Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޫސާ ޔާމީން (ޔާމްބެ)

މާޒިޔާގެ އެއްބަސްވުން ޔާމްބެވެސް އާކޮށްފި

ޔާމްބެ ވަނީ މާޒިޔާ އަށް މޮޅަށް ކުޅެ ކާމިޔާބީތަކެއް ހޯދާފައި

ލީވާން އަލީ
ލީވާން އަލީ | 24 ޑިސެމްބަރު 2017 | އާދީއްތަ 05:43
މާޒިޔާ އަށް ކުޅެމުން އަންނަ މޫސާ ޔާމީން (ޔާމްބެ) (ވ)

މާޒިޔާ އަށް ކުޅެމުން އަންނަ މޫސާ ޔާމީން (ޔާމްބެ) (ވ)

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅެމުން އަންނަ މޫސާ ޔާމީން (ޔާމްބެ) ކުރިޔަށް ސީޒަނުގައިވެސް ކުޅެން ނިންމައި، އާ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މާޒިޔާއާ 2014 ވަނަ އަހަރު ގުޅުނު ޔާމްބެ ވަނީ އެޓީމާއެކު ފާއިތުވެދިޔަ ސީޒަންތަކުގައި މޮޅު ކުޅުމެއް ދައްކާ ގިނަ ކާމިޔާބީތަކެއްވެސް ހޯދާފައެވެ.

ތޮއްޑޫ ޓީމާއެކު ފުރަތަމަ ޑިވިޝަނުން ފެނުނު ޔާމްބެ ވަނީ އޯލް ޔޫތް ލިންކޭޖް (އޭވައިއެލް) އަދި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށްވެސް ކުޅެ، ކާމިޔާބީތަކެއް ހޯދާފައެވެ.

ޔާމްބެގެ އިތުރުން މާޒިޔާ އަށް ކުޅެމުން އަންނަ މުހައްމަދު އިރުފާން (އިރޭ) ވެސް ވަނީ މާޒިޔާއާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފައެވެ. މާޒިޔާ އިން އަންނަނީ ކުރިޔަށް އޮތް ސީޒަނަށް ޓީމު ވަރުގަދަކުރަމުންނެވެ. އެގޮތުން އެޓީމުން ވަނީ ބައެއް ކުޅުންތެރިންގެ އެއްބަސްވުން އާކޮށް، އިތުރު ކުޅުންތެރިން ހޯދުމަށް މަސައްކަތް ފަށާފައެވެ.

ފާއިތުވެދިޔަ ތިން ސީޒަނުގައި މާޒިޔާގައި މުހިންމު ދައުރެއް އަދާކުރި މުހައްމަދު އުމެއިރު ވަނީ އެ ކްލަބް ދޫކޮށް،ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ގުޅިފައެވެ. އެގޮތުން އުމެއިރު ނެތްތަން ފޫބެއްދުމަށް މާޒިޔާއިން ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ ނާއިޒް ހަސަން (ދާދު) ގެންނަން އުޅޭކަމަށް ދަނީ އަޑުތައް ފެތުރެމުންނެވެ. އެހެން ނަމަވެސް މިކަން އެ ދެ ކްލަބުން ވެސް ދޮގުކުރެއެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2017

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ
14 މާރިޗު 2017

އޭއެފްސީ ކަޕް: އަބަހާނީ ބަލިކޮށް މާޒިޔާގެ ފެށުން ރަނގަޅުކޮށްފި

14 މާރިޗު 2017
އޭއެފްސީ ކަޕް: އަބަހާނީ ބަލިކޮށް މާޒިޔާގެ ފެށުން ރަނގަޅުކޮށްފި
22 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

22 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
16 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
14 ފެބުރުއަރީ 2017

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި

31 ޖެނުއަރީ 2017
ތިމްޕޫއާއި އެއްވަރުކޮށް ވެލެންސިޔާއިން އުއްމީދު އާކޮށްފި
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު