Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ- ޑަބްލިއުއެޗްއޯ

ޑަބްލިއުއެޗްއޯ އާއި އޮތް ގުޅުމުގެ ސަބަބުން ދިގުރާސްތާގައި ދުޅަހެޔޮ ސިއްހީ ނިޒާމަކަށް ފަހިވޭ: ޝާހިދު

ޑަބްލިއުއެޗްއޯ އަކީ ރާއްޖޭގައި އޮފީހެއް ހުޅުވި ޔޫއެންގެ ފުރަތަމަ އެޖެންސީއެވެ. އެއީ ފެބްރުއަރީ 1965ގަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 7 އެޕްރީލު 2023 | ހުކުރު 13:15
                              Foreign Minister Abdulla Shahid

Foreign Minister Abdulla Shahid

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އާއި ރާއްޖެ އާއި ދެމެދު އޮތް ގުޅުމުގެ ސަބަބުން ރާއްޖޭގެ ސިއްޙީ ދާއިރާ އާއި މެދު ދުރު ރާސްތާ އަށް ވިސްނާފައި އަޅާ ރަނގަޅު ފިޔަވަޅުތައް އަޅަން މަގުފަހިވާ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ ޑަބްލިއުއެޗްއޯގެ 75 ވަނަ އަހަރީ ދުވަހާއި ގުޅިގެން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑުރޮސް އަދަނޮމް ގެބްރިޔޭސުސް އަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ. މިނިސްޓަރ ވަނީ އެ ދުވަހުގެ ތަހުނިޔާ ދިވެހިންގެ ނަމުގައި ޑިރެކްޓަރ ޖެނެރަލް އަށް އަރުވާފައެވެ. އަދި ފާއިތުވި ހަތްދިހަ ވަރަކަށް އަހަރު ހޯދާފައިވާ ކުރިއެރުމާއި ކާމިޔާބުތަކަށް ބަލާލަން މިއީ ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއީ މުޅި ދުނިޔޭގައި ސިއްހީ ދާއިރާ އަށް ދިމާވެފައިވާ ކަންކަމަށް އެޑްރެސްކުރަން ނުވަތަ އެކަންކަމާއި ދެކޮޅަށް މަސައްކަތް ކުރަން އިންވެސްޓްކުރުން އިތުރުކުރުމަށް ލިބޭ ފުރުސަތެއް ކަަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ރަނގަޅު ސިއްހީ ފަރުވާ އަކީ އެންމެންނަށް އަތްފޯރާ ފަށުގައި ލިބެން ހުންނަ އެއްޗަށް ހެދުމަށް ކުރާ މަސައްކަތް ވަޒަން ކޮށްލަން ވެސް މިއީ ރަނގަޅު ފުރުސަތެއް ކަމަށް މިނިސްޓަރގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ޝާހިދު އިތުރަށް ވިދާޅުވީ ކޮވިޑް-19އިގެ ހާލަތުން އަރައިގަތުމަށް ވެސް ޑަބްލިއުއެޗްއޯ އިން އަދާކުރި ވަރަށް މުހިންމު ދައުރެއް ކަަމަށެވެ. ޑަބްލިއުއެޗްއޯ އަކީ ރާއްޖޭގައި އޮފީހެއް ހުޅުވި ޔޫއެންގެ ފުރަތަމަ އެޖެންސީއެވެ. އެއީ ފެބްރުއަރީ 1965ގައެވެ.

ޢަބްދުﷲ ޝާހިދުޑަބްލިޔުއެޗްއޯ

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2025

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް
15 އޮކްޓޯބަރު 2025

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025
އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި
04 އޮކްޓޯބަރު 2025

ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025

ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު
03 އޮކްޓޯބަރު 2025

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު