Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގޮނޑުދޮށް ޙިމާޔަތްކުރުން

އެންވަޔަރމަންޓް މިނިސްޓްރީއާ ޖައިކާއާ ގުޅިގެން ހިންގާ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރުޢޫގެ އެއްބަސްވުމުގައި ސޮއިކޮށްފި

6 އެޕްރީލު 2023 | ބުރާސްފަތި 07:07

ބައެއް ރަށްރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް ކުރުމަށް ހަމަޖެހިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 އެޕްރީލު 2023 | ބުރާސްފަތި 07:07
ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރުޢޫގެ އެއްބަސްވުމުގައި ސޮއިކުރުން

ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރުޢޫގެ އެއްބަސްވުމުގައި ސޮއިކުރުން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޯޖީއާ ޖަޕާން އިންޓަރނޭޝަނަލް ކޯރޕަރޭޝަން އެޖެންސީ (ޖައިކާ) އާ ގުޅިގެން ހިންގާ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރުޢޫގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ.

Advertisement - newsAdvertisement

މިއީ ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށް ޙިމާޔާތް ކުރުމުގެ ނިޒާމު ހަރުދަނާކޮށް  މޫސުމީ ކާރިސާތަކުގެ އިންޒާރާއި މަޢުލޫމާތު ފޯރުކޮށްދޭ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށާއި، ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު އޮބްޒާވް ކުރުމުގެ ޤާބިލުކަށް އިތުރުކުރުމުގެ ގޮތުން، އަދި ރަށްރަށުގެ ގޮނޑުދޮށްތަކާއި، ފަރުތަކާއި، ލޭންޑްޔޫޒް މޮނިޓާރ ކުރާނެ ނިޒާމެއް ޤާއިމްކުރުމަށް އަމާޒު ކުރެވިގެން ހިންގޭ، " ބިލްޑިންގ ކުލައިމެޓް ރެސިލިއަންޓް އެންޑް ސޭފަރ އައިލެންޑްސް އިން ދި މޯލްޑިވްސް" އެއްބަސް ވުމެވެ.

ދިވެހި ސަރުކާރާއި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އާއި ގުޅިގެން، ގްރީން ކުލައިމެޓް ފަންޑުގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކުރެވުނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. 

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކުލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޯޖީ އަލްފާޟިލާ އާމިނަތު ޝައުނާއެވެ. އަދި ޖައިކާގެ ފަރާތުން، ޖައިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވްއެވެ.

މި މަޝްރޫޢުގެ ދަށުން ރަށްރަށުގެ ގޮނޑުދޮށުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ޤުދްރަތީ ވަސީލަތްތައް ހިމާޔަތްކޮށްގެން ކުރިއަށް ގެންދިއުމަށް އިންޓަރގްރޭޓަޑް ކޯސްޓަލް ޒޯން މެނޭޖްމަންޓް (އައި.ސީ.ޒެޑް.އެމް.) ހަރުދަނާކުރުމަށް، ރަށްރަށުގެ ގޮނޑުދޮށާއި ފަރުތަކުގެ ޙާލަތު މިހާރު ހުރިގޮތުގެ އިންވެންޓްރީ ސްޓަޑީއަކާއި، ރިސްކް އެސެސްމަންޓެއް ތައްޔާރުކޮށް އައި.ސީ.ޒެޑް.އެމް. ޕްލޭންތައް ތައްޔާރުކުކުރުމަށް ރޭވިފައިވާކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ބައެއް ރަށްރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ގޮތުން ލ. މާމެންދޫ، ފޮނަދޫ، ގަން، އިސްދޫ އަދި އައްޑޫ ސިޓީ މީދޫގެ ކަނޑައެޅޭ ސަރަހައްދުތަކެއްގައި ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ ވަސީލަތްތައް ތަރައްޤީ ކުރެވިގެންދާނެކަން މިނިސްޓްރީން ފާހަގަ ކުރެއެވެ.

މި މަޝްރޫޢަށް ގްރީން ކުލައިމެޓް ފަންޑުން 25.1 މިލިއަން އެމެރިކާ ޑޮލަރު، ޖައިކާގެ ފަރާތުން 35.4 އެމެރިކާ ޑޮލަރު އަދި ދިވެހި ސަރުކާރުގެ ފަރާތުން 5.5 މިލިއަން ޔޫ.އެސް. ޑޮލަރަށް ވާ ދިވެހި ފައިސާއާއި ވަސީލަތްތައް، މި މަޝްރޫޢު ހިންގުމަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާ އެއްގޮތްވާގޮތުން މަތިން، މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖޭގެ ރަށްތައް ރައްކާތެރިކުރުމަށް، އަދި ވަކިން ޚާއްސަކޮށް މީހުން ދިރިއުޅޭ ރަށްރަށުގެ ގޮނޑުދޮށްތައް ޙިމާޔަތްކުރުމަށް އަމާޒުކޮށްގެން ހިންގޭ މަޝްރޫޢެކެވެ. މިމަޝްރޫޢަކީ 6 އަހަރު ދުވަހުގެ މުއްދަތަކަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

އެންވަޔަރަމަންޓް މިނިސްޓްރީ

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

3

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!
17 އޮކްޓޯބަރު 2025

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި
07 ސެޕްޓެމްބަރު 2025

ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

07 ސެޕްޓެމްބަރު 2025
ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި
20 އޯގަސްޓު 2025

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން
16 ފެބުރުއަރީ 2025

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

16 ފެބުރުއަރީ 2025
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
12 ޑިސެމްބަރު 2024

އެންވަރަންމަންޓް މިނިސްޓްރީ ހިންގާ ގްރީން ބިލްޑިންގައި ވެސް ރޯވެ އަނދަނީ

12 ޑިސެމްބަރު 2024
އެންވަރަންމަންޓް މިނިސްޓްރީ ހިންގާ ގްރީން ބިލްޑިންގައި ވެސް ރޯވެ އަނދަނީ
19 ސެޕްޓެމްބަރު 2024

ދިވެހިރާއްޖޭގެ ހަކަތައިގެ ސިޔާސަތުތަކާއި އިސްތިރާޖީތައް އިފްތިތާޙުކޮށްފި

19 ސެޕްޓެމްބަރު 2024
ދިވެހިރާއްޖޭގެ ހަކަތައިގެ ސިޔާސަތުތަކާއި އިސްތިރާޖީތައް އިފްތިތާޙުކޮށްފި
19 ސެޕްޓެމްބަރު 2024

ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ސޯލާ ބަދަލުކުރަން ބޮޑު ހަރަދެއް، އެކަންކުރެވޭނެ ތާރީހެއްވެސް ނޭނގޭ

19 ސެޕްޓެމްބަރު 2024
ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ސޯލާ ބަދަލުކުރަން ބޮޑު ހަރަދެއް، އެކަންކުރެވޭނެ ތާރީހެއްވެސް ނޭނގޭ
03 ޖުލައި 2024

ސިޔާސީ މަޤާމުތައް މަދެއް ނުވި، އެންވަޔަރމަންޓް މިނިސްޓްރީއަށް އަނެއްކާވެސް އައު ޑެޕިއުޓީ މިނިސްޓަރެއް އައްޔަނުކޮށްފި

03 ޖުލައި 2024
ސިޔާސީ މަޤާމުތައް މަދެއް ނުވި، އެންވަޔަރމަންޓް މިނިސްޓްރީއަށް އަނެއްކާވެސް އައު ޑެޕިއުޓީ މިނިސްޓަރެއް އައްޔަނުކޮށްފި
08 އެޕްރީލު 2024

ރަސްމާލެ ހިއްކުމަށް، ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން ވެލި ނެގޭގޮތަށް ގަވާއިދު އިސްލާހުކޮށްފި

08 އެޕްރީލު 2024
ރަސްމާލެ ހިއްކުމަށް، ހިމާޔަތްކޮށްފައިވާ ސަރަހައްދަކުން ވެލި ނެގޭގޮތަށް ގަވާއިދު އިސްލާހުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް