Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޮލީބޯލް

އޭޝިއަން ސީނިއާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓީމަށް ޖޯޒީ ހަވާލުކޮށްފި

ޖޯޒީ ހަވާލު ކޮށްފައިވަނީ ބުރާސްފަތި ދުވަހު ޒުވާނުންގެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 3 އޯގަސްޓު 2017 | ބުރާސްފަތި 14:32
އޭޝިއަން ސީނިއާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ވޮލީޓީމް

އޭޝިއަން ސީނިއާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ވޮލީޓީމް

ނަވާރަ ވަނަ އޭޝިއަން ސީނިއާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯލް ޓީމަށް ޖޯޒީ ހަވާލުކޮށްފިއެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ގައުމީ އަންހެން ވޮލީ ޓީމަށް ޖޯޒީ ހަވާލުކޮށްފައިވަނީ މިކަމަށްޓަކާ ހާއްސަކޮށްގެން ޒުވާނުންގެ މަރުކަޒުގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހަންމަދު ލަތީފް (ލަތީބެ) ވިދާޅުވީ، މުބާރާތުގައި ގައުމީ ޓީމުން ރަނގަޅު ނަތީޖާއެއް ހޯދާނެ ކަމަށް އުންމީދު ކުރާކަމަށެވެ. އެގޮތުން ލަތީބެ ވިދާޅުވީ، މުބާރާތަށް ގައުމީ ޓީމު ފުރާހިސާބުން ހުރިހާ ކުޅުންތެރިންނަކީވެސް ރާއްޖޭގެ ގައުމީ އެމްބަސަޑަރުން ގޮތުގައި ދެކެންވާނެ ކަމަށާއި، އެހެންކަމުން މުބާރާތުން ރާއްޖެއަށް ރީތި ނަމެއް ހޯދައިދޭން ގަދައަޅާ މަސައްކަތް ކުރަންވާނެ ކަމަށެވެ.

މީގެ އިތުރުން ވެސް ލަތީބެ ވިދާޅުވީ، މުބާރާތުގައި ރާއްޖެ ވާދަކުރަން ޖެހެނީ ވަރުގަދަ ޓީމުތަކާއި ދެކޮޅަށް ކަމަށާއި، އޭގެތެރެއިން ބާއެއް ގައުމު ތަކަކީ މީގެ ކުރިންވެސް ރާއްޖެއާއި ދެކޮޅަށް ވާދަކޮށްފައިވާ ގައުމުތަށް ކަމަށެވެ. އެހެންކަމުން މީގެ ކުރިން އެ ގައުމު ތަކާއި ދެކޮޅަށް ނެރުނު ނަތީޖާއަށްވުރެ ރަނގަޅު ނަތީޖާއެއް، މި މުބާރާތުގައި ނެރުމަށް މަސައްކަތް ކިރުމަށްވެސް ލަތީބެ ވަނީ އެދިލައްވާފައެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 9 އިން 17 އަށް ފިލިޕީންސްގައެވެ.

އިތުރަށް ކިޔާލަން

25 މާރިޗު 2017

އޭޝިއަން ކަޕް ކޮލިފައިން: ރާއްޖެއާ ދެކޮޅަށް ކުޅުމަށް ފަލަސްތީން ޓީމު ރާއްޖެ އަތުވެއްޖެ

25 މާރިޗު 2017
އޭޝިއަން ކަޕް ކޮލިފައިން: ރާއްޖެއާ ދެކޮޅަށް ކުޅުމަށް ފަލަސްތީން ޓީމު ރާއްޖެ އަތުވެއްޖެ
08 މާރިޗު 2017

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ
04 މާރިޗު 2017

ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

04 މާރިޗު 2017
ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު