Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަމު ނަމާދުކުރުން

މާލެ ސަރަހައްދުގެ 32 މިސްކިތެއްގައި ދަމުނަމާދު ކުރާނެ: އިސްލާމިކް މިނިސްޓްރީ

ދަމު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ 18 މިސްކިތާއި، ހުޅުމާލޭގެ 11 މިސްކިތެއް އަދި ވިލިމާލޭގެ 03 މިސްކިތެއްގައި

އަމްނާ އިމާދު
އަމްނާ އިމާދު | 6 އެޕްރީލު 2023 | ބުރާސްފަތި 08:49
އިސްލާމީ މަރުކަޒުގައި ނަމާދުކުރުމަށް ޖަމާއަތް ހަދައިގެން

އިސްލާމީ މަރުކަޒުގައި ނަމާދުކުރުމަށް ޖަމާއަތް ހަދައިގެން

މި ރަމަޟާން މަހުގެ ފަހު ދިހައިގައި ދަމުނަމާދު ކުރުމާއި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް ކަނޑައަޅައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ 1444 ވަނަ އަހަރުގެ ރަމްޟާންމަހުގެ ފަހުދިހައިގައި މާލެ ސަރަހައްދުގެ 32 މިސްކިތެއްގައި ދަމު ނަމާދު ކުރާނެ ކަމަށެވެ. ދަމު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ 18 މިސްކިތާއި، ހުޅުމާލޭގެ 11 މިސްކިތެއްގެ އިތުރުން، ވިލިމާލޭގެ 03 މިސްކިތެއްގައި ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ މާލޭގެ 7 މިސްކިތަކާއި ހުޅުމާލޭގެ 6 މިސްކިތެއްގެ އިތުރުން، ވިލިމާލޭގެ މިސްކިތެއްގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ދަމުނަމާދަކީ، އިޝާނަމާދަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކުނަމަވެސް ނިދާލުމަށްފަހު ތެދުވެ، ފަތިސްވަގުތުގެ ކުރިން ދެރަކުޢަތުން، ދެރަކުޢަތުން ސަލާމްދެމުން ކުރާ ނަމާދެކެވެ. މިއީ ގަދަވެގެންވާ ސުންނަތް ނަމާދެކެވެ. މި ނަމާދަކީ ހަމައެކަނި ރަމަޟާންމަހު ނުވަތަ ރަމަޟާން މަހުގެ ފަހުދިހައިގައި ކުރާ ނަމާދެއް ނޫނެވެ.

ރަމަޟާން މަހަކީ މަތިވެރި މައްސަރަކަށްވެފައި، ރަމަޟާން މަހުގެ އަޅުކަމުގެ ސަވާބާއި ދަރުމަ އިތުރުކަމާއެކު ރަމަޟާންމަހު ދަމުނަމާދުކުރުމަށް މުސްލިމުން ދޭ ސަމާލުކަން އިތުރުކުރެއެވެ. އަދި ރަމަޟާން މަހުގެ ފަހުދިހައަކީ، މިމަހުގެ އެހެން ދުވަސްތަކަށްވުރެ ހެޔޮކަން ބޮޑު، ހަމަ އެހެންމެ އެ ރެއެއްގައި ކުރެވޭ އަޅުކަން އެތައްހާސް ގުނައެއް އިތުރުވެގެންދާ ލައިލަތުލްޤަދުރި ވިލޭރޭ ހިމެނެނީ ރަމަޟާންމަހުގެ ފަހުދިހައިގައި ކަމުގައި ވުމަކީވެސް ރަމަޟާން މަހުގެ ފަހުދިހައިގައި ދަމުނަމާދުކުރުމަށް އިސްކަންދޭ ކަމެކެވެ. ކޮންމެ ރަމަޟާން މަހެއްގައި މާލޭގެ އިތުރަށް ރާއްޖޭގެ އެކި ރަށްރަށުގައި ބޮޑު ޖަމާއަތް ހަދައިގެން ދަމުނަމާދުކޮށް އުޅެއެވެ. އާންމުގޮތެއްގައި މިސްކިތްތަކުގައި ދަމުނަމާދުކުރަން ފަށަނީ މެންދަމު 2:00ން ފެށިގެންނެވެ.

ކޮންމެ ރޯދަމަހެއްގެ ވެސް ފަހު ދިހައިގައި ރަސޫލުﷲ صلى الله عليه و سلم އިޢްތިކާފުކުރައްވާ ކަމަށް ޘާބިތުވެފައިވެއެވެ. ހަމައެހެންމެ، އެކަލޭގެފާނުގެ އެންމެ ފަހު ރޯދަމަހުގައި ވިހި ދުވަހު އިޢްތިކާފުކުރެއްވިކަމަށްވެއެވެ. އިޢްތިކާފުކުރާ މީހާގެ މައްޗަށް ވަނީ ގިނަ ގިނައިން ޤުރުއާން ތިލާވަތުކުރުމާއި، މާތް ﷲ މަތިން ހަނދުމަކުރުމާއި، ޛިކުރުކުރުމާއި، ދުޢާކުރުންފަ ދަ އަޅުކަންތަކުގައި މަޝްޢޫލުވެ ހުރުމެވެ. އެހެނީ، އިޢްތިކާފު ކުރުމުގެ މަޤްޞަދަކީ ވެސް، ދުނިޔޭގެ ހަލަބޮލިކަމުން އެކަހެރިވެ މާތް ﷲ ގެ ރުހުން ލިބޭފަދަ އަޅުކަންތައް ކުރުމަށް މިސްކިތުގައި ހުސްވެގަތުމެވެ.

ދަމު ނަމާދުކުރުން އިސްލާމިކް މިނިސްޓްރީ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި
25 ނޮވެމްބަރު 2025

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި
10 ނޮވެމްބަރު 2025

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި
30 އޮކްޓޯބަރު 2025

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ
30 އޮކްޓޯބަރު 2025

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ
23 އޮކްޓޯބަރު 2025

ބ. ތުޅާދޫ މަސްޖިދުއްރަޙްމާން އާއި ބެހޭ ގޮތުން ޝަހީމް ހެއްދެވީ ހުސް ދޮގު: ކައުންސިލް

23 އޮކްޓޯބަރު 2025
ބ. ތުޅާދޫ މަސްޖިދުއްރަޙްމާން އާއި ބެހޭ ގޮތުން ޝަހީމް ހެއްދެވީ ހުސް ދޮގު: ކައުންސިލް
23 އޮކްޓޯބަރު 2025

ހުރިހާ މަޝްރޫއުތަކެއް ހަވާލުކޮށްފައި ވަނީ ޕްރޮސަސްގެ ތެރެއިން އެންމެ ގާބިލް ކުންފުނިތަކާ: ކުރީގެ އިސްލާމިކް މިނިސްޓަރު

23 އޮކްޓޯބަރު 2025
ހުރިހާ މަޝްރޫއުތަކެއް ހަވާލުކޮށްފައި ވަނީ ޕްރޮސަސްގެ ތެރެއިން އެންމެ ގާބިލް ކުންފުނިތަކާ: ކުރީގެ އިސްލާމިކް މިނިސްޓަރު
23 އޮކްޓޯބަރު 2025

ދަރުވާލާފައި ކިޔައިގެން މިނިސްޓަރު ޝަހީމް ބޭނުންކުރާ އިބާރާތަކީ ވަރަށް ނުބައި އިބާރާތެއް: ކުރީގެ މިނިސްޓަރު

23 އޮކްޓޯބަރު 2025
ދަރުވާލާފައި ކިޔައިގެން މިނިސްޓަރު ޝަހީމް ބޭނުންކުރާ އިބާރާތަކީ ވަރަށް ނުބައި އިބާރާތެއް: ކުރީގެ މިނިސްޓަރު
23 އޮކްޓޯބަރު 2025

ޑރ ޒާހިރު ޝަހީމު އަށް: ޚުތުބާ އާ ބެހޭ ގޮތުން ތިޔަ ހެއްދެވީ ދޮގު، އެއްވެސް ޚުތުބާ އެއް ނުފޮރުވާ، ނުކިޔާކަށް ވެސް ނާންގާ

23 އޮކްޓޯބަރު 2025
ޑރ ޒާހިރު ޝަހީމު އަށް: ޚުތުބާ އާ ބެހޭ ގޮތުން ތިޔަ ހެއްދެވީ ދޮގު، އެއްވެސް ޚުތުބާ އެއް ނުފޮރުވާ، ނުކިޔާކަށް ވެސް ނާންގާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު