Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެލްސީ

ޕޮޓާ އަށް ޝުކުރު އަދާކުރީ ޗެލްސީގެ އެންމެ ހަތަރު ކުޅުންތެރިން

ޗެލްސީގެ ކޯޗު ޕޮޓާ އާއި ބައެއް ކުޅުންތެރިން: އޭނާ އަށް ޝުކުރު އަދާކުރީ މަދު ކުޅުންތެރިންތަކެއް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 5 އެޕްރީލު 2023 | ބުދަ 05:28
ކައި ހަވާޓްޒް (29) ޗެލްސީގެ ބައެއް ކުޅުންތެރިންނާއި ކޯޗާއެކު

ކައި ހަވާޓްޒް (29) ޗެލްސީގެ ބައެއް ކުޅުންތެރިންނާއި ކޯޗާއެކު

ޗެލްސީގެ ކޯޗުކަމުން ގްރެހަމް ޕޮޓާ ވަކިކުރިތާ 24 ގަޑިއިރުވީއިރު އޭނާ އަށް ޝުކުރުއަދާކުރީ އެންމެ ހަތަރު ކުޅުންތެރިންކަން ހާމަވެއްޖެއެވެ.

އިނގިރޭސި ނޫސްތަކުން ބުނަނީ މިކަމުން އަންގައިދެނީ ޕޮޓާ ވަކިކުރުމަށް ޗެލްސީގެ ގިނަ ކުޅުންތެރިން ރުހުން އޮތްކަމެވެ. މަގާމާ ހަވާލުވިތާ އެންމެ ހައެއްކަ މަހަށް ފަހު ޕޮޓާ މަގާމުން ވަކިކުރީނަތީޖާތައް ގޯސްވެ، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ނުލިބިދާނެހެން ހީވުމުންނެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ޕޮޓާ އަށް ޝުކުރު އަދާކުރީ ސީނިއާ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ ޑިފެންޑަރު ބެންޗިލްވެލް އާއި މާކް ކުކުރެއްޔާ އެވެ. އަދ މި ދެ ކުޅުންތެރިންނަށް ފަހު ވެސްލީ ފޮފާނާ އާއި ކައިހަވަޓްޒް ވެސް ވަނީ 24 ގަޑިއިރަށް ވަގުތު ކުޑަތަންވިފަހުން ކޯޗަށް ޝުކުރު އަދާކޮށްފައެވެ.

ފުރަތަމަ 11ގައި ނުކުޅުވާތީވެ ހިތްހަމަނުޖެހިފައހުރި ގެބޯންގެ ފޯވަޑް އެމެރޭ ޕެޓްރިކް އައުބަމިޔަންގް ވަނީ ޕޮޓާ ވަކިކުރިކަން ޗެލްސީން އިއުލާނުކުރި ޕޯސްޓަށް ލައިކްކޮށްފަ އެވެ.

ޗެލްސީން މިހާރު މަސައްކަތް ކުރަނީ އާ ކޯޗަކު އައްޔަންކުރުމަށެވެ. އެކުލަބުން ޝޯޓް ލިސްޓް ކޮށްފައިވަނީ ބާސެލޯނާ އާއި ސްޕޭންގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ އާއި ޓޮޓެންހަމާއި ޕީއެސްޖީގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އާއި ބަޔާން މިއުނިކްގެ ކޯޗުކަމުން މިދިޔަ ހަފުތާގައި ވަކިކުރި ޒުވާން ކޯޗު ހޫލިއަން ނާގެލްސްމަން އެވެ.

ޗެލްސީގްރަހަމް ޕޮޓާ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
05 އޮކްޓޯބަރު 2025

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި
28 ސެޕްޓެމްބަރު 2025

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު