Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއު

ހަންކެޑެ މަޝްރޫއުގެ ކުރިއަށްދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް: ނިޒާރު

2 އެޕްރީލު 2023 | އާދީއްތަ 13:18

މި މަޝްރޫއު ކާމިޔާބު ކަމާއެކު ކުރިއަށްގެންދިއުމަށް ޗައިނާ ސަރުކާރުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަން ފާހަގަކުރެއްވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 2 އެޕްރީލު 2023 | އާދީއްތަ 13:18
ހަންކެޑެ މަޝްރޫއު ކުރިއަށްދާ ސަރަހައްދު މަޝްރޫއުގެ ކޮންޓްރެކްޓަރަށް ދައްކާލަނީ

ހަންކެޑެ މަޝްރޫއު ކުރިއަށްދާ ސަރަހައްދު މަޝްރޫއުގެ ކޮންޓްރެކްޓަރަށް ދައްކާލަނީ

އައްޑޫ ސިޓީ ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން މި މަޝްރޫއުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ޗައިނާގެ، ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީސީ) އާއެވެ. އެ ކުންފުނީގެ ބޭފުޅުންނާއި ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަނުގެ ބޭފުޅުން ވަނީ ހޮނިހިރު ދުވަހު މަޝްރޫއު ކުރިއަށްދާ ސައިޓު ބައްލަވާލައްވައިފައެވެ. އަދި އެ މަޝްރޫއާ ގުޅޭގޮތުން ސިޓީ ކައުންސިލާ މަޝްވަރާ ވެސް ކޮށްފައިވެއެވެ.

Advertisement - newsAdvertisement

މި ޒިޔާރަތާ ގުޅޭގޮތުން "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން ނިޒާރު ވިދާޅުވީ ހަންކެޑެ މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުންޏަކީ ޗައިނާގެ ސަރުކާރުގެ ކުންފުންޏަކަށްވެފައި އެ ކުންފުންޏަކީ ތަޖުރިބާކާރު ކުންފުންޏަކަށްވާތީ މަޝްރޫއު ކުރިއަށްދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އެގޮތުން، މިހާރުވެސް މި މަޝްރޫއުގެ ޑިޒައިނިންގެ މަރުހަލާ ކުރިއަށްދާ ކަމަށާއި ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ސައިޓު މޮބިލައިޒް ކުރާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މި މަޝްރޫއު ކާމިޔާބު ކަމާއެކު ކުރިއަށްގެންދިއުމަށް ޗައިނާ ސަރުކާރުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ނިޒާރު ވިދާޅުވީ މި މަޝްރޫއަކީ އައްޑޫ ރައްޔިތުން ވަރަށް ކުރިން ފެށިގެން އިންތިޒާރު ކުރަމުން އައި މަޝްރޫއެއް ކަމަށާއި އެހެންވެ، އެ ސިޓީގެ ރައްޔިތުން ތިބީ ވަރަށް އުފަލުން ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން އައްޑޫ ސިޓީއަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ފައިދާ ވާނެ ކަމަށާއި ގިނަ އަދަދެއްގެ ވަޒީފާ އުފެދިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގަން އިންޓަނޭޝަނަލް އެއަރޕޯޓު ފުރިހަމަ ގޮތުގައި ހިންގުމަށްވެސް ހަންކެޑެ މަޝްރޫއު ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.

ނިޒާރު އިތުރަށް ވިދާޅުވީ ހަންކެޑެ މަޝްރޫއު ސަރުކާރުން 2 އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވާއިރު ހަންކެޑެ ވަކިކުރުމަށް އެފްކޮންސް އިން ކުރިއަށްގެންދާ ބްރިޖުގެ މަސައްކަތާއެކު އެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށްދާ ޓޫރިޒަމްގެ މަޝްރޫއުތަކާއެކު ސަރުކާރުން ވައުދުވި 8000 އެދު އައްޑޫ ސިޓީއަށް އަންނާނެ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަންކެޑެ މަޝްރޫއަކީ ޗައިނާގެ ބޭންކަކުން އެމްއެފްއެމްސީއަށް ނަގާފައިވާ 142 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ފައިނޭންސިން ފެސިލިޓީއެއްގެ ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި އެ ހަންކެޑެ ޓޫރިޒަމް ޑެވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން 2082 އެނދު ހިމެނޭގޮތަށް 1،041 ކޮޓަރި ތަރައްގީ ކުރާނެއެވެ. މި ޕްރޮޖެކްޓުގެ ދަށުން ތައާރަފު ކުރާ ތަފާތު ގިންތީގެ ހޮޓަލުތަކުގެ ތެރޭގައި ދެ ގްރޭންޑް، ދެ ޑީލަކްސް އަދި 10 ބުޓީކް ހޮޓެލް ހިމެނޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ ތެރޭގައި 64 ސާވިސްޑް އެޕާޓްމަންޓާއި 17 ބީޗް ވިލާވެސް ހިމެނޭއިރު ނޮލެޖް ސެންޓަރ، މިކްސްޑް ސްޕޯޓް ބިލްޑިން، އައުޓްޑޯ ބީޗް ސްޕޯޓްސް އަދ ތިއޭޓަ ފަދަ ރެކްރިއޭޝަނަލް ހިދުމަތްތަކާއި ފުޑް ކޯޓާއި ތަފާތު ރެސްޓޯރަންޓްތަކާއި ފިހާރަތައް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

ހަންކެޑެ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާޢަތް ސިންދަފާތުކޮށް، އިންގިލާބީ ބަދަލުތަކެއް އަންނާ ކަމަށް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ދެކެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
16 ފެބުރުއަރީ 2017

ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!

16 ފެބުރުއަރީ 2017
ޖެނީވާ ސަމިޓުގައި ރައީސް ނަޝީދަށް ހިތްވަރުގަދަކަމުގެ އެވޯޑެއް ދެނީ!
15 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި

15 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި
09 ފެބުރުއަރީ 2017

ރައީސް ޔާމީން އެދެއްވީ ރައީސް ނަޝީދު ދޫކޮށްލައްވާނެކަމުގެ އިޝާރާތެއް: ހަސަން ލަތީފް

09 ފެބުރުއަރީ 2017
ރައީސް ޔާމީން އެދެއްވީ ރައީސް ނަޝީދު ދޫކޮށްލައްވާނެކަމުގެ އިޝާރާތެއް: ހަސަން ލަތީފް
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
06 ފެބުރުއަރީ 2017

އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
02 ފެބުރުއަރީ 2017

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް