Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ދަނޑުވެރިންނަށް ސަރުކާރުގެ ސިޔާސަތު

"ަސަބްސިޑީ" އަށް ވުރެ ފޮނި އެތައް ކަމެއް ދަނޑުވެރިންނަށް

ރާއްޖޭގެ 9 ރަށެއްގައި ޑިސްޓްރިބިއުޝަން ސެންޓަރާއި އެކު ސޯލާރ ޕަވަރޑް ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ޤާއިމްކޮށްފަވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 7 އެޕްރީލު 2023 | ހުކުރު 12:48
ދަނޑުބިން

ދަނޑުބިން

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރާއްޖޭގެ ދަނޑުވެރިންނަށް ޚާއްސަކޮށްގެން ސަބްސިޑީ ދޫކުރިއެވެ. އެ ސަބްސިޑީ އަލުން އަނބުރާ އިޢާދަކޮށް ދަނޑުވެރި މީހާއަށް ދިނުމަށް ގޮވާލާ ގަރާރެއް މަޖިލީހަށް ވެސް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އޭރު ސަބްސިޑީގެ ބޭނުން ހެޔޮ ގޮތުގައި ނުހިފި ބާރުގަދަ ކެމިކަލްތައް ބޭނުންކުރުމުގެ ސަބަބުން ސިއްހީ މައްސަލަތައް ދިމާވުން ފަދަ ކަންކަން ފެންމަތިވެފައި އެބަ ހުއްޓެވެ. ސަބްސިޑީގެ ނަމުގައި މި ސަރުކާރުން ދަނޑުވެރިންނަށް އެހީ ފޯރުކޮށް ނުދިން ނަމަވެސް މާލީ ގޮތުންނާއި ވިޔަފާރީގެ ގޮތުން ބެލި ނަމަވެސް ދަނޑުވެރިންނަށް ނަފާ ލިބޭނެ އެތައް ކަމެއް މި ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ.

ކޮންމެ ދާއިރާއެއް ވެސް ފުޅާވެ ފުރިހަމަވެގެން އަންނަނީ އިންވެސްޓަރުން ދޭ ހެޔޮ ފާލުގެ މައްޗަށެވެ. އެހެންކަމަށް ވާއިރު ދަނޑުވެރިކަން ކުރުމަށް ބޭނުންވާނެ ފައިސާ ފަސޭހަކަމާއެކު ލިބޭނެ މަގުފަހިކުރުމަށްޓަކައި "ދަނޑުވެރި ނަފާ" ގެ ނަމުގައި ދަނޑުވެރިކަމުގެ ސިނާއަތށް މި ސަރުކާރުން ހުޅުވާލި ޕްރޮގްރާމަކީ ދަނޑުވެެރިންނަށް އެތައް ފައިދާ އެއް ލިއްބައިދިން މުހިންމު ޕްރޮގްރާމެކެވެ. އެ ލޯން ޕްރޮޤްރާމް އިކޮނޮމިކް މިނިސްޓްރީ އާއި އެސް.ޑީ.އެފް.ސީ ގުޅިގެން 18 މާރިޗް 2019 ވަނަ ދުވަހު ފެށި ޕްރޮގްރާމެކެވެ.

ދަނޑުވެރިކަމުގެ މަސައްކަތުގައި ޝާމިލްވާ އަންހެނުންނަށް 30% ޚާއްސަކޮށްފައިވާ އެ ލޯން ޕްރޮގްރާމަކީ އަންހެން ދަނޑުވެރިންނަށް ލިބުނު އުފާވެރި ޚަބަރެކެވެ. އަދި އެ ލޯނު ޕްރޮޤްރާމްގެ ދަށުން ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިން ފަދަ އަރބަން އެގްރިކަލްޗަރ، ޕްރޮޓެކްޓަޑް އެގްރިކަލްޗަރ،ޓެރެސް ނުވަތަ ވަރޓިކަލް އެގްރިކަލްޗަރ ކުރުމަށާއި، ޕޯލްޓްރީ އަދި ކުދި ޖަނަވާރު ގެންގުޅުން، ވެލިއެޑިޝަން އަދި އެގްރޮފޮރަސްޓްރީ ނުވަތަ ގަހުގެ ނާސަރީ ފަދަ ދަނޑުވެރިކަމުގެ ސިނާޢަތުގެ ކަންކަމަށް ލޯނު ދޫކޮށްފައިވެއެވެ. އެގޮތުން މިހާތަނަށް އައި އިރު ހަ މިލިއަން އަށް ލައްކަ އަށްޑިހަ ހަތް ހާސް ހަތްސަތޭކަ ނަވާވީސް ރުފިޔާ (6,887,729) ގެ ލޯނު މި ދާއިރާތަކަށް ދޫކޮށްފައިވެއެވެ. ލޯނު ދިނުމުގެ މަރުހަލާގެ ތެރެއިން ލޯނަށް އެދުމުގައި ދަނޑުވެރިންނަށް ދިމާވި ދަތިތައް ދެނެގަނެ، އެމައްސަލަތަކަށް ޙައްލު ހޯދާ ދިނުމަކީ ދަނޑުވެރިންނަށް ލިބުނު އިތުރު ލުއިފަސޭހައެކެވެ.

ހަމައެހެންމެ ކޮމިއުނިޓީ ފާމިންގ ޕްރޮގްރާމުގެ (އެގްރޯނެޓް)ގެ ދަށުން ސަރުކާރުން ކުރާ މަސައްކަތްތަކަކީ ވެސް ދަނޑުވެރިކަމުގެ އިގްތިސާދު ރުކުރުވާލަން އެޅި މުހިންމު ފިޔަވަޅެކެވެ. މި ޕްރޮގްރާމްގެ ދަށުން ކޮންޓްރެކްޓް ކުރެވޭ ދަނޑުވެރިން މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ތަކެތި (ގަސްކާނާ، ބޭސް، މުޑުވައް، އާލާތްތައް އަދި އެހެނިހެން) ހިލޭ ފޯރުކޮށްދެވޭނެ އިންތިޒާމް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. ދަނޑުވެރިން އުފައްދާ ތަކެތި އެގްރޯނެޓްގެ ފަރާތުން ގަންނަމުންދިއުމަކީ ވިޔަފާރިވެރިންނަށް އޮތް ހެޔޮ ފާލެކެވެ. 5 ރަށެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖައްސާ 2023ގެ ތެރޭގައި ކައުންސިލްތަކާއި އެކު އެގްރީމަންޓް ހަދާ، ދަނޑުތައްޔާރުކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ޕްލޭންކޮށްފައެވެ. އަދި މި ދަނޑުތަކުގައި މަސައްކަތް ކުރުމަށް ދަނޑުވެރިންނަށް ހުޅުވާލާ އަދި ދަނޑުވެރިނާއި އެކު ކޮންޓްރެކްޓް ހެދުމަށް ވެސް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ދަނޑުވެރިކަން ކުރުމަށް ރާއްޖެއަށް އިމްޕޯޓް ކުރަމުން ގެންދާ ސާމާނުން ޑިއުޓީ ކަނޑާލުމަކީ ދަނޑުވެރިންނަށް ލިބުނު އުފާވެރި ޚަބަރެކެވެ. 191 އައިޓަމަކުން ވަނީ ޑިއުޓީ ކަނޑާލާފައިވެއެވެ. އެގޮތުން މުދާ އެކްސްޕޯޓް ކުރުމާއި، އިމްޕޯޓް ކުރުމާއި، ރީއެކްސްޕޯޓް ކުރުމުގެ ގަވައިދުގެ ދަށުން ދަނޑުވެރިކަންކުރާ ފަރާތްތަކުން ޑިއުޓީގެ ޢިނާޔަތް ލިބިގަތުމަށް، އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީވާ ގޮތަށް ހަމަޖެއްސުމަކީ ސަރުކާރުން ކަނޑައެޅި މުހިންމު އިންތިޒާމެކެވެ.

އެގޮތުގެ މަތީން 14 އެޕްރީލް 2019 ވަނަ ދުވަހު ވަނީ ޑިއުޓީގެ ޢިނާޔަތަށް އެދި، ދަނޑުވެރިކަމުގެ ބޭނުމަށް ތަކެތި އެތެރެކުރާ ފަރާތްތައް މިނިސްޓްރީގައި ރަޖިސްޓްރީވުމަށް ހުޅުވާލާފައެވެ. ޑިއުޓީގެ ޢިނާޔަތަށް އެދި، ދަނޑުވެރިކަމުގެ ބޭނުމަށް ތަކެތި އެތެރެކުރާ ފަރާތެއްގެ ގޮތުގައި 2022 ވަނަ އަހަރު މުޅިން އަލަށް 12 ފަރާތަކުން ރެޖިސްޓްރީކޮށްފައިވެއެވެ. އަދި މިހާތަނަށް މުޅި ޖުމްލަ 64 ފަރާތަކުން އެ މިނިސްޓްރީގައި ރަޖިސްޓްރީވެފައިވެއެވެ.

އަދި ދަނޑުވެރި އުފެއްދުންތައް މާކެޓް ކުރުމަށް ސަރުކާރުން އުފައްދާފައިވާ އެގްރޯ ނެޝަނަލް ކޯޕަރޭޝަންއިން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 715 ދަނޑުވެރިންނާއެކު ކޮންޓްރެކްޓް ޤާއިމްކޮށް އެފަރާތްތަކުން އުފައްދާ ބާވަތްތައް ގަނެ މާކެޓްކުރުމުގެ މަސައްކަތް ކެނޑިނޭޅި ދަނީ ކުރަމުންނެވެ. މިއީ ދަނޑުވެރިން ހައްދާ ތަކެތި ތާޒާ ކަމާއި އެކު ވިއްކުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އެގޮތުން ދަނޑުވެރި އުފެއްދުންތަކުގެ ތާޒާކަން ހިފެހެއްޓުމަށް އެކުންފުނީގެ ފަރާތުން މިހާރު ވަނީ ރާއްޖޭގެ 9 ރަށެއްގައި ޑިސްޓްރިބިއުޝަން ސެންޓަރާއި އެކު ސޯލާރ ޕަވަރޑް ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ޤާއިމްކޮށްފައެވެ.

ދަނޑުވެރިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ކަނޑޫދޫ ރައްޔިތުންނަށް ފައިދާ ލިބޭގޮތަށް، އެރަށުން އެސްޓީއޯއަށް މިރުސް ގަންނާނަން: ރައީސް މުއިއްޒު

ކަނޑޫދޫ ރައްޔިތުންނަށް ފައިދާ ލިބޭގޮތަށް، އެރަށުން އެސްޓީއޯއަށް މިރުސް ގަންނާނަން: ރައީސް މުއިއްޒު

25 ސެޕްޓެމްބަރު 2025
ދ އަތޮޅު ކައުންސިލުން 50 މިލިއަން ރުފިޔާއަށް އެއަތޮޅު މިނިމަސްގަލި ކުއްޔަށްދީފި

ދ އަތޮޅު ކައުންސިލުން 50 މިލިއަން ރުފިޔާއަށް އެއަތޮޅު މިނިމަސްގަލި ކުއްޔަށްދީފި

05 ސެޕްޓެމްބަރު 2025
2 އަހަރުގެ ތެރޭގައި މި ސަރުކާރުން ތޮއްޑޫއަށް ކުރި ކަމަކީ ސިއްހީ މަރުކަޒުގެ ނަން ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ވައުދާއި އެއްބަސްވުންތަކެއްގައި ސޮއިކުރުން

2 އަހަރުގެ ތެރޭގައި މި ސަރުކާރުން ތޮއްޑޫއަށް ކުރި ކަމަކީ ސިއްހީ މަރުކަޒުގެ ނަން ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ ވައުދާއި އެއްބަސްވުންތަކެއްގައި ސޮއިކުރުން

20 އޯގަސްޓު 2025
ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި

ބުޅާތަކަށް ގޯނާ ނުކުރަން އެގްރިކަލްޗާ މިނިސްޓްރީން އަންގައިފި

25 ޑިސެމްބަރު 2024
ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖައްސަން، ޔުނިވަރސިޓީ ޕްރޮފެސަރު ދަނޑުވެރިކަމަށް!

ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖައްސަން، ޔުނިވަރސިޓީ ޕްރޮފެސަރު ދަނޑުވެރިކަމަށް!

27 އެޕްރީލު 2024

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު