Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާޒިޔާގެ ކެޕްޓަނުން

މާޒިޔާގެ ކެޕްޓަނަކަށް ސަމުއްޓެ

3 އެޕްރީލު 2023 | ހޯމަ 02:54

ކުރީގެ ކެޕްޓަން އަސަދުالله ވަނީ ކްލަބް ދޫކޮށްލާފައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 3 އެޕްރީލު 2023 | ހޯމަ 02:54
ކެޕްޓަން ސަމޫހުއާއި ވައިސް ކެޕްޓަނުން

ކެޕްޓަން ސަމޫހުއާއި ވައިސް ކެޕްޓަނުން

އާ ސީޒަނަށް މާޒިޔާގެ ކެޕްޓަނަކަށް ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓެ) ހަމަޖައްސައިފިއެވެ.

ސަމުއްޓެއަކީ ޤައުމީ ފުޓްބޯޅަ ޓީމު އެންމެ ފަހުން ޕާކިސްތާނާ ދެކޮޅަށް ކުޅުނު ބައިނަލްއަޤްވާމީ ރަހުމަތްތެރިކަމުގެ މެޗުގައި ވެސް ކެޕްޓަނެވެ. ޤައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބުދުލްޣަނީއަށް އަނިޔާވި ފަހުން, ޓީމުގެ ކެޕްޓަނަކީ ޑިފެންޑަރު ސަމޫހުއެވެ. މިދިޔަ އަހަރުތަކުގައި މާޒިޔާގެ ކެޕްޓަން ބޭންޑް އަޅައިގެން ވެސް ގިނަ މެޗުތަކެއް އޭނާ ކުޅުނެވެ. ޚާއްޞަކޮށް މިދިޔަ ސީޒަންގައި ކެޕްޓަން އަސަދުالله އަނިޔާގައި ބޮޑުބައެއް ހޭދަކުރިއިރު ޓީމު ލީޑްކުރުމުގައި ސަމުއްޓެގެ ދައުރު ބޮޑެވެ. އޭނާ މާޒިޔާއާ ގުޅުނީ 2016 ވަނަ އަހަރުއެވެ. އޭނާ އަކީ ފިޓްކޮށް ހުންނަ ނަމަ ޤައުމީ ޓީމާއި މާޒިޔާގައި ވެސް ފުރަތަމަ އެގާރަ ޔަޤީން ކުޅުންތެރިއެކެވެ.

މާޒިޔާގެ ވައިސްކެޕްޓަނުންނަށް ހަމަޖެއްސީ މިދިޔަ ދެ ސީޒަންގައި ވެސް ވައިސް ކެޕްޓަނުންގެ ގޮތުގައި ތިބި މިޑްފީލްޑަރ މުޙައްމަދު އިރުފާނު (އިރޭ) އާއި, ޑިފެންޑަރު ހަސަން ޝިފާޒު (ޑުންގާ) ގެ އިތުރުން މިދިޔަ ދެ އަހަރުގެ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ ހަމްޒާ މުޙައްމަދު (ހަމްޕު) އެވެ.

މިދިޔަ އަހަރުތަކުގައި މާޒިޔާގެ ކެޕްޓަންކަންކުރި އަސަދުالله އަބުދުالله ވަނީ ކްލަބް ދޫކޮށްލާފައެވެ. އޭނާ ބަދަލުވާނެކަމަށް ބެލެވެނީ ވެލެންސިޔާއަށެވެ. އަސަދުالله މާޒިޔާ ދޫކޮށްލަނީ 11 އަހަރަށްފަހުއެވެ. މާޒިޔާ ފުރަތަމަ ޑިވިޝަންގައި ހޯދި ހުރިހާ ކާމިޔާބީއެއްގައި އަސަދުالله އަކީ ޓީމްގެ ލީޑަރެވެ. އެންމެ މުހިއްމު ކުޅުންތެރިޔާއެވެ.

ސީޒަންގައި މާޒިޔާގެ ރަސްމީ ފުރަތަމަ މެޗުގައި ހޯމަދުވަހުގެރޭ ނުކުންނާނީ އީގަލްސްއާ ދެކޮޅަށެވެ. އެއީ ސީޒަން ހުޅުވަން ކުޅޭ ޗެރިޓީ ޝީލްޑް މެޗަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2018

ނިއުގެ ކެޕްޓަނަކަށް ދަގަނޑޭ

30 ޖެނުއަރީ 2018
ނިއުގެ ކެޕްޓަނަކަށް ދަގަނޑޭ
21 ޖެނުއަރީ 2018

އަސައްކޮ މާޒިޔާގެ އާ އެއްބަސްވުމުގައި ސޮއިކޮށްފި

21 ޖެނުއަރީ 2018
އަސައްކޮ މާޒިޔާގެ އާ އެއްބަސްވުމުގައި ސޮއިކޮށްފި
24 ޑިސެމްބަރު 2017

މާޒިޔާގެ އެއްބަސްވުން ޔާމްބެވެސް އާކޮށްފި

24 ޑިސެމްބަރު 2017
މާޒިޔާގެ އެއްބަސްވުން ޔާމްބެވެސް އާކޮށްފި
01 ނޮވެމްބަރު 2017

ގައުމީ ޓީމު ދޫކޮށް، އިންމަ މާޒިޔާގެ ކޯޗުކަމާ ހަވާލުވެއްޖެ

01 ނޮވެމްބަރު 2017
ގައުމީ ޓީމު ދޫކޮށް، އިންމަ މާޒިޔާގެ ކޯޗުކަމާ ހަވާލުވެއްޖެ
06 ޖުލައި 2017

އެފްއޭއެމުން މާޒިޔާގެ ތިން އޮފިޝަލަކަށް ފިޔަވަޅު އަޅައިފި

06 ޖުލައި 2017
އެފްއޭއެމުން މާޒިޔާގެ ތިން އޮފިޝަލަކަށް ފިޔަވަޅު އަޅައިފި
17 އެޕްރީލު 2017

ޒުވާން ނެޓްބޯޅަ ޓީމުގެ ކެޕްޓަނަކަށް ހަންނަ

17 އެޕްރީލު 2017
ޒުވާން ނެޓްބޯޅަ ޓީމުގެ ކެޕްޓަނަކަށް ހަންނަ
04 އެޕްރީލު 2017

ފަހު ސިކުންތުގައި މާޒިޔާގެ މައްޗަށް ބެންގަލޫރު އެފްސީ ކުރިހޯދައިފި

04 އެޕްރީލު 2017
ފަހު ސިކުންތުގައި މާޒިޔާގެ މައްޗަށް ބެންގަލޫރު އެފްސީ ކުރިހޯދައިފި
14 މާރިޗު 2017

އޭއެފްސީ ކަޕް: އަބަހާނީ ބަލިކޮށް މާޒިޔާގެ ފެށުން ރަނގަޅުކޮށްފި

14 މާރިޗު 2017
އޭއެފްސީ ކަޕް: އަބަހާނީ ބަލިކޮށް މާޒިޔާގެ ފެށުން ރަނގަޅުކޮށްފި
05 ފެބުރުއަރީ 2017

ނިއުގެ ކެޕްޓަނަކަށް އިމްރާން ހަމަޖައްސައިފި

05 ފެބުރުއަރީ 2017
ނިއުގެ ކެޕްޓަނަކަށް އިމްރާން ހަމަޖައްސައިފި
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް