Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ދީޕިކާ ދިރިއުޅޭ ބިލްޑިންގގައި އަލިފާން ރޯވެއްޖެ

ދީޕިކާއަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވޭ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 14 ޖޫން 2018 | ބުރާސްފަތި 05:44
ދީޕިކާ ޕަދުކޯން

ދީޕިކާ ޕަދުކޯން

ބޮލީވުޑް އެކްޓްރެސް ދީޕިކާ ޕަދުކޯން ދިރިއުޅޭ އިމާރާތުގައި އަލިފާން ރޯވެއްޖެއެވެ.

ބުދަ ދުވަހު މެންދުރު ފަހު ހިނގި މިހާދިސާގައި ދިޕިކާއަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގުމާ ގުޅިގެން ދީޕިކާގެ ފޭނުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އޭނާ ކޮށްފައިވާ ޓްވީޓެއްގައި ވަނީ އޭނާ ހުރީ ރައްކާތެރިކަމާއެކު ކަމަށް ބުނެފައެވެ. އަދި ކަންބޮޑުވުން ފާޅު ކުރުމުން އޭނާ ވަނީ ފޭނުންނަށް ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން ދީޕިކާ ވަނީ ފުރާނަ އަތްމައްޗަށް ލައިގެން އަލިފާން ނިންވުމުގެ މަސައްކަތް ކުރަމުންދިޔަ އެންމެން ރައްކާތެރި ކުރުމަށް ދުއާ ކުރުމަށް އެދިފައެވެ.

މި ހާދިސަ ހިނގާފައި ވަނީ މުމްބާއީގައި ހުންނަ ޕްރަބަދޭވީ ބިއުމޮންޑޭ ޓަވަރުގެ 33 ވަނަ ބުރީގައެވެ.

ދީޕިކާ ދިރިއުޅެމުންދަނީ އެ އިމާރާތުގެ 26 ވަނަ ބުރީގައެވެ. މިހާދިސާގައި ދީޕިކާ ދިރިއުޅެމުންދާ އެޕާޓްމަންޓަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ޚަބަރުތައް ބުނާ ގޮތުން އަލިފާނުގެ ހާދިސާ ހިނގި އިރު ދީޕިކާ ވަނީ އިސްތިހާރެއް ޝޫޓް ކުރުމަށް ބޭރަށް ގޮސްފައއެވެ.

މި އަލިފާނުގެ ހަދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ޚަބަރުތައް ބުނެއެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ 25 ވަނ ދުވަހު ރިލީޒްކުރި ދީޕިކާގެ ފިލްމް "ޕަދްމާވަތު" ރިލީޒްކުރި ފަހުން އެއްވެސް ފިލްމެއްގެ މަސައްކަތް ކުރަމުންދާ ކަމަށް ދީޕިކާ އަދި ބުނެފައެއް ނުވެއެވެ. އެހެން ނަމަވެސް ހޮލީވުޑް ޕްރެންޗައިސް "ޓްރިޕްލް އެކްސް"ގެ މަސައްކަތް ފަށަން އެޅޭ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. އޭގެ ފަހުން ނުކުން ފިލްމުގައި ދީޕިކާ ވަނީ މުހިންމު ރޯލެއް އަދާކޮށްފައެވެ.

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2017

ދެންވެސް ދީޕިކާ އެންމެ އަވަހަށް ފެންނާނީ ބަންސާލީގެ ފިލްމަކުން

07 ނޮވެމްބަރު 2017
ދެންވެސް ދީޕިކާ އެންމެ އަވަހަށް ފެންނާނީ ބަންސާލީގެ ފިލްމަކުން
27 އޮކްޓޯބަރު 2017

"ގޫމަރު" ލަވައަކީ މިހާތަނަށް އެކްޓު ކޮށްފައިވާ އެންމެ އުނދަގޫ ލަވަ: ދީޕިކާ

27 އޮކްޓޯބަރު 2017
"ގޫމަރު" ލަވައަކީ މިހާތަނަށް އެކްޓު ކޮށްފައިވާ އެންމެ އުނދަގޫ ލަވަ: ދީޕިކާ
08 އޮކްޓޯބަރު 2017

ޑިޕްރެޝަންގެ ސަބަބުން ކުރިމަތިވީ ބިރުވެރި ތަޖުރިބާއެއް، އަލުން ދިމާވެދާނެތީ ބިރުގަނޭ: ދީޕިކާ

08 އޮކްޓޯބަރު 2017
ޑިޕްރެޝަންގެ ސަބަބުން ކުރިމަތިވީ ބިރުވެރި ތަޖުރިބާއެއް، އަލުން ދިމާވެދާނެތީ ބިރުގަނޭ: ދީޕިކާ
15 ސެޕްޓެމްބަރު 2017

"ކިކް 2" ގައި ސަލްމާނާ އެކު ދީޕިކާ

15 ސެޕްޓެމްބަރު 2017
"ކިކް 2" ގައި ސަލްމާނާ އެކު ދީޕިކާ
28 އޯގަސްޓު 2017

"ސަޕްނާ ދީދީ"އިން ފެންނާނީ ދީޕިކާ އާއި އިރްފާން

28 އޯގަސްޓު 2017
"ސަޕްނާ ދީދީ"އިން ފެންނާނީ ދީޕިކާ އާއި އިރްފާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު