Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާފް

ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާނެ ސަރަހައްދުން ބޭރުގެ ދެ ޤައުމަކަށް ސައުދީ އާއި މެލޭޝިޔާ

ސާފް ސަރަހައްދުން ބައިވެރިވާނެ ފަސް ޤައުމަކީ ރާއްޖެ، އިންޑިއާ، ބަންގްލަދޭޝް، ބޫޓާން، ނޭޕާލް އަދި ޕާކިސްތާން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 އެޕްރީލު 2023 | އަންގާރަ 20:21
2021 ވަނަ އަހަރު އޮތް މުބާރާތުގައި އިންޑިއާ އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން

2021 ވަނަ އަހަރު އޮތް މުބާރާތުގައި އިންޑިއާ އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން

ސާފް ޗެމްޕިއަންޝިޕްގައި ވާދަ ކުރުމަށް ސައުދީ އަރަބިއްޔާ އާއި މެލޭޝިޔާ އަށް ދައުވަތު ދީފައިވާ ކަމަށް ސައުތު އޭޝިއަން ފުޓުބޯޅަ ފެޑެރޭޝަން (ސާފް) އިން ހާމަކޮށްފި އެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ނިންމާފައި ވަނީ މިއަހަރުގެ ޖޫން މަހުގެ 21 އިން ޖުލައި މަހުގެ ތިން ވަނަ ދުވަހަށް އަވައްޓެރި އިންޑިއާގެ ބެންގަލޫރުގަ އެވެ. މިއަހަރުގެ މުބާރާތުގެ ފޯރިގަދަ ކުރުމާއި، މުބާރާތް ވާދަވެރިކުރުމުގެ ގޮތުން ސަރަހައްދުން ބޭރުގެ ދެ ޤައުމަކަށް ދައުވަތު ދިނުމަށް ދާދި ފަހުން ވަނީ ސާފްގެ ހިންގާ ކޮމެޓީގައި ވެސް މަޝްވަރާކޮށްފަ އެވެ. މީޑިއާ އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސާފްގެ ރައީސް ކާޒީ ސަލާޙުއްދީން ވިދާޅުވީ މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ސައުދީ އާއި މެލޭޝިޔާ އަށް ފޮނުވާފައިވާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ދެ ޤައުމުން ކުރެ އެއްވެސް ޤައުމަކުން ދައުވަތު ޤަބޫލުކޮށްފައިވާކަމެއް ނުވަތަ ނޫން ކަމެއް އޭނާ ހާމަކުރައްވާފައެއް ނުވެ އެވެ.

މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ސައުދީ އާއި މެލޭޝިޔާ އިން ޤަބޫލުކޮށްފި ނަމަ، މިއަހަރުގެ މުބާރާތުގައި ވާދަކުރާނީ ހަތް ޤައުމެވެ. އެއީ ސާފް ސަރަހައްދުގެ ފަސް ޤައުމު ކަމަށްވާ، ރާއްޖެ، އިންޑިއާ، ބަންގްލަދޭޝް، ބޫޓާން، ނޭޕާލް އަދި ޕާކިސްތާނާއެކު އެވެ. ސްރީ ލަންކާ އަށް މިއަހަރުގެ މުބާރާތުގައި ވާދަ ކުރެވޭނެ ކަމަކަށް ނުބެލެވެ އެވެ. ސަބަބަކީ އެ ޤައުމު މިހާރު އޮތީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ސަސްޕެންޝަންގައި ކަމަށް ވާތީ އެވެ.

ސަރަހައްދުން ބޭރުގެ ދެ ޤައުމު ބައިވެރިކުރުމުގެ ޚިޔާލަކީ އިންޑިއާ އިން ހުށަހެޅި ޚިޔާލެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. ސާފް ޗެމްޕިއަންޝިޕާ ގުޅޭ ގޮތުން ބޭއްވި ޕްރެސްއެއްގައި އޯލް އިންޑިއަން ފުޓުބޯޅަ ފެޑެރޭޝަން (އޭއައިއެފްއެފް)ގެ ރައީސް ކަލްޔަން ޗޯބޭ ވަނީ އެ ވާހަކަ ދައްކަވައިފަ އެވެ. އޭނާ އޭރު ވިދާޅުވީ ސަރަހައްދުން ބޭރުގެ ޤައުމަކަށް މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ދީފި ނަމަ، މިހާރަށް ވުރެ ހުރިހާ ގޮތަކުން ވެސް މުބާރާތް ފޯރި ގަދަވާނެ ކަމަށެވެ.

އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ބާއްވާފައި ވަނީ 2021 ވަނަ އަހަރު ރާއްޖޭގަ އެވެ. އެ އަހަރުގެ މުބާރާތުގައި ފަސް ޤައުމަކުން ވާދަކޮށްފައިވާއިރު، މުބާރާތް ކާމިޔާބުކޮށްފައި ވަނީ އިންޑިއާ އިންނެވެ.

އިތުރަށް ކިޔާލަން

10 އޯގަސްޓު 2017

އޭޝިއަން ސީނިއާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެއްޖެ

10 އޯގަސްޓު 2017
އޭޝިއަން ސީނިއާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެއްޖެ
07 އޯގަސްޓު 2017

އޭޝިއަން ސީނިއަރ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓީމް ފިލިޕީންސް އަށް ފުރައިފި

07 އޯގަސްޓު 2017
އޭޝިއަން ސީނިއަރ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓީމް ފިލިޕީންސް އަށް ފުރައިފި
03 އޯގަސްޓު 2017

އޭޝިއަން ސީނިއާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓީމަށް ޖޯޒީ ހަވާލުކޮށްފި

03 އޯގަސްޓު 2017
އޭޝިއަން ސީނިއާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓީމަށް ޖޯޒީ ހަވާލުކޮށްފި
10 ޖޫން 2017

ސާފް ޗެމްޕިއަންޝިޕް ފަސްކޮށްފި

10 ޖޫން 2017
ސާފް ޗެމްޕިއަންޝިޕް ފަސްކޮށްފި
17 މެއި 2017

ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކުރުމަށް އިންޑިއާއިން އެދިއްޖެ

17 މެއި 2017
ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކުރުމަށް އިންޑިއާއިން އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު