Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއަން ކަޕް

އާނޯލްޑް ބުނަނީ، އޮސްޓްރޭލިއާ އަށް އެންމެ އުހަށް ދެވޭނެ ކަމަށް!

ތަޖުރިބާކާރު ކުޅުންތެރިންގެ އިތުރުން، ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނާއެކު، ޚާއްސަ ރޫޙެއް އެ ޓީމުގައި އޮތް ކަމަށް އޭނާ ބުނި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޖެނުއަރީ 2024 | ހޮނިހިރު 00:58
އޮސްޓްރޭލިއާ ޤައުމީ ފިރިހެން ޓީމުގެ ކޯޗު އާނޯލްޑް

އޮސްޓްރޭލިއާ ޤައުމީ ފިރިހެން ޓީމުގެ ކޯޗު އާނޯލްޑް

އޮސްޓްރޭލިއާގެ ޤައުމީ ފިރިހެން ފުޓުބޯޅަ ޓީމަށް، އެންމެ އުހަށް ދެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ގްރަހަމް އާނޯލްޑް ބުނެފި އެވެ.

އޭނާ މިހެން ބުނީ ޤަތަރުގައި ކުރިއަށްދާ އޭއެފްސީ އޭޝިއަން ކަޕްގެ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އިންޑިއާއާ ދެކޮޅަށް ނިކުތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ، ފުޓުބޯޅައިގައި އޮސްޓްރޭލިއާ އިން ބަލަން އޮތީ އެންމެ ކަމެއް ކަމަށާއި، އެކަން ހާސިލް ކުރުމަށްޓަކައި، ކުރަން ޖެހޭ ބައިވަރު ކަންކަން ހުރި ކަމަށެވެ. އޭނާ ބުނީ އޮސްޓްރޭލިއާ އިން އޭއެފްސީ އޭޝިއަން ކަޕަށް އައި ސަބަބަކާ ހުރެ ކަމަށާއި، އެއީ މުބާރާތް ކާމިޔާބު ކުރުމަށް ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި އެ މުބާރާތް، އޮސްޓްރޭލިއާ އަށް އޭއެފްސީ އޭޝިއަން ކަޕް ކާމިޔާބު ކުރެވޭނެ ކަމަށެވެ. އިތުރަށް އޭނާ ބުނީ އޮސްޓްރޭލިއާ އަށް ފުޓުބޯޅައިގެ އުހަށް ވެސް ދެވޭނެ ކަމަށެވެ.

މިއަހަރުގެ މުބާރާތަށް އޮސްޓްރޭލިއާ ކުރިމަތިލާއިރު، އާނޯލްޑް ބުނީ 2015 ވަނަ އަހަރު އަމިއްލަ ޤައުމުގައި އޮތް މުބާރާތް ކާމިޔާބު ކުރި ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިން މިހާރު ވެސް ޓީމުގައި ތިބި ކަމަށެވެ. ތަޖުރިބާކާރު ކުޅުންތެރިންގެ އިތުރުން، ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނާއެކު، ޚާއްސަ ރޫޙެއް އެ ޓީމުގައި އޮތް ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ބުނީ ޓީމުގެ ކުޅުންތެރިންނާއެކު އެތައް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އަނެއްކާ ވެސް ފުޓުބޯޅަ ދަނޑަށް ނިކުންނަނީ ޤައުމަށްޓަކައި ކާމިޔާބެއް ހޯދުމަށް ކަމަށެވެ. އޭނާ ބުނި ގޮތުގައި ކުޅުންތެރިންގެ ވެސް ރޫޙު ހުރީ އެފަދައިންނެވެ.

އިންޑިއާއާ ގުޅޭ ގޮތުން އޭނާ ބުނީ، ކޮންމެ ޓީމަކާ ދެކޮޅަށް ވެސް އޮސްޓްރޭލިއާ އިން ނިކުންނާނީ އެންމެ ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށެވެ. އޭނާ ބުނި ގޮތުގައި އިންޑިއާ އަކީ ފުޓުބޯޅައިގައި ވަރުގަދަ ޤައުމެކެވެ. އެ ޤައުމުން ފުޓުބޯޅައިގައި ކުރިއެރުންތަކެއް ހޯދަމުން އަންނަކަން، މިހާތަނަށް ނެރުނު ނަތީޖާ އިން ފެންނަން އޮތް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އެހެންކަމުން، އިންޑިއާ މެޗަށް ނިކުންނާނީ ފުރިހަމަ އަށް ތައްޔާރުވެ ތިބެ، ތިން ޕޮއިންޓުގެ މޮޅަކުން މުބާރާތް ފަށަން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

އިންޑިއާގެ އިތުރުން، އުޒްބަކިސްތާން އަދި ސީރިޔާ އާއެކު، އޮސްޓްރޭލިއާ އޮތީ ގުރޫޕް ބީގަ އެވެ. ފުރަތަމަ މެޗުގައި އިންޑިއާއާ ދެކޮޅަށް އެ ޓީމު ނިކުންނާނީ ހޮނިހިރު ދުވަހުގެ ހަވީރު 16:30 ގައެވެ.

އޭއެފްސީ އޭޝިއަން ކަޕްއޮސްޓްރޭލިއާގެ ޤައުމީ ފިރިހެން ފުޓުބޯޅަ ޓީމުގްރަހަމް އާނޯލްޑް

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2024

ފަހަތުން އަރައި މޮޅުވެ، އިރާން ސެމީ ފައިނަލަށް

04 ފެބުރުއަރީ 2024
ފަހަތުން އަރައި މޮޅުވެ، އިރާން ސެމީ ފައިނަލަށް
03 ފެބުރުއަރީ 2024

ތަޖަކިސްތާނު ބަަލިކޮށް، ފުރަތަމަ ފަހަރަށް ޖޯޑަން ސެމީ ފައިނަލަށް

03 ފެބުރުއަރީ 2024
ތަޖަކިސްތާނު ބަަލިކޮށް، ފުރަތަމަ ފަހަރަށް ޖޯޑަން ސެމީ ފައިނަލަށް
03 ފެބުރުއަރީ 2024

ފަހަތުން އަރައި އޮސްޓްރޭލިއާ ބަލިކޮށް، ކޮރެއާ ސެމީ ފައިނަލަށް

03 ފެބުރުއަރީ 2024
ފަހަތުން އަރައި އޮސްޓްރޭލިއާ ބަލިކޮށް، ކޮރެއާ ސެމީ ފައިނަލަށް
01 ފެބުރުއަރީ 2024

ޖަޕާނާއި އިރާން ކުއާޓާ ފައިނަލަށް

01 ފެބުރުއަރީ 2024
ޖަޕާނާއި އިރާން ކުއާޓާ ފައިނަލަށް
13 ޖެނުއަރީ 2024

އޭޝިއަން ކަޕް ފަށަން ދައްކާލީ ފަލަސްތީނަށް އޮތް ލޯބި

13 ޖެނުއަރީ 2024
އޭޝިއަން ކަޕް ފަށަން ދައްކާލީ ފަލަސްތީނަށް އޮތް ލޯބި
13 ޖެނުއަރީ 2024

ތިން ލަނޑުން ޤަތަރަށް ފަސޭހަ މޮޅެއް

13 ޖެނުއަރީ 2024
ތިން ލަނޑުން ޤަތަރަށް ފަސޭހަ މޮޅެއް
11 ޖެނުއަރީ 2024

އިންޑިޔާ މެޗަށް އަންހެން ރެފްރީއެއް

11 ޖެނުއަރީ 2024
އިންޑިޔާ މެޗަށް އަންހެން ރެފްރީއެއް
04 ޖެނުއަރީ 2024

މި ބޯޅައިން ބުނެދެނީ ކޮން ވާހަކައެއް؟

04 ޖެނުއަރީ 2024
މި ބޯޅައިން ބުނެދެނީ ކޮން ވާހަކައެއް؟
03 ޖެނުއަރީ 2024

އެފްރިކާ – އޭޝިޔާ ކަޕް: ސިޓީ ނޫން ހުރިހާ ޓީމަކަށް ބޮޑު ގެއްލުމެއް

03 ޖެނުއަރީ 2024
އެފްރިކާ – އޭޝިޔާ ކަޕް: ސިޓީ ނޫން ހުރިހާ ޓީމަކަށް ބޮޑު ގެއްލުމެއް
14 ސެޕްޓެމްބަރު 2023

އޭޝިއަން ކަޕަށް 74 ރެފްރީން ހޮވައިފި

14 ސެޕްޓެމްބަރު 2023
އޭޝިއަން ކަޕަށް 74 ރެފްރީން ހޮވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު