Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯފަން މީހުންނަށް ވޯޓުލެވޭގޮތް ހެދުން

ރިޔާސީ އިންތިހާބުގައި، ޔަގީންކަމާއެކު ލޯފަން މީހުންނަށް އެކަނި ވޯޓު ލެވޭނެ - އިލެކްޝަންސް

އެ ޓެމްޕްލޭޓުގެ ތެރެއަށް ވޯޓު ކަރުދާސްލުމުން އެ ނުގުޑާފަދައަކުން، ކޮންމެ ކެންޑިޑޭޓެއްގެ ކެންޑިޑޭޓް ނަންބަރު ޓެކްޓައިލްކޮށްފައި ހުންނަންވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 އެޕްރީލު 2023 | ހޯމަ 10:21
ލޯފަން މީހުންގެ ޖަމްއިއްޔާއިން ވޯޓުލުމަށް ހަދާފައިވާ މޮޑެލްއެއް ދައްކާލަނީ

ލޯފަން މީހުންގެ ޖަމްއިއްޔާއިން ވޯޓުލުމަށް ހަދާފައިވާ މޮޑެލްއެއް ދައްކާލަނީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ލޯފަން މީހުންނަށް އެކަނި ވޯޓު ލެވޭނެކަމުގެ ޔަގީންކަން ދެއްވާކަމަށް, އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ، ކޮމިޝަނުން ތިއްބެވީ ޔަގީނުންވެސް ލޯފަން މީހުންނަށް އަމިއްލައަށް ފާހަގަޖެހުމުގެ ފުރުސަތު ހޯދައިދޭން ކަމަށެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ، މިފަހަރު ރިޔާސީ އިންތިހާބުގައި އެންމެ ބޮޑަށް ދެއްވާ ޔަގީންކަމަކީ، ވޯޓުލާ މަރުކަޒަށް އައުމަށްފަހުގައި އެމީހަކު އަމިއްލައަށް އެމީހަކު އިހްތިޔާރުކުރާ ކެންޑިޑޭޓަކަށް މިނިވަންކަމާއެކު ވޯޓުލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ޔަގީންކޮށްދޭނެކަން ކަމަށެވެ. ވޯޓިންގ ބޫތުގައި އެމީހަކަށް އެއްވެސް ނުފޫޒެއް ނޯންނާނެކަން ކޮމިޝަނުން ކަށަވަރުކޮށްދެއްވާނެ ކަމަށާއި، ލޯފަން މީހުންނަށްވެސް އަމިއްލައަށް ވޯޓުލުމުގެ ހައްގު ކަށަވަރުކޮށްދެއްވާނެ ކަމަށެވެ.

ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް އެކަނި ވޯޓުލެވޭގޮތް ހެދުމަށް ގާނޫނަށް އިސްލާހު ވަނީ ހުށަހަޅާފައެވެ.

އާންމު އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، އިންތިހާބުތަކުގައި ވޯޓުލާ ފަރާތްތަކުގެ ތެރެއިން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމުގެ ފުރުސަތު ހަމަޖައްސައިދިނުމަށްޓަކައި، އެ ފަރާތްތަކުން ވޯޓުލާއިރު އެކަމަށް ހާއްސަކޮށްފައިވާ ޕްލާސްޓިކް ޓެމްޕްލޭޓެއް މެދުވެރިކޮށް ވޯޓުކަރުދާހުގައި ފާހަގަޖެހޭނެ އިންތިޒާމް، އެފަދަ ފަރާތްތަކުގެ ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވޭނެ އުސޫލަކުން ހަމަޖައްސައިދިނުމަށްޓަކައި ގެންނަ އިސްލާހުތަކެކެވެ.

މި ގާނޫނުގެ 45 ވަނަ މާއްދާގެ (ށ)ގެ ފަހަތަށް އަކުރެއް އިތުރުކޮށް، އެ އަކުރަކީ (ނ)ގެ ގޮތުގައި ހަމަޖައްސައި، މި އަކުރުގައި ބުނެފައިވަނީ؛ ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހުންގެ ތެރެއިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން، އެހެން މީހެއްގެ އެހީތެރިކަމާނުލައި ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖަހަން އެދޭނަމަ، މި ގާނޫނުގެ 1-45 ވަނަ މާއްދާގައި ބަޔާންކުރާ ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުކަރުދާހުގައި ފާހަގަޖެހިދާނެ ކަމަށެވެ.

މި ގާނޫނުގެ 45 ވަނަ މާއްދާގެ ފަހަތަށް 1-45 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް ވަނީ އިތުރުކޮށްފައެވެ. މި މާއްދާގައި ބުނެފައިވަނީ، މި ގާނޫނުގެ 45 ވަނަ މާއްދާގެ (ނ)ގައި ބަޔާންކުރާ ހާލަތުގައި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހަކު، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށްޓަކައި ބޭނުންކުރާނީ، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ވޯޓު ކަރުދާސް ޓެމްޕްލޭޓެވެ.

މި މާއްދާގެ (ށ)ގައި ބުނެފައިވަނީ؛ ވޯޓު ކަރުދާސް ޓެމްޕްލޭޓަކީ، ވޯޓު ކަރުދާސް އޭގެ ތެރެއަށް ލައިގެން ނުވަތަ ވޯޓު ކަރުދާހުގެ މަތީގައި ވަގުތީގޮތުން ހަރުކޮށްގެން، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓުލުމަށް އެހީތެރިވެދޭ ގޮތަށް ތައްޔާރުކޮށްފައިވާ، އެތެރެ ފެންނަ ޕްލާސްޓިކް ޑިވައިސްއެއް ކަމަށެެވެ. އެ ޓެމްޕްލޭޓް އޮންނަންވާނީ ވޯޓު ކަރުދާހާ އެއްވަރަށް، އަދި އެ ޓެމްޕްލޭޓުގެ ތެރެއަށް ވޯޓު ކަރުދާސްލުމުން އެ ނުގުޑާފަދައަކުން، ކޮންމެ ކެންޑިޑޭޓެއްގެ ކެންޑިޑޭޓް ނަންބަރު ޓެކްޓައިލްކޮށްފައި، އަދި އެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށްޓަކައި ފާހަގަޖަހަންޖެހޭ ގޮޅިއާ ދިމާލުގައި ފާހަގަޖެހޭގޮތަށް އެ ޓެމްޕްލޭޓުގައި ކެނޑުމެއް ހިމެނޭ ގޮތަށެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު