Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއަން ކަޕް

އޭޝިއަން ކަޕް އަންނަ އަހަރުގެ ޖަނަވަރީ އަދި ފެބްރުވަރީގައި

ޤަތަރުގައި މުބާރާތް ބާއްވާނީ ޖަނަވަރީ މަހުގެ 12 އިން ފެބްރުވަރީ މަހުގެ 10 ވަނަ ދުވަހަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 އެޕްރީލު 2023 | ބުދަ 22:03
އޭއެފްސީ އޭޝިއަން ކަޕްގެ ޓްރޮފީ

އޭއެފްސީ އޭޝިއަން ކަޕްގެ ޓްރޮފީ

އޭޝިއަން ކަޕް އަންނަ އަހަރުގެ ޖަނަވަރީ އަދި ފެބްރުވަރީ މަހު ޤަތަރުގައި ބާއްވަން ހަމަޖައްސައިފި އެވެ.

އޭޝިއަން ފުޓުބޯޅަ ކޮންފަޑެރޭޝަން (އޭއެފްސީ) އިން ބުދަ ދުވަހު ބުނީ ޤަތަރުގައި މުބާރާތް ބާއްވާނީ ޖަނަވަރީ މަހުގެ 12 އިން ފެބްރުވަރީ މަހުގެ 10 ވަނަ ދުވަހަށް ކަމަށެވެ. މި މުބާރާތް ބޭއްވުމުގެ ފުރުސަތު 2019 ވަނަ އަހަރު ވަނީ ޗައިނާ އަށް ވެސް ދީފަ އެވެ. ނަމަވެސް ކޯވިޑު ބަލިމަޑު ކަމުގެ ސަބަބުން ޗައިނާގައި މުބާރާތް ބޭއްވޭ ގޮތް ވަނީ ނުވެފަ އެވެ. ޤަތަރަށް މުބާރާތް ބޭއްވުމުގެ ފުރުސަތު ލިބުނީ އިންޑޮނޭޝިއާ އަދި ސައުތު ކޮރެއާ އިން ކުރި ބިޑަށްވުރެ، ޤަތަރުގެ ބިޑު ރަނގަޅު ވުމުންނެވެ. މީގެ ކުރިން އެ މުބާރާތް މިއަހަރުގެ މެދު ތެރޭގައި ބާއްވަން ނިންމި ނަމަވެސް، ޤަތަރުގެ ހޫނުގެ ސަބަބުން މުބާރާތްް އަންނަ އަހަރަށް ފަސްކުރީ ޤައުމުތަކުގެ ވެސް އެދުމުގެ މަތީންނެވެ.

މީގެ ކުރިން ދެ އަހަރަކު ވަނީ ޤަތަރުގައި އޭޝިއަން ކަޕް ބާއްވައިފަ އެވެ. އެއީ 1988 ވަނަ އަހަރާއި 2011 ވަނަ އަހަރު އެވެ. މިއީ ޤަތަރުގައި އޭޝިއަން ކަޕް ބާއްވާނެ ތިން ވަނަ ފަހަރެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި އޭޝިއަން ކަޕް ވެސް ކާމިޔާބުކޮށްފައި ވަނީ ޤަތަރުންނެވެ. އޭއެފްސީން ބުނީ މުބާރާތް ކުރިއަށް ގެންދާނީ 8 ސްޓޭޑިއަމެއްގައި ކަމަށާއި، އޭގެ ތެރެއިން ހަ ސްޓޭޑިއަމަކީ ފީފާ ވޯލްޑް ކަޕްގެ މެޗުތައް ކުޅުމަށް ވެސް ބޭނުން ކުރި ސްޓޭޑިއަމްތައް ކަމަށެވެ. ޤަތަރުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުން ޑިސެމްބަރަށް ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕް ވެސް ހޯސްޓުކޮށްފަ އެވެ. ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ދެކޭ ގޮތުގައި ޤަތަރުގައި ބޭއްވުނު ވޯލްޑް ކަޕަކީ މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު މުބާރާތެވެ.

އޭޝިއަން ކަޕް ބާއްވާނީ ޖެނުއަރީ 13 އިން ފެބްރުއަރީ 11 އަށް ކުރިއަށްދާ އެފްރިކާ ކަޕް އޮފް ނޭޝަންސް މުބާރާތާ ވެސް ދިމާކޮށެވެ.

އޭއެފްސީ އޭޝިއަން ކަޕް

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2024

ފަހަތުން އަރައި މޮޅުވެ، އިރާން ސެމީ ފައިނަލަށް

04 ފެބުރުއަރީ 2024
ފަހަތުން އަރައި މޮޅުވެ، އިރާން ސެމީ ފައިނަލަށް
03 ފެބުރުއަރީ 2024

ތަޖަކިސްތާނު ބަަލިކޮށް، ފުރަތަމަ ފަހަރަށް ޖޯޑަން ސެމީ ފައިނަލަށް

03 ފެބުރުއަރީ 2024
ތަޖަކިސްތާނު ބަަލިކޮށް، ފުރަތަމަ ފަހަރަށް ޖޯޑަން ސެމީ ފައިނަލަށް
03 ފެބުރުއަރީ 2024

ފަހަތުން އަރައި އޮސްޓްރޭލިއާ ބަލިކޮށް، ކޮރެއާ ސެމީ ފައިނަލަށް

03 ފެބުރުއަރީ 2024
ފަހަތުން އަރައި އޮސްޓްރޭލިއާ ބަލިކޮށް، ކޮރެއާ ސެމީ ފައިނަލަށް
01 ފެބުރުއަރީ 2024

ޖަޕާނާއި އިރާން ކުއާޓާ ފައިނަލަށް

01 ފެބުރުއަރީ 2024
ޖަޕާނާއި އިރާން ކުއާޓާ ފައިނަލަށް
13 ޖެނުއަރީ 2024

އޭޝިއަން ކަޕް ފަށަން ދައްކާލީ ފަލަސްތީނަށް އޮތް ލޯބި

13 ޖެނުއަރީ 2024
އޭޝިއަން ކަޕް ފަށަން ދައްކާލީ ފަލަސްތީނަށް އޮތް ލޯބި
13 ޖެނުއަރީ 2024

ތިން ލަނޑުން ޤަތަރަށް ފަސޭހަ މޮޅެއް

13 ޖެނުއަރީ 2024
ތިން ލަނޑުން ޤަތަރަށް ފަސޭހަ މޮޅެއް
13 ޖެނުއަރީ 2024

އާނޯލްޑް ބުނަނީ، އޮސްޓްރޭލިއާ އަށް އެންމެ އުހަށް ދެވޭނެ ކަމަށް!

13 ޖެނުއަރީ 2024
އާނޯލްޑް ބުނަނީ، އޮސްޓްރޭލިއާ އަށް އެންމެ އުހަށް ދެވޭނެ ކަމަށް!
11 ޖެނުއަރީ 2024

އިންޑިޔާ މެޗަށް އަންހެން ރެފްރީއެއް

11 ޖެނުއަރީ 2024
އިންޑިޔާ މެޗަށް އަންހެން ރެފްރީއެއް
04 ޖެނުއަރީ 2024

މި ބޯޅައިން ބުނެދެނީ ކޮން ވާހަކައެއް؟

04 ޖެނުއަރީ 2024
މި ބޯޅައިން ބުނެދެނީ ކޮން ވާހަކައެއް؟
03 ޖެނުއަރީ 2024

އެފްރިކާ – އޭޝިޔާ ކަޕް: ސިޓީ ނޫން ހުރިހާ ޓީމަކަށް ބޮޑު ގެއްލުމެއް

03 ޖެނުއަރީ 2024
އެފްރިކާ – އޭޝިޔާ ކަޕް: ސިޓީ ނޫން ހުރިހާ ޓީމަކަށް ބޮޑު ގެއްލުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު