Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެލްސީ

ޗެލްސީން ވަކިކޮށްލުމުން ގްރެހަމް ޕޮޓާ ރާއްޖެ އަށް

ޗެލްސީގެ ކޯޗުކަމުން ވަކިކުރުމުން އޭނާ އަށް 13 މިލިއަން ޕައުންޑް ދޭން ޖެހުނު

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 8 އެޕްރީލު 2023 | ހޮނިހިރު 02:48
ޗެލްސީގެ ކުރީގެ ކޯޗު ގްރަހަމް ޕޮޓާ: މިވަގުތު ހުރީ ރާއްޖޭގައި

ޗެލްސީގެ ކުރީގެ ކޯޗު ގްރަހަމް ޕޮޓާ: މިވަގުތު ހުރީ ރާއްޖޭގައި

ޗެލްސީގެ ކޯޗުކަމުން ވަކިކޮށްލުމުން ކޯޗު ގްރެހަމް ޕޮޓާ ރާއްޖެ އައިސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ފަށައިފި އެވެ.

އިނގިރޭސި ނޫސްތަކުން ބުނާ ގޮތުގައި ހުސްވި ހަފުތާގައި ޗެލްސީގެ ކޯޗުކަމުން ވަކިކުރި ޕޮޓާ ރާއްޖެ އައީ މީގެ ދެ ދުވަސްކުރިންނެވެ. ނަމަވެސް އޭނާ ހުރީ ކޮން ރިސޯޓެއްގައި ކަމެއް ނުބުނެ އެވެ. އެކަމަކު ރާއްޖޭގައި ހުރުމަށް އޭނާ 20000 ޕައުންޑް ހޭދަކުރާނެ ކަމަށްވެ އެވެ. ޗެލްސީގެ ކޯޗުކަމުން ވަކިކުރުމުން ކޮންޓްރެކްޓް ބާކީބަޔަށް އޭނާ އަށް ބަދަލެއްގެ ގޮތުން 13 މިލިއަން ޕައުންޑް ދޭންޖެހުނެވެ.

އިނގިރޭސި ނޫސްތަކުން ބުނާގޮތުގައި ޕޮޓާ ރާއްޖެ އައީ ޑުބާއީ މަގުންނެވެ. އޭނާ ޑުބާއީގައި ޓްރާންސިޓްކުރި ވަގުތު ޗެލްސީ އާއި ލިވަޕޫލް އިނގިރޭސި ޕްރެމިއާ ލީގުގައި ކުޅެ 0-0އިން އެއްވަރުވި މެޗުގެ ސްކޯ ޗެކްކޮށްފައިވާ ކަމަށް ވެސް ނޫސްތަކުން ބުނެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ޗެލްސީގެ ކޯޗުކަން ހަވާލުކުރި ޕޮޓާ މަގާމުން ވަކިކުރީ ނަތީޖާތައް މާބޮޑަށް ގޯސްވުމުންނެވެ. އޭނާ އަށް ޗެލްސީގެ ބޯޑުން އެތައް ފުރުސަތެއްދިން ނަމަވެސް ނަތީޖާތައް އެއް ފެންވަރެއްގައި ނުހިފެހެއްޓި ޗެލްސީ މިވަގުތު އޮތީ އަންނަ ސީޒަންގައި ޔޫރަޕުގެ މުބާރާތްތަކުން ފުރުސަތު ނުލިބޭ ހިސާބުގަ އެވެ.

އޭނާއަށް ފަހު މި ސީޒަން ނިމެންދެން ޗެލްސީގެ ކޯޗުކަން ދީފައިވަނީ އެކުލަބަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އަދި ކުރީގެ ކޯޗު ފްރޭންކް ލަމްޕާޑަށެވެ.

ޗެލްސީގްރަހަމް ޕޮޓާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު