޮތުގައި: އިހުސާން
30 އޮކްޓޯބަރު 2024

އާރަށަށް ވަޑައިގަންނަވާ ހަފްތާއަކު 7 ލައްކަވުރެ ގިނަ ފައިސާ ހަރަދު ކުރާ މައްސަލަ: ''އެއީ ރައީސްއަށް ލިބިވަޑައިގަންނަވާ އިހުތިޔާރެއް''

30 އޮކްޓޯބަރު 2024
އާރަށަށް ވަޑައިގަންނަވާ ހަފްތާއަކު 7 ލައްކަވުރެ ގިނަ ފައިސާ ހަރަދު ކުރާ މައްސަލަ: ''އެއީ ރައީސްއަށް ލިބިވަޑައިގަންނަވާ އިހުތިޔާރެއް''
29 އޮކްޓޯބަރު 2024

މެރކް ފައުންޑޭޝަންގެ ސީ.އީ.އޯ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

29 އޮކްޓޯބަރު 2024
މެރކް ފައުންޑޭޝަންގެ ސީ.އީ.އޯ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
20 އޮކްޓޯބަރު 2024

އަންނަ މަހު 10 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖައްސަވައިފި

20 އޮކްޓޯބަރު 2024
އަންނަ މަހު 10 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖައްސަވައިފި
23 ސެޕްޓެމްބަރު 2024

މީޑިއާ ތަކުގެ މެދުގައި ތަފާތު ކުރުން ގެންގުޅުމާއި، ނުރުހޭ މީޑިއާތައް އެއް ފަރާތް ކުރުން!

23 ސެޕްޓެމްބަރު 2024
މީޑިއާ ތަކުގެ މެދުގައި ތަފާތު ކުރުން ގެންގުޅުމާއި، ނުރުހޭ މީޑިއާތައް އެއް ފަރާތް ކުރުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު