Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭއެފްސީ ކަޕް

ފަހު ސިކުންތުގައި މާޒިޔާގެ މައްޗަށް ބެންގަލޫރު އެފްސީ ކުރިހޯދައިފި

ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ބެންގަލޫރު އެފްސީއިން

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 4 އެޕްރީލު 2017 | އަންގާރަ 19:25
މާޒިޔާ އަދި ބެންގަލޫރު އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން

މާޒިޔާ އަދި ބެންގަލޫރު އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން

އޭއެފްސީ ކަޕްގެ ގުރޫޕު ސްޓޭޖުގައި އަންގާރަ ދުވަހު މާޒިޔާ އާއި ދެކޮޅަށް ކުޅުނު މެޗު އިންޑިއާގެ ބެންގަލޫރު އެފްސީ އިން ކާމިޔާބުކޮށްފި އެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި މި ދެޓީމް ބައްދަލުކުރި މެޗުން ބެންގަލޫރު އެފްސީއިން މޮޅުވީ، މެޗުގެ ފަހު ސިކުންތުގައި ކާމިޔާބުކުރި ލަނޑާއެކު 1-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން، ބެންގަލޫރު އެފްސީގެ ފަރާތުން ފެނިގެންދިޔައީ ވަރަށް އެޓޭކިން ކުޅުމެކެވެ. އެގޮތުން އެޓީމުން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ހަމަލާތަކެށް އުފެއްދޭތޯ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް މާޒިޔާއިން ވަނީ ހުށިޔާރު ކަމާއެކު ބެންގަލޫރުގެ އެޓޭކުތަށް ހުއްޓުވާފަ އެވެ.

ހާއްސަކޮށް އެޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ ހިފެގެއްޓުމުގައި މަޒިޔާގެ ޒުވާން ޑިފެންޑަރު ސަމޫހް ވަނީ މުހިންމު ދައުރެށް އަދާކޮއްފަ އެވެ. އެގޮތުން މެޗްގެ ފަންސަވީސް ވަނަ މިނެޓުގައި އޭރިޔާގެ ތެރެއިން ޗެތުރީ އުފެއްދި ނުރައްކާތެރި ހަމަލާ ސަމޫހު ވަނީ ބްލޮކު ކޮށްފަ އެވެ.

ފުރަތަމަ ހާފުގައި ބެންގަލޫރު އެފްސީން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް މަޒިޔާއިން ވަނީ ލިބުނު ކައުންޓަ އެޓޭކުތަކުގައި އެޓީމުގެ ގޯލަށް ނުރައްކާ ކޮއްފަ އެވެ. އެގޮތުން މެޗުގެ ހަތާވީސް ވަނަ މިނެޓުގައި އުމޭރަށް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތެށް ލިބި ބޭކާރުވެފަ އެވެ. ނަމަވެސް އުމޭރަރަށް ބޯޅަ ކޮންޓުރޯލް ނުކުރެވުމުގެ ސަބަބުން އެފުރުސަތު ވަނީ ބޭކާރުވެފަ އެވެ.

މީގެ އިތުރުން ވެސް ތިރީސް ހަވަނަ މިނެޓުގައި މާޒިޔާއިން ވަނީ ނުރައްކާތެރި ހަމަލާއެށް އުފައްދާފަ އެވެ. ކެޕްޓަން އަސަދުﷲ ޢަބަދުﷲ ފޮނުވާލި ބޯޅަ ބެންގަލޫރު ޓީމުގެ ކީޕަރު ޕަންޗުކޮއްލުމުން ދެވަނަ ފަހަރަށް އުމޭރު އެބޯޅަ ފަނުވާލަން ވަނީ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ބެންގަލޫރުގެ ޑިފެންޑަރު ވަނީ ބޯޅަ ދިފާއުކޮށްފަ އެވެ.

ދެވަނަ ހާފަށް މާޒިޔާއިން ނިކުތީ ބަދަލަކާ އެކުގަ އެވެ. ބިދޭސީ ޑިފެންޑަރު ކަބަޒޮވިޗް ގެ ބަދަލުގައި ކުޅެން ނިކުމެފައިވަނީ ގާސިމް ސަމާމެވެ.

ދެވަނަ ހާފުގައި ވެސް ބެންގަލޫރު އެފްސީގެ ފަރާތުން މާ ގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެ އެވެ. އޭގެ ބަދަލުގައި މާޒިޔާއިން ދިޔައީ ފުރަތަމަ ހާފާ ހިލާފަށް ހަމަލާއެށް އުފެއްދޭތޯ މަސައްކަތް ކުރަމުންނެވެ. އެގޮން ދެވަނަ ހާފުގެ ތެރޭގައި މާޒިޔާއިން ވަނީ އެޓޭކިން ލައިނަށްވެސް ބަދަލު ގެނެސްފަ އެވެ. އަހްމަދު އިމާޒް އާއްކޮގެ ބަދަލުގައި ހުސައިން ނިޔާޒް މުހަންމަދު ބޮކުރީ ކުޅެން އަރުވައި އަރމަތިން ހަމަލަތަކެށް އެފެއްދޭތޯ މާޒިޔާއިން ވަނީ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް މާޒިޔާގެ ކުޅުންތެރިން ވަނީ ގޯލާ އަމާޒުކޮށް ރަނގަޅު ހަމަލާއެށް އުފެއްދޭ ގޮތް ނުވެފަ އެވެ. މެޗްގެ ފުރިހަމަ ވަގުތު ހަމަވާން ގާތްވި ވަރަކަށް ދެޓީމުގެ މެދުގައި ވާދަވެރިކަން ދިޔައީ އިތުރުވަމުންނެވެ. އެގޮތުން މާޒިޔާގެ އެޓޭކުތަށް ހުއްޓުވަން މަސައްކަތް ކުރުމުގެ ތެރޭގައި ބެންގަލޫރު އެފްސީން ވަނީ ގިނަ ފައުލްތަކެށް ކޮށްފަ އެވެ. މެޗު ހޫނު ވަމުންގޮސް ނުވަދިހަ ވަނަ މިނެޓުގުއި ރެފްރީ ވަނީ ބެންގަލޫރު އެފްސީގެ ކޯޗު ބެންޗުން ފޮނުވާލާފަ އެވެ.

މެޗުން މޮޅުވި ލަނޑު ބެންގަލޫރު އެފްސީން ކާމިޔާބުކުރީ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ތިން މިނެޓުގެ ފަހު ސިކުންތުގަ އެވެ. މި ލަނޑު އެޓީމުން ކާމިޔާބުކުރީ ދަނޑުގެ މެދުރޮނގު ކައިރިން ލިބުނު ހިލޭޖެހުމެށް އޭރިޔާގެ ތެރެއަށް ނަގައިދިނުމުން އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޖޯންސަން ގޯލުގެ ތެރެއަށް ފޮނުނާލައިގެންނެވެ.

މި ލަނޑު ކާމިޔާބުކުރި ވަގުތު މާޒިޔާގެ ކެޕްޓަން އަސަދުﷲ ފިޔަވާ ހުރިހާ ކުޅުންތެރިންވެސް ތިބީ އޭރިޔާގެ ތެރޭގަ އެވެ.

މެޗުން ހޯދި ތިން ޕޮއިންޓާއެކު ބެންގަލޫރު އެފްސީ ވަނީ ޖުމްލަ ހަ ޕޮއިންޓާއެކު ގުރޫޕު އީގެ ކުރި ހޯދާފަ އެވެ. އެޓީމަށް 6 ޕޮއިންޓް ލިބެނީ ގުރޫޕު ސްޓޭޖުގައި ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށްގެންނެވެ. ގުރޫޕުގެ ދެވަނާގައި މާޒިޔާ އޮތީ ތިން ޕްއިންޓާއެކުގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު