Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނިއު ރޭޑިއަންޓް

ނިއުގެ ކެޕްޓަނަކަށް ދަގަނޑޭ

ވައިސް ކެޕްޓަނުންނަށް ހަމަޖައްސާފައި ވަނީ ސެންޓޭ އަދި އަކްރަމް

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 30 ޖެނުއަރީ 2018 | އަންގާރަ 13:18
ކެޕްޓަން ބޭންޑް ހަވާލުކުރުމުގެ ރަަސްމިއްޔާތުގެ ތެރެއިން

ކެޕްޓަން ބޭންޑް ހަވާލުކުރުމުގެ ރަަސްމިއްޔާތުގެ ތެރެއިން

މި ފެށޭ ސީޒަނުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކެޕްޓަން ބޭންޑް ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)އާ ހަވާލުކޮށްފިއެވެ.

ދަގަނޑޭއާ ކެޕްޓަން ބޭންޑް ހަވާލުކޮށްފައިވާއިރު އެ ޓީމުގެ ސީނިއާ ވައިސް ކެޕްޓަނުގެ ގޮތުގައި މި ސީޒަނުގައި ފެނިގެންދާނީ ފާއިތުވެދިޔަ ދެ ސީޒަނުގައި ވެސް ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ ފާސިރު (ސެންޓޭ)އެވެ. ހަމައެހެންމެ މި ދެ ކުޅުންތެރިން ދަނޑުމަތީގައި ނެތިއްޖެ ހާލަތެއްގައި ބޭންޑް އަޅާނެ ވައިސް ކެޕްޓަނެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ އިތުބާރު ޑިފެންޑަރު އަކްރަމް އަބްދުލްޣަނީއެވެ.

މި ކުޅުންތެރިންނަށް ކެޕްޓަން ބޭންޑް ހަވާލުކޮށްފައި ވަނީ އުރީދޫ މޯލްޑިވްސްގެ އެމްބެސަޑަރެއްގެ ގޮތުގައި އެ ކްލަބް ހަމަޖެއްސުމަށް ޓާފް ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި ކުޅުންތެރިންނަށް ކެޕްޓަން ބޭންޑް ހަވާލުކޮށްދެއްވީ އުރީދޫގެ ސީއީއޯ ނަޖީބް ޚާންއެވެ. މިދިޔަ ސީޒަނުގައި ނިއުގެ ބޭންޑް އަޅައިގެން ކުޅުނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު ކަމަށްވާ އިމްރާން މުހައްމަދު (އިންމަ)އެވެ. އިންމަ އަތުން ބޭންޑް ނެގި ސަބަބެއް ނިއު އިން ހާމަކޮށްފައެއް ނުވެއެވެ. ލަފާކުރެވޭ ގޮތުގައި އޭނާ އަތުން ބޭންޑް ނަގާފައި ވަނީ މި ފެށޭ ސީޒަނުގެ ހުރިހާ މެޗެއްގައި އިންމަ ފެނުމަކީ ވުމަށް ވުރެން ނުވުން ގާތް ކަމެއް ކަމުގައި ވާތީއެވެ.

މި ކުޅުންތެރިންނާ ބޭންޑް ހަވާލުކުރުމަށް ފަހު ވާހަކަ ދައްކަމުން ނިއުގެ ޗެއާމަން ކާނަލް ރިޓަޔާޑް މުހައްމަދު ޒިޔާދު ވިދާޅުވީ އުއްމީދަކީ މި ބޭންޑް ހަވާލުކުރެވުމަކީ ޗެލެންޖެއްގެ ގޮތުގައި އެ ކުޅުންތެރިން ދެކުން ކަމަށާއި އެ ކުޅުންތެރިންގެ ލީޑާޝިޕްގެ ދަށުން ނިއު އެހެން ހަރުފަތަކަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ކްލަބް ވެލެންސިއާ ދޫކޮށްލުމަށް ފަހު ދަގަނޑޭ އެންމެ ފުރަތަމަ ނިއުއާ ގުޅުނީ 2006 ވަނަ އަހަރުއެވެ. އެ އަހަރު އޭނާގެ މޮޅު ކުޅުމާ އެކު ނިއު އިން އެފްއޭކަޕާއި ދިވެހި ޕުރިމިއާ ލީގު ކާމިޔާބުކުރިއެވެ. އަދި ޖެހިގެން އައި އަހަރު ޕްރެޒިޑެންޓްސް ކަޕާއި އެފްއޭކަޕް ނިއުއަށް ކާމިޔާބުކޮށްދިނުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރިއެވެ.

ދަގަނޑޭއަކީ ނިއުގެ އެންމެ ކާމިޔާބު ސީޒަންތަކުގައި އެޓީމުގައި ހިމެނުނު މުހިންމު ކުޅުންތެރިއެކެވެ. އެގޮތުން އޭނާގެ ކެޕްޓަން ކަމުގެ ދަށުން އެ ކްލަބު 2012 ވަނަ އަހަރުގެ ދިވެހި ލީގު ކާމިޔާބުކުރީ އެއްވެސް މެޗަކުން ބަލިނުވެއެވެ. ޖެހިގެން އައި 2013 ވަނަ އަހަރުގެ ސީޒަންގެ ހުރިހާ ތައްޓެއް 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑަކާ އެކު ނިއުއިން ކާމިޔާބުކުރުމުގައި ދަގަނޑޭ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެ އަހަރުގެ އޭއެފްސީ ކަޕްގައި ވެސް ދަގަނޑޭ ކާމިޔާބުކޮށްދިން ލަނޑުތަކާ އެކު ނިއު ކުއާޓާ ފައިނަލަށް ދަތުރުކުރިއެވެ.

ނިއު ދޫކޮށްލުމަށް ފަހު އޭނާ ޖެހިގެން އައި އަހަރު ބަދަލުވީ މެލޭޝިއާގެ ދެވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ޕީޑީއާރްއެމް އަށެވެ. އެ ކްލަބް ފުރަތަމަ ޑިވިޝަންއަށް ޕްރޮމޯޓުކޮށްދީ މެލޭޝިއާގައި ކުޅޭ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ އެވޯޑު ވެސް އޭނާ ހޯދިއެވެ. އަނިޔާގެ ސަބަބުން ޕީޑީއާރްއެމްއާ އެކު ހަދާފައި އޮތް އެއްބަސްވުން އުވާލުމަށް ފަހު 2016 ވަނަ އަހަރުގެ ސީޒަނުގައި ފަހު ބައިގައި ދަގަނޑޭ ފެނިގެންދިޔައީ މާޒިޔާގެ ފެހި ޖާޒީގައެވެ.

އިތުރަށް ކިޔާލަން

17 އެޕްރީލު 2017

ޒުވާން ނެޓްބޯޅަ ޓީމުގެ ކެޕްޓަނަކަށް ހަންނަ

17 އެޕްރީލު 2017
ޒުވާން ނެޓްބޯޅަ ޓީމުގެ ކެޕްޓަނަކަށް ހަންނަ
05 ފެބުރުއަރީ 2017

ނިއުގެ ކެޕްޓަނަކަށް އިމްރާން ހަމަޖައްސައިފި

05 ފެބުރުއަރީ 2017
ނިއުގެ ކެޕްޓަނަކަށް އިމްރާން ހަމަޖައްސައިފި
28 ޖެނުއަރީ 2017

ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި

28 ޖެނުއަރީ 2017
ކްލަބް ފްރެންޑްލީ: ރެކޯޑު ބަޖެޓަކާ އެކު ނިކުންނަ ނިއުގެ މައްޗަށް ޓީސީ ކުރިހޯދައިފި
25 ޖެނުއަރީ 2017

ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

25 ޖެނުއަރީ 2017
ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
16 ޖެނުއަރީ 2017

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު
11 ޖެނުއަރީ 2017

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ
11 ޖެނުއަރީ 2017

ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
04 ޖެނުއަރީ 2017

ފެންނާނެ ކްލަބް ވަރަށް އަވަހަށް އިއުލާންކުރާނަން: ދަގަނޑޭ

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު