Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެރިޓީ ޝީލްްޑް މެޗު

އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފި

މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުން ކުޅުނު ކުލަބު ފުޓުބޯޅައިގެ ފުރަތަމަ މެޗު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 އެޕްރީލު 2023 | ހޯމަ 19:13
ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އާއި އީގަލްސް ކުޅުނު މެޗުގެ ތެރެއިން

ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އާއި އީގަލްސް ކުޅުނު މެޗުގެ ތެރެއިން

އައު ސީޒަން ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން 2-1 އިން ކުލަބް އީގަލްސް ބަލިކޮށް، ޝީލްޑް ކާމިޔާބުކޮށްފި އެވެ.

ހޯމަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ފަށައިގެން 15 ވަނަ މިނެޓުގައި މާޒިޔާ އަށް ލީޑު ނަގައިދިނީ އީގަލްސް ދޫކޮށް މާޒިޔާ އަށް ބަދަލުވި ޙަސަން ރާއިފް އަޙުމަދު (ހަންނަ) އެވެ. އޭގެ ތިން މިނެޓު ފަހުން މާޒިޔާ އަށް ލީޑު ފުޅާކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ސްޓެފަން މިހަލޮވިޗް އެވެ. އެ ދެ ލަނޑުގެ ފަހުން ވެސް މާޒިޔާ އިން ވަނީ އީގަލްސްގެ އޭރިޔާ ތެރޭގައި ބޯޅަ ހިފައިގެން ކުޅެ، އެ ޓީމަށް ބާރުބޮޑުކޮށްފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާގެ އިބްރާހީމް އައިސަމް ފޮނުވާލި ނުރައްކާތެރި ބޯޅައެއް އީގަލްސްގެ ގޯލް ކީޕަރު މުޙައްމަދު ޝަފީއު ވަނީ މަތަކޮށްފަ އެވެ. ފުރަތަމަ ހާފުގައި އީގަލްސް އަށް މާޒިޔާގެ ގޯލަށް އަމާޒުކޮށް އެދެވޭ ހަމަލާއެއް ފޮނުވާލެވިފައެއް ނުވެ އެވެ.

ދެ ވަނަ ހާފު ފަށައިގެން އީގަލްސް އިން ވަނީ ކޮންމެ ވެސް ވަރަކަށް ކުރިއަށް ޖެހިގެން، މާޒިޔާގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތްކޮށްފަ އެވެ. ހާފު ފައިގެން ހަ ވަނަ މިނެޓުގައި އީގަލްސްގެ ބިދޭސީ ކުޅުންތެރިޔާ ފްރަންސާ ކޮއެލޯ އީވާން ކާލޯސް ވަނީ ލަނޑެއް ޖަހައިފަ އެވެ. ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑު ލަނޑެއް ކަމަށް ނިންމައިފަ އެވެ. މެޗުގެ 67 ވަނަ މިނެޓުގައި މާޒިޔާ ޙަމްޒާ މުޙައްމަދު (ހަމްޕު) ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. މެޗުގައި އީގަލްސް އިން ލަނޑު ޖެހުމަށް ކުރި މަސައްކަތުގެ ތެރެއިން 72 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. އީގަލްސް އަށް ލަނޑު ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ އުގްލީ ކުރުބޮންބޮއެވް ޖަޚޮންގިރް ބަހޮދިރް އެވެ. އޭގެ ފަހުން މާޒިޔާ އަށް ލިބުނު ފުރުސަތެއްގައި ހަމްޕު ފޮނުވާލި ބާރު ހަމަލާ ބޭރަށް ދިޔައީ އީގަލްސްގެ ކީޕަރު ޝަފީއުގެ އަތުގައި ޖެހިފަ އެވެ.

މިއީ ރާއްޖޭގައި ކުލަބް ފުޓުބޯޅައިގެ ރަސްމީ މެޗެއް ނުކުޅޭތާ ހަތް މަސް ދުވަސް ފަހުން ކުޅުނު ފުރަތަމަ މެޗެވެ. އެންމެ ފަހުން ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކުލަބް ފުޓުބޯޅަ މެޗެއް ކުޅުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު އެވެ. އެއީ އެފްއޭ ކަޕްގެ ފައިނަލުގައި މާޒިޔާ އާއި ކުލަބް ވެލެންސިއާ ބައްދަލު ކުރި މެޗެވެ. ޗެރިޓީ ޝީލްޑް މެޗުން ފުޓުބޯޅަ ސީޒަން ފެށިއިރު މި މެޗުގައި ބައްދަލުކުރި މާޒިޔާ އާއި އީގަލްސް އަކީ އައު ސީޒަނަށް އެންމެ ކުރިން ފަރިތަކުރުންތައް ފެށި ދެ ކުލަބެވެ. އޭގެ މާފަހުން އަލަށް ފުރަތަމަ ޑިވިޝަަނަށް ޕްރޮމޯޓުވި ބުރު ސްޕޯޓްސް ކުލަބުން ވަނީ ފަރިތަކުރުންތައް ފަށައިފަ އެވެ. އެހެން އެއްވެސް ކުލަބަކުން މިހާތަނަށް އައި ސީޒަންގެ ތައްޔާރީތަކެއް ނުފަށަ އެވެ.

މީގެ ކުރިން 2019 ވަނަ އަހަރުގެ ޗެރިޓީ ޝީލްޑް މެޗުގައި ވެސް ބައްދަލުކޮށްފައި ވަނީ މި ދެ ޓީމެވެ. އެއަހަރުގައި އީގްލްސް އިން ވަނީ މާޒިޔާ ބަލިކޮށް، ޝީލްޑް ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

14 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު