Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޓައިވާންގެ ރައީސް އެމެރިކާއަށް ވަޑައިގަތުން

ޓައިވާންގެ ރައީސް ޔޫއެސް ހައުސް ސްޕީކަރ މެކާތީއާ ބައްދަލުކުރައްވަނީ

މެރިކާ އާއި ޓައިވާންގެ އިސްވެރިންގެ މިބައްދަލުވުމަކީ ޗައިނާއިން ނުރުހުން ފާޅުކުރަމުން އަންނަ ބައްދަލުވުމެއް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 5 އެޕްރީލު 2023 | ބުދަ 13:16
ޓައިވާނުގެ ރައީސް ސައި އިންގ-ވެން

ޓައިވާނުގެ ރައީސް ސައި އިންގ-ވެން

ޓައިވާންގެ ރައީސް ސައި އިންގ-ވެން އެމެރިކާގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގެ ރައީސް ކެވިން މެކާތީއާ ބުދަ ދުވަހު ބައްދަލުކުރައްވާނެއެވެ.

އެމެރިކާގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގެ ރައީސާ ޓައިވާންގެ ރައީސް ބައްދަލުކުރައްވަނީ އެމެރިކާއެވެ. މި ބައްދަލުވުމަކީ އެކަން ނުކުރުމަށް ޗައިނާއިން ތަކުރާރުކޮށް ގޮވާލަމުންދާ ގޮވާލުމަށް ބީރު ކަންފަތެއް ދިނުމަށްފަހު ޓައިވާން އަދި އެމެރިކާއިން ކުރިއަށް ގެންދާ ބައްދަލުވުމެކެވެ.

ރިޕަބްލިކަން ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި މެކާތީ އަކީ އެމެރިކާގެ ލީޑަރޝިޕްގެ ހައިރާކީއަށް ބަލާއިރު، ތިން ވަނައިގައި ހުންނެވި ބޭފުޅާއެވެ. މެކާތީ އާއި ޓައިވާންގެ ރައީސް ސައި ބައްދަލުކުރައްވަން ހަމަޖެހިފައި ވަނީ ސިމީ ވެލީ ކެލިފޯނިއާގެ ރޮނާލްޑް ރޭގަން ޕްރެޒިޑެންޝަލް ލައިބްރަރީގައެވެ.

މިބައްދަލުކުރެއްވުން ވެގެންދާނީ 1979 ވަނަ އަހަރު، ޓައިޕެއި އާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން ޗައިނާ އާއެކު އޮންނަ ގުޅުމަށް އެމެރިކާއިން ބަދަލުކުރި ފަހުން، ޓައިވާންގެ ރައީސަކާއެކު އެމެރިކާގައި ބޭއްވޭ އެންމެ އިސްފަންތީގެ ބައްދަލުވުމަށެވެ.

ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި އެގައުމުން ގަބޫލުކުރާއިރު، އެމެރިކާ އާއި ޓައިވާންގެ އިސްވެރިންގެ މިބައްދަލުވުމަކީ ޗައިނާއިން ނުރުހުން ފާޅުކުރަމުން އަންނަ ބައްދަލުވުމެކެވެ.

ޗައިނާގެ ނުރުހުމާއެކު އެމެރިކާގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގެ ކުރީގެ ރައީސް ނޭންސީ ޕެލޯސީ ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ޓައިވާނަށް ޒިޔާރަތްކުރައްވާފައެވެ. އެއާއެކު، ނުރުހުން ފާޅުކޮށް، ޗައިނާއިން ވަނީ އެމެރިކާއާއެކު އޮންނަ އަސްކަރީ ގުޅުން ކަނޑާލާ، ޓައިވާން ސަރަހައްދުގައި އަސްކަރީ ބޮޑެތި ތަމުރީނުތަކެއް ކުރިއަށް ގެންގޮސްފައެވެ.

ޓައިވާންގެ ރައީސްގެ މި ދަތުރުފުޅަކީ 2019ގެ ފަހުން އެކަމަނާ އެމެރިކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ސައި އެމެރިކާއަށް ވަޑައިގެންފައި މިވަނީ ޓައިވާނާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވާ މަދު ގައުމުތަކުގެ ތެރެއިން ގުއަޓެމާލާ އަދި ބެލީޒަށް މިދިޔަ ހަފުތާ އެކަމަނާ ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޓައިވާނަށް ވަޑައިގަންނަވާ މަގުމަތީގައެވެ.

މިކަމާ ގުޅިގެން އެމެރިކާއިން ވަނީ ޗައިނާއަށް 'އޯވަރ ރިއެކްޓް' ނުކުރުމަށް ގޮވާލާފައެވެ. އަދި މިއީ އެމެރިކާ އާއި ޓައިވާނާ ދެމެދު އޮންނަ ނުރަސްމީ ގުޅުމުގެ ސަބަބުން ބާއްވާ ކުޑަ ބައްދަލުވުމެއް ކަމަށްވެސް އެމެރިކާއިން ވަނީ ސިފަކޮށްފައެވެ.

ނަމަވެސް މާހިރުން ދަނީ ޓައިވާންގެ ރައިސާ މެކާތީގެ މިިބައްދަލުކުރެއްވުމަކީ، މިހާރުވެސް ހީނަރުވެފައިވާ އެމެރިކާ-ޗައިނާ ގުޅުން އިތުރަށް ހީނަރުވެގެންދާނެ ސަބަބެއް ކަމަށް ބުނަމުންނެވެ.

ޓައިވާންއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި

ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި

23 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟

ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟

23 ސެޕްޓެމްބަރު 2024
ތައިވާންގެ އައު ރައީސްގެ އިންޒާރެއް ޗައިނާ އަށް – ބިރުދެއްކުން ހުއްޓާލާ

ތައިވާންގެ އައު ރައީސްގެ އިންޒާރެއް ޗައިނާ އަށް – ބިރުދެއްކުން ހުއްޓާލާ

20 މެއި 2024

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު