Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެޑެކްސް އޯޝަން މިޝަން

އެޑެކްސް އޯޝަން މިޝަންގައި ރާއްޖޭގެ ޑައިވް ހަރަކާތްތައް ޕްރޮމޯޓްކޮށްފި

4 އެޕްރީލު 2023 | އަންގާރަ 12:41

މި ހަރަކާތް ކުރިއަށްގެންދިޔައީ 31 މާރޗްއިން 2 އޭޕްރީލްގެ ނިޔަލަށް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 4 އެޕްރީލު 2023 | އަންގާރަ 12:41
އެޑެކްސް އޯޝަން މިޝަން 2023

އެޑެކްސް އޯޝަން މިޝަން 2023

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ރާއްޖޭގެ އިންޑަސްޓްރީ ޕާޓްނަރުން ގުޅިގެން ރާއްޖޭގެ ޑައިވް ހަރަކާތްތަކާއި ކަނޑުއަޑީގެ ރީތިކަން އެޑެކްސް އޯޝަން މިޝަން 2023ގައި ޕްރޮމޯޓްކޮށްފިއެވެ.

މި ހަރަކާތް ކުރިއަށްދިޔައީ 31 މާރިޗް 2023 އިން 2 އޭޕްރީލް 2023 އަށް، ސިންގަޕޫރުގެ ސޭންޑްސް އެކްސްޕޯ އެންޑް ކޮންވެންޝަން ސެންޓަރުގައެވެ.

26 އަހަރުގެ ދިގު މުއްދަތެއްގައި ބާއްވަމުން އަންނަ އެޑެކްސްއަކީ އޭޝިއާގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ދިގު މުއްދަތަކަށް ކުރިއަށް ގެންގޮސްފައިވާ ޑައިވް އެކްސްޕޯއެވެ. މި އެކްސްޕޯގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާހަގަކޮށްލެވޭ މި ދާއިރާގެ މުހިންމު ފަރާތްތަކާއި ސައިންސްވެރިންނާއި ކަނޑުގެ ކޮންޒަވޭޝަނިސްޓުންނާއި ކަނޑު އަޑީގެ ފޮޓޯގްރާފަރުންނާއި ވީޑިއޯގްރާފަރުންނާއި އެހެނިހެން ފަރާތްތައް އެއްތަނަކުން ބައްދަލުވުމަށް މަގުފަހިކޮށްދެއެވެ. އަދި މިއީ ޑައިވް އޮޕަރޭޓަރުންނާއި، އިކުއިޕްމަންޓް އުފައްދާ ފަރާތްތަކާއި، ގައުމީ ޓޫރިޒަމް ބޯޑުތައް ފަދަ އެކިއެކި އެގްޒިބިޓަރުން ބައިވެރިވާ ހަރަކާތެކެވެ.

އެމްއެމްޕީއާރުސީން ވަނީ މި އިވެންޓުގެ ޒަރިއްޔާއިން ޑައިވްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދީ، ރާއްޖެއަކީ ޑައިވް ކުރުމަށް އިސްކަންދޭ މަންޒިލެއްގެ ގޮތުގައި ހޭލުންތެރިކަން އިތުރުކޮށްފައެވެ. މީގެ އިތުރުން، މި އެކްސްޕޯ އަކީ ޑައިވިން ފަދަ ނީޝް ސެގްމަންޓަކަށް އަމާޒުކޮށްގެން މާކެޓް އިންޓެލިޖެންސް އެއްކުރުމަށާއި، އޭޝިއާ އަދި ދެކުނުއިރުމަތީ އޭޝިއާގެ މާކެޓްތަކުން ޑައިވަރުންނާއި ޑައިވްކުރުމަށް ޝައުގުވެރިވާ މީހުންގެ ޝުއޫރުތައް ދެނެގަތުމަށް ވެސް ރަނގަޅު ޕްލެޓްފޯމެއް ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އެމްއެމްޕީއާރުސީން މި އިވެންޓުގައި ބައިވެރިވެފައިވަނީ، ރާއްޖެއިން ލިބޭ ޑައިވިން އަދި ކަނޑުއަޑީގެ ތަޖުރިބާތައް ދައްކާލުމަށް އެކުންފުނިން ކުރާ މަސައްކަތުގެ ދަށުން، ދެކެނު އޭޝިއާގެ ފަތުރުވެރިންގެ މެދުގައި، އަދި ވަކިން ޚާއްޞަކޮށް ސިންގަޕޫރުގެ ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަށެވެ.

މި އެކްސްޕޯގައި އެމްއެމްޕީއާރުސީން ވަނީ ފޮޓޯބޫތަކާއި، ރާއްޖޭގެ ކަނޑުއަޑީގެ ދިރުންތަކާ ބެހޭ މައުލޫމާތު އެކުލެވޭ ފްލެޝް ކާޑުތަކާއި، ރާއްޖޭގެ އެކި ޑައިވް ލޮކޭޝަންތައް ދައްކާ އާޓްވޯކްތައް ދައްކާލާފައެވެ.

މި ހަރަކާތުގައި އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އަލްފާޟިލް ތޮއްޔިބު މުޙައްމަދު ވާހަކަފުޅު ދެއްކެވިއެވެ. ތޮއްޔިބްގެ ވާހަކައިގައި ދެމެހެއްޓެނިވި ފަތުރުވެރިކަމާއި ޑައިވިން ވެންޗަރތަކަށް އެހީތެރިވުމަށް އެމްއެމްޕީއާރުސީއިން ހިންގާ ހަރަކާތްތަކަށް އަލިއަޅުއްވާލައްވާ، ސަނީ ސައިޑް އޮފް ލައިފްގެ އެންމެ ފަހުގެ އަޕްޑޭޓްތައް ދެއްވިއެވެ. މީގެ އިތުރުން ސައުުތު އީސްޓް އޭޝިއާ މާކެޓްގެ މުހިންމުކަމާއި އެޑެކްސްގެ އޯގަނައިޒަރުންގެ ފަރާތުން ރާއްޖެއަށް ލިބެމުންދާ ސަޕޯޓާ ފާހަގަކުރައްވާ، ޑައިވް ސެގްމަންޓް އިތުރަށް ޕްރޮމޯޓްކޮށް ހަރުދަނާކުރުމަށް އެޑެކްސް އޯގަނައިޒަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ތޮއްޔިބު ފާހަގަކުރެެއްވިއެވެ.

2022ވަނަ އަހަރު ނިމުނުއިރު ދެކުނުއިރުމަތީ އޭޝިއާ މާކެޓުން ޖުމްލަ 23,080 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވާއިރު، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ފެބްރުއަރީ މަހުގެ ނިޔަލަށް، މި މާކެޓުން 5,897 ފަތުރުވެރިންނަށް ރާއްޖެއިން ވަނީ މަރުހަބާ ކިޔާފައެވެ. މި މާކެޓަށް އަމާޒުކޮށްގެން އެމްއެމްޕީއާރުސީން ގެންދަނީ ބޮޑެތި ސްޓޭކްހޯލްޑަރުންނާއެކު ޖޮއިންޓް މާކެޓިން ކެމްޕޭންތަކާއި، އައުޓްޑޯ އިޝްތިހާރު ކެމްޕޭންތައް ހިންގުމުގެ އިތުރުން، ފެއަރތަކުގައި ބައިވެރިވުމާއި، ވެބިނަރތައް ބާއްވައި، އީ-ލާނިން ޕްރޮގްރާމްތަކާއި އެހެނިހެން ހަރަކާތްތައް ބާއްވަމުނެވެ. މީގެ ތެރޭގައި އައިޓީބީ އޭޝިއާ 2023 ގައި ބައިވެރިވުމާއި، ސައުތު އީސްޓް އޭޝިއާގައި ރޯޑްޝޯއެއް ހިންގުމާއި، ރޮބް ރިޕޯޓާއެކު މީޑިއާ ކެމްޕޭނެއް ހިންގުން ހިމެނެއެވެ.

އެމްއެމްޕީއާރްސީ

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި
14 އޮކްޓޯބަރު 2025

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް
14 އޮކްޓޯބަރު 2025

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި
30 ސެޕްޓެމްބަރު 2025

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް
26 ސެޕްޓެމްބަރު 2025

ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

26 ސެޕްޓެމްބަރު 2025
ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ
20 އޯގަސްޓު 2025

ކެޓްރީނާ ކައިފް އަށް ދޭ އަގުވެސް، ކުރަން ޖެހޭ މަސައްކަތް ވެސް، މަސައްކަތް ކުރާ މުއްދަތުވެސް އެއީ ސިއްރެއް ކަމަށް ބުނެފި

20 އޯގަސްޓު 2025
ކެޓްރީނާ ކައިފް އަށް ދޭ އަގުވެސް، ކުރަން ޖެހޭ މަސައްކަތް ވެސް، މަސައްކަތް ކުރާ މުއްދަތުވެސް އެއީ ސިއްރެއް ކަމަށް ބުނެފި
12 ޖުލައި 2025

އިނގިރޭސިވިލާތުގެ މަޝްހޫރު ދަ ޓެލެގްރާފުން ހޮވާ ދުނިޔޭގެ އެންމެ މަގުބޫލު ގައުމުތަކުގެ ލިސްޓުން ބޮޑުތަނުން ރާއްޖެ ވެއްޓިއްޖެ

12 ޖުލައި 2025
އިނގިރޭސިވިލާތުގެ މަޝްހޫރު ދަ ޓެލެގްރާފުން ހޮވާ ދުނިޔޭގެ އެންމެ މަގުބޫލު ގައުމުތަކުގެ ލިސްޓުން ބޮޑުތަނުން ރާއްޖެ ވެއްޓިއްޖެ
03 ޖުލައި 2025

"އެމްއެމްޕީއާރުސީގެ މާލީ ހާލަތު ގޯސްވީ މި ދޮޅު އަހަރު، އެމްއެމްޕީއާރުސީގެ ޗެއަރމަން އާއި އެމްޑީ އާއި ޗެލެންޖުކޮށްފައި އެހެން ބުނަން ކެރޭނެ"

03 ޖުލައި 2025
"އެމްއެމްޕީއާރުސީގެ މާލީ ހާލަތު ގޯސްވީ މި ދޮޅު އަހަރު، އެމްއެމްޕީއާރުސީގެ ޗެއަރމަން އާއި އެމްޑީ އާއި ޗެލެންޖުކޮށްފައި އެހެން ބުނަން ކެރޭނެ"
28 އޯގަސްޓު 2024

އެމްއެމްޕީއާރްސީ ހިޔާނާތުގެ ތަހުގީގު ނުނިމެނީސް އޭގެ ތެރެއިން ގިނައީ ހިޔާނާތުގައި ބައިވެރިނުވާ މީހުންކަމަށް ރައީސް ވިދާޅުވެއްޖެ

28 އޯގަސްޓު 2024
އެމްއެމްޕީއާރްސީ ހިޔާނާތުގެ ތަހުގީގު ނުނިމެނީސް އޭގެ ތެރެއިން ގިނައީ ހިޔާނާތުގައި ބައިވެރިނުވާ މީހުންކަމަށް ރައީސް ވިދާޅުވެއްޖެ
07 ޖުލައި 2024

ސަރުކާރުގެ ހަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެމްއެމްޕީއާރުސީގެ ބޯޑަށް ދެ މީހަކު އައްޔަންކޮށްފި

07 ޖުލައި 2024
ސަރުކާރުގެ ހަރަދުކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެމްއެމްޕީއާރުސީގެ ބޯޑަށް ދެ މީހަކު އައްޔަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް