Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންތިހާބުތަކާ ބެހޭ އާންމު ގާނޫނު

ލޯފަން މީހުންނަށް އެކަނި ވޯޓުލެވޭގޮތަށް ގެންނަ އިސްލާހާއެކު ގޮންޖެހުންތައް އެބަހުރި، ނަމަވެސް ހައްލު ހޯދޭނެ - އިލެކްޝަންސް

ލޯފަން މީހުންނަށް އަމިއްލައަށް ފާހަގަޖެހޭގޮތަށް ހުށަހެޅިފައިވާ އިސްލާހު އެއީ މުހިންމު އިސްލާހެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 އެޕްރީލު 2023 | ހޯމަ 10:54
ލޯފަން މީހުންގެ ޖަމިއްޔާއިން ވޯޓުލުމަށް ހަދާފައިވާ މޮޑެލްއެއް ދައްކާލަނީ

ލޯފަން މީހުންގެ ޖަމިއްޔާއިން ވޯޓުލުމަށް ހަދާފައިވާ މޮޑެލްއެއް ދައްކާލަނީ

ލޯފަން މީހުންނަށް އެކަނި ވޯޓުލެވޭގޮތަށް ގެންނަ އިސްލާހާއެކު ގޮންޖެހުންތައް އެބަހުރި، ނަމަވެސް ހައްލު ހޯދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ، އިސްލާހާ ގުޅިގެން މައިގަނޑު 2 ކަމެއް ފާހަގަކުރެވޭ ކަމަށާއި، އެއްކަމަކީ އިންތިހާބުތައް ކައިރިވެފައިވަނިކޮށް އިންތިހާބުތަކާއި ބެހޭ އެއްވެސް ގާނޫނަކަށް އިސްލާހު ހުށަހެޅުމަކީ އެންމެ ރަނގަޅުގޮތެއް ނޫން ކަމަށެވެ. ބެސްޓް ޕްރެކްޓިސްއަކީ، އިންތިހާބުތަކާ ގާތްވެފައިވަނިކޮށް ގާނޫނުތަކާއި ގަވާއިދުތަކަށް އިސްލާހު ނުގެނައުން ކަމަށާއި، އިލެކްޝަންސް ކޮމިޝަނުންވެސް އެގޮތަށް އެދިފައިވާނެ ކަމަށެވެ.

Advertisement - newsAdvertisement

އަދި އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް މިހާރު ހުށަހެޅިފައިވާ އެންމެ މުހިންމު އެއް އިސްލާހުގެ ގޮތުގައި ލޯފަން މީހުންނަށް އަމިއްލައަށް ފާހަގަޖެހޭގޮތަށް ހުށަހެޅިފައިވާ އިސްލާހު އެއީ މުހިންމު އިސްލާހެއް ކަމަށާއި، އިލެކްޝަންސް ކޮމިޝަނުން ދިޔައީ ލޯފަން މީހުންނަށް އަމިއްލައަށް ފާހަގަ ޖެހުމުގެ ގޮތުން އިދާރީ ގޮތުން ދިރާސަތަކެއްކޮށް، ތައްޔާރީތަކެއް ވަމުން ކަމަށެވެ. އޭނާ ވިދާޅުވީ ބައެެއް ޑޮކިއުމެންޓްތައް ތައްޔާރުކޮށް ބައެއްކަހަލަ ސާމްޕަލްތައް އެކުލަވާލާ ދެ ބައްދަލުވުމެއް ލޯފަން މީހުންގެ ޖަމިއްޔާއާއެކީގައި މީގެ ކުރިން ކުރިއަށް ގެންދިޔަ ކަމަށެވެ.

ހަސަން ވިދާޅުވީ މިހާރު އިސްލާހުގައިވަނީ؛ ޓެމްޕްލޭޓެއް އޮންނަންވާނެ ކަމަށާއި އެ ޓެމްޕްލޭޓް އޮންނަންޖެހޭނީ ވަކި ގޮތަކަށް ކަމާއި، އެ ޓެމްޕްލޭޓުގައި ހިމެނޭ ބައިތަކަކީ ކޮބައިކަން ކަމަަށެވެ. ގާނޫނަށް އިސްލާހު ނުގެނެސް އެ ޓެމްޕްލޭޓަށް ބަދަލެއް ނުގެނެވޭނެ ކަމަށާއި، އެހެންވީމައި އެހާބޮޑަށް، ފާހަގަ ޖަހާނެ ގޮތާއި އެ ޓެމްޕްލޭޓް އޮންނާނެ ގޮތާއި ކަރުދާސް ލައްވާނެގޮތް، މިހާ ތަފްސީލުކޮށް ގާނޫނެއްގައި ބަޔާންކުރެވުނީމައި ޕްރެކްޓިކަލީ އެކަން ކުރުން އެއީ ކިހާ ގޮންޖެހުން ބޮޑު ކަމެއްތޯ ވޯޓުލުމުގެ ދާއިރާގައި އުޅޭ ކޮންމެ މީހަކަށްވެސް ތަސައްވުރު ކުރެވޭނެ ކަމަށެވެ.

ހަސަން ވިދާޅުވީ އެހާލަތުގައި ޓެމްޕްލޭޓެއް ބޭނުންކުރާނީ ކިހިނެއްތޯ، ޕްރެކްޓިކަލީ މިކަން ކުރެވޭނީ ކިހިނެއްތޯ އެއީ ދިރާސާކޮށް ބަލައިގެން ނޫނިއްޔާ، ކުއްލިއަކަށް ގާނޫނަށް މިހާ ތަފްސީލުކޮށް އިސްލާހު ގެނެސްގެން ކުރާނަމަ ގޮންޖެހުން ބޮޑުކަމަކަށް ވެދާނެ ކަމަށެވެ. އަދި ފަހަރެއްގައި ވެސް އެ ވާހަކަ ވިދާޅުވީ ލޯފަން މީހުންނަށް އަމިއްލައަށް ފާހަގަ ޖެހުމަށް ހުރަސް އެޅޭ މާނައެއްގައި ނޫން ކަމަށާއި، އެހެންނަމަވެސް ޕްރެކްޓިކަލީ އެކަންކުރުމުގައި ހުރި ގޮންޖެހުންތައް ހުރުމުން ކަމަށެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު