Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޑްރައިވަރު ނެތި ދުއްވާ ކާރު

ބިލް ގޭޓްސް، ޑްރައިވަރެއްނެތް ކާރެއްގައި ލަންޑަން ތެރޭގައި ބުރުޖަހާލައިފި

އަމިއްލަ ޒާތުގައި ދުވާގޮތަށް ފަރުމާކޮށްފައިވާ މި ކާރަކީ ވެހިކަލް ދުއްވުމުގެ މުސްތަގްބަލް ކަމަށް އޭނާގެ ބްލޮގްގައި ގޭޓްސް ސިފަކޮށްފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 2 އެޕްރީލު 2023 | އާދީއްތަ 17:18
ބިލް ގޭޓްސް ފިޝް އެންޑް ޗިޕްސް ކަނީ

ބިލް ގޭޓްސް ފިޝް އެންޑް ޗިޕްސް ކަނީ

މަޝްހޫރު މަހުޖަނު ބިލް ގޭޓްސް، ދާދި ފަހުން ވަނީ ލަންޑަންތެރޭގައި ކާރު ދުއްވާލުމަށް ގޮސްފައެވެ. ނަމަވެސް ކާރު ދުއްވީ އޭނާއެއްނޫނެވެ. އަދި އެހެން ޑްރައިވަރެއްވެސް ނޫނެވެ. ގޭޓްސް ދުއްވާފައިވަނީ އަމިއްލަ ޒާތުގައި ދުވާ ކާރެކެވެ. އަދި އޭނާ ވަނީ މި އާދަޔާ ޚިލާފް ތަޖްރިބާގެ ވާހަކަތައް އޭނާގެ ބްލޮގްގައި ހިއްސާކޮށްފައެވެ. ކާރުގެ ސިސްޓަމަށް ކުރިން ފީޑްކުރެވޭ ޕްރޮގްރާމްތަކަކާ އެއްގޮތަށް، އަމިއްލަ ޒާތުގައި ދުވާގޮތަށް ފަރުމާކޮށްފައިވާ ކާރަކީ ވެހިކަލް ދުއްވުމުގެ މުސްތަގްބަލް ކަމަށް އޭނާގެ ބްލޮގްގައި ގޭޓްސް ސިފަކޮށްފައިވެއެވެ.

ގޭޓްސް ދުއްވާލުމަށް ޚިޔާރުކުރި ކާރު އުފައްދާފައިވަނީ އިގިރޭސި ޓެކް ސްޓާޓް-އަޕްއެއް ކަމަށްވާ ވޭވްއިންނެވެ. ގޭޓްސްގެ ބްލޮގް "ހޭންޑްސް އޯފް ދަ ވީލް"ގައި ބުނެފައިވާގޮތުގައި، މަގުމަތީގެ ގަވާއިދުތައް މިވަނީ ބަދަލުވާން ތައްޔާރުވެފައެވެ. އަދި އިންސާނުން އެމީހުންގެ ވެހިކަލްތަކުގެ ކޮންޓްރޯލް މެޝިންތަކަކަށް ދޫކޮށްލާ ދުވަސް ދާދި އަވަހަށް އަތުވެދާނެ ކަމަށް ގޭޓްސް ލިޔެފައިވެއެވެ.

ލަންޑަންގެ މަގުތަކުގައި ޓްރެފިކް ހުރީ ވެހިކަލެއް ދުއްވަން ވަރަށް އުނދަގޫވާނެ ގޮތަކަށް ނަމަވެސް، އޭނާ ދުއްވި ޑްރައިވަރު ނެތް ކާރު ކުޅަދާނަކަމާއެކު ޓްރެފިކުން ނައްޓަމުން ކުރިޔަށް ދިޔަ ގޮތާމެދު ގޭޓްސް އިނީ ވަރަށް ހައިރާންވެފައި ކަމަށް ވެއެވެ.

ގޭޓްސް ކާރު ދުއްވާލަން ނުކުތް ދަތުރުގައި ރިޒަރވް ޑްރައިވަރެއްވެސް ގެންދިޔަކަމަށްވެއެވެ. އޭނާ ބައެއް ހިސާބުތަކުގައި ހުންގާނުގައި ހިފާފައި ވެއެވެ. މި ބުރު ޖަހާލުމުގައި ދެން ބައިވެރިވީ ވޭވް ސްޓާޓްއަޕްގެ ސީއީއޯ އަދި ފައުންޑަރ، އެލެކްސް ކެންޑާލްއެވެ.

ގޭޓްސް އިތުރަށް ލިޔެފައިވާގޮތުގައި ވޭވްގެ އުފެއްދުން، އަމިއްލަޔަށް ދުވާ އެހެން ކާރުތަކާ ތަފާތެވެ. އެހެން ކާރުތައް ދުއްވެނީ ކާރުގެ ސިސްޓަމަށް ލޯޑްކޮށްފައިވާ މަގުތަކުގައި ކަމަށް ވާއިރު، ވޭވްކާރު ހީވަނީ މީހަކު ހުންގާނުގައި އިނދެގެން ދުއްވާހެން ކަމަށް ގޭޓްސް ލިޔެފައިވެއެވެ. މީހުންވެސް ކާރު ދުއްވަން ދަސްކުރާގޮތަށް މިކާރުވެސް މަގުތަކަށް ފަރިތަވުމަށްޓަކައި ހަގީގީ މަގެއްގައި ދުއްވައި ހަގީގީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭކަމަށް ލިޔެފައި ވެއެވެ.

ބިލްގޭޓްސް ކާރު ދުއްވާލަން ދިޔަ ދަތުރުގައި ފިޝްއެންޑް ޗިޕްސް ގަނެގެން, ކެއުމުގެ ބުރެއްވެސް ކާރުގައި ބޭއްވި ކަމަށް ވެއެވެ.

އިތުރަށް ކިޔާލަން

11 އޯގަސްޓު 2019

ރާއްޖެއަށް ނިސްބަތްވާ މޮޑެލްއެއް އެމެރިކާގެ ބިލްބޯޑެއްގައި!

11 އޯގަސްޓު 2019
ރާއްޖެއަށް ނިސްބަތްވާ މޮޑެލްއެއް އެމެރިކާގެ ބިލްބޯޑެއްގައި!
14 ޖުލައި 2019

ރިތިކްގެ "ކާބިލް"އަށް ވުރެ ބޮޑު އާމްދަނީއެއް "ސުޕަރ 30" އަށް ލިބިއްޖެ

14 ޖުލައި 2019
ރިތިކްގެ "ކާބިލް"އަށް ވުރެ ބޮޑު އާމްދަނީއެއް "ސުޕަރ 30" އަށް ލިބިއްޖެ
14 މެއި 2019

ކާބިލް ޗައިނާގައި ރިލީޒް ކުރަނީ

14 މެއި 2019
ކާބިލް ޗައިނާގައި ރިލީޒް ކުރަނީ
25 ޖޫން 2018

ކަރިޝްމާގެ އުފަންދުވަސް ފާހަގަކުރުން ލަންޑަންގައި

25 ޖޫން 2018
ކަރިޝްމާގެ އުފަންދުވަސް ފާހަގަކުރުން ލަންޑަންގައި
14 ޖޫން 2018

ދީޕިކާ ދިރިއުޅޭ ބިލްޑިންގގައި އަލިފާން ރޯވެއްޖެ

14 ޖޫން 2018
ދީޕިކާ ދިރިއުޅޭ ބިލްޑިންގގައި އަލިފާން ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު