Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލީހުގައި އެމްއެންޕީ ތަމްސީލްކުރުން

މަޖިލީހުގައި އެމްއެންޕީ ޕާޓީއެއްގެ ގޮތުގައި ތަމްސީލުކުރުމުގެ ފުރުސަތު ލިބޭގޮތަށް މަޖިލީހުގެ ޤަވާއިދު އިސްލާހުކޮށްދޭން އެދިއްޖެ

މަޖިލީހުގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ތަމްސީލްކުރުމުގެ ހައިސިއްޔަތު އެމްއެންޕީ އަށް ގެއްލުނުކަން އިއުލާންކުރީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 ނޮވެމްބަރު 2023 | އާދީއްތަ 10:48
އެމްއެންޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

އެމްއެންޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

މަޖިލީހުގައި ޕާޓީ އެއް ތަމްސީލްކުރަން ބޭނުންވާ މިންވަރަށް މެމްބަރުން ނެތުމުން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ކުރުމުގެ ފުރުސަތު ގެއްލިފައިވާތީ، މަޖިލީހުގެ ގަވާއިދު ބަދަލުކޮށްދޭން އެ ޕާޓީން އެދިއްޖެއެވެ.

މަޖިލީހުގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ތަމްސީލްކުރުމުގެ ހައިސިއްޔަތު އެމްއެންޕީ އަށް ގެއްލުނުކަން އިއުލާންކުރީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުއެވެ. އެމްއެންޕީއަށް މަޖިލީހުގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ތަމްސީލުކުރުމުގެ ހައިސިއްޔަތު ގެއްލިފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް މެންބަރުކަމުން އިސްތިޢުފާދެއްވުމާއި ގުޅިގެންނެވެ. އޭނާ މަޤާމުން އިސްތިޢުފާދެއްވާފައި ވަނީ މި ސަރުކާރުގެ ބަންޑާރަނާއިބުގެ މަޤާމަށް އޭނާ އައްޔަންކުރައްވާފައި ވާތީއެވެ.

Advertisement - newsAdvertisement

އުޝާމްގެ އިތުރުން އެމްއެންޕީގެ މެންބަރުންގެ ގޮތުގައި މަޖިލީހުގައި ތިއްބެވީ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ. މަޖިލީހުގެ ޤަވާއިދުގެ 33 ވަނަ މާއްދާގެ (ބ)ގައި ބަޔާންކޮށްފައިވަނީ މަޖިލީހަށް އިންތިޚާބުވުމަށް ފަހު ސިޔާސީ ޕާޓީއެއްގެ ނަމުގައި ތަމްސީލްކުރުމަށް އެދޭ މެންބަރުންގެ ޢަދަދު އެއްވެސް ވަގުތެއްގައި 3 މެންބަރުންނަށް ވުރެ މަދުވެއްޖެނަމަ، އެ ޕާޓީއެއް މަޖިލީހުގައި ތަމްސީލްކުރުމަށް އެ މާއްދާގެ (ނ)ގެ ދަށުން ލިބޭ ހައިސިއްޔަތު އެ ޕާޓީއަކަށް ގެއްލިގެންދާނެ ކަމަށެވެ.

އެހެންކަމުން ސިޔާސީ ޕާޓީއެއްގެ ގޮތުގައި މަޖިލީހުގައި މެންބަރުން ތަމްސީލްކުރުމުގެ ފުރުސަތު އެމްއެންޕީއަށް ގެއްލުނުކަން ރިޔާސަތުން ވަނީ އަންގާރަ ދުވަހު އިޢުލާންކުރައްވާފައެވެ. އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު މިހާރު މަޖިލީހުގައި ތަމްސީލްކުރައްވާނީ މިނިވަން މެންބަރުންގެ ގޮތުގައެވެ.

މީގެ ކުރިން ރިޔާޒްް ވިދާޅުވީ ޤާނޫނު އަސާސީން ކޮންމެ މީހަކަށް ވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިގެންވާ ކަމާއި ސިޔާސީ ފިކުރުގެ ސަބަބުން ތަފާތު ނުކުރެވޭނެކަމަށެވެ. ހަމައެހެންމެ މަޖިލީހުގެ ޤަވާއިދުގެ 33 ވަނަ މާއްދާގެ (ބ) އަކީ ޤާނޫނު އަސާސީ އާއި ޚިލާފު މާއްދާ އެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި މައްސަލައިގައި އެމްއެންޕީގެ ފަރާތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ފޮނުވި ސިޓީގައި ބުނެފަިއ ވަނީ ރިޔާސަތުގެ އެ ނިންމުމާއި މަޖިލީހުގެ ގަވާއިދުގެ އެ މާއްދާއަކީ ގާނޫނު އަސާސީގެ 17، އަދި 30 ވަނަ މާއްދާއާ ހިލާފު ކަމަށް އެ ޕާޓީން ޤަބޫލުކުރާ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ގަވާއިދު ބަދަލުކޮށްދިނުމަށް އެ ޕާޓީން ވަނީ އެދިފައެވެ.

މަޖިލީހުގެ އާއްމު ކޮމިޓީގެ އާދިއްތަ ދުވަހުގެ ބައްދަލުވުމުގައި އެ މައްސަލަ ދިރާސާވެސް ކުރައްވާފައިވެއެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
19 ފެބުރުއަރީ 2017

މަޖިލީހުގައި ތިއްބެވީ 85 ކަނޑުކޮހުން ނޫންކަން ދައްކަންޖެހޭ: މުސްތަފާ

19 ފެބުރުއަރީ 2017
މަޖިލީހުގައި ތިއްބެވީ 85 ކަނޑުކޮހުން ނޫންކަން ދައްކަންޖެހޭ: މުސްތަފާ
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
12 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު