Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުނި ބިލް

މީޓަރުގެ މައުލޫމާތު މި މަހުގެ 13ގެ ކުރިން ދިނުމަށް އެދިއްޖެ

ފޯމް ހުށަނާޅާ ފަރާތްތަކަށް މޭ 2023ން ފެށިގެން ހިދުމަތް ދިނުން މެދުކެނޑޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 އެޕްރީލު 2023 | ބުރާސްފަތި 11:58
ސްޓެލްކޯއިން މީޓަރުތަކުގެ މައުލޫމާތު ނަގަނީ - މި މަހުން ފެށިގެން ކުނި ބިލް ހިމަނާފައިވާނީ ކަރަންޓް ބިލާއެކު

ސްޓެލްކޯއިން މީޓަރުތަކުގެ މައުލޫމާތު ނަގަނީ - މި މަހުން ފެށިގެން ކުނި ބިލް ހިމަނާފައިވާނީ ކަރަންޓް ބިލާއެކު

ވެމްކޯގެ ކުނިނެގުމުގެ ހިދުމަތުގެ ފީ ސްޓެލްކޯގެ ބިލުގައި ހިމެނުމަށް، މީޓަރުތަކުގެ މައުލޫމާތު މިމަހުގެ 13 ވަނަ ދުވަހުގެ ކުރިން ދިނުމަށް އެދިއްޖެއެވެ.

ވެމްކޯއިން ބުނެފައިވަނީ އެ ކުންފުނިން ހިދުމަތް ފޯރުކޮށްދޭ ވިޔަފާރި ކުންފުނިތަކާއި އެކިއެކި މުއައްސަސާތަކުން ހިދުމަތަށް ނަގާ ފީ، 1 އެޕްރީލް 2023ން ފެށިގެން ސްޓެލްކޯގެ ކަރަންޓް މީޓަރުގެތަކުގެ ބިލުގައި ހިމަނައިގެން ފީ ނެގުމަށް ނިންމާފައިވާކަމަށެވެ.

އަދި މިކަމާ ގުޅިގެން ދީފައިވާ މުއްދަތު ވަނީ މި މަހުގެ 13 ވަނަ ދުވަހަށް އިތުރުކޮށްފައެވެ. ކުރިން އެ މުއްދަތު ހަމަވަނީ 6 އެޕްރީލް (ބުރާސްފަތި) ދުވަހުއެވެ. ވެމްކޯއިން ވަނީ، ސްޓެލްކޯގެ ކަރަންޓް މީޓަރުތަކުގެ ބިލުގައި ހިމަނައިގެން ފީ ނެގުމަށް ނިންމާފައިވާތީ، އާންމު ގޭބީސީ ކަރަންޓް މީޓަރުތަކުގެ ތެރެގައި ލިފްޓް ނުވަތަ މެއިންޓަނަންސް މީޓަރެއްވާނަމަ އެފަރާތްތަކުން "ޔޫޓިލިޓީ މީޓަރ އެކްސްކްލޫޝަން ފޯމް" ފުރިހަމަކޮށް، އެ ކޯޕަރޭޝަނަށް ހުށަހެޅުމަށް އެދިފައެވެ.

މީގެ އިތުރުން ކޮމަރޝަލް ރެޒިޑެންޝަލް ކޮމްޕްލެކްސްތައް ބަލާ ފަރާތްތަކުން "ޕްރައިމަރީ މީޓަރ އައިޑެންޓިފިކޭޝަން އެންޑް ގްރޫޕިންގ ފޯމް" ފުރިހަމަކޮށް ހުށަހެޅުމަށް ވަނީ އެދިފައެވެ. އަދި ވެމްކޯގެ ހިދުމަތް ހޯދާ އެކިއެކި މުއައްސަސާތަކާއި ވިޔަފާރިތަކާއި ހިއްސާކޮށްފައިވާ "އިންފޮމޭޝަން އަޕްޑޭޓް ފޯމް" ފުރިހަމަ ކުރުމަށްފަހު 13 އެޕްރީލްގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފައެވެ.

ވެމްކޯއިން ބުނީ މި މުއްދަތުގައި ފޯމް ހުށަނާޅާ ފަރާތްތަކަށް، މޭ 2023ން ފެށިގެން ހިދުމަތް ދިނުން މެދުކެނޑޭނެ ކަމަށެވެ. ވެމްކޯއިން ބުނީ މި ފޯމް އެ ކޯޕަރޭޝަންގެ އީމެއިލަށް ހުށަހެޅޭނެކަމަށެވެ.

ސްޓެލްކޯވެމްކޯކުނި މެނޭޖްކުރުންކުނި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

11 ޑިސެމްބަރު 2025
ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ
07 ޑިސެމްބަރު 2025

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ
03 ޑިސެމްބަރު 2025

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟
15 ނޮވެމްބަރު 2025

ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި

15 ނޮވެމްބަރު 2025
ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި
07 ނޮވެމްބަރު 2025

"ސޮނެވާ ނަމޫނާ" އާއި "ކަމަދޫ އިން" އެކުގައި، ޓަކަކޫރާ މެތަޑް އާއި އެކު ގެސްޓް ހައުސް އިން އުފެދޭ ކާބޯތަކެތީގެ ކުނި މެނޭޖްކުރުން ބަދަލުކޮށްލަނީ!

07 ނޮވެމްބަރު 2025
"ސޮނެވާ ނަމޫނާ" އާއި "ކަމަދޫ އިން" އެކުގައި، ޓަކަކޫރާ މެތަޑް އާއި އެކު ގެސްޓް ހައުސް އިން އުފެދޭ ކާބޯތަކެތީގެ ކުނި މެނޭޖްކުރުން ބަދަލުކޮށްލަނީ!
30 އޮކްޓޯބަރު 2025

ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް

30 އޮކްޓޯބަރު 2025
ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް
26 އޮކްޓޯބަރު 2025

ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

26 އޮކްޓޯބަރު 2025
ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް
02 އޮކްޓޯބަރު 2025

ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!

02 އޮކްޓޯބަރު 2025
ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!
28 ސެޕްޓެމްބަރު 2025

ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު

28 ސެޕްޓެމްބަރު 2025
ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު
23 ސެޕްޓެމްބަރު 2025

ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި

23 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު