Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމައިކްރޮސޮފްޓް އިހުތިޖާޖު

މައިކްރޮސޮފްޓުން އިސްރާއީލާ އެކު އޮތް ގުޅުމާ މެދު އިހުތިޖާޖު ކުރި ދެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި

8 އެޕްރީލު 2025 | އަންގާރަ 13:42

ހުކުރު ދުވަހު މުޒާހަރާތައް ފެށުނީ މައިކްރޮސޮފްޓްގެ ސޮފްޓްވެއާ އިންޖިނިއަރު އިބްތިހާލް އަބޫސާދު، އެ ކުންފުނީގެ އައު ޕްރޮޑަކްޓް ފީޗާތަކާއި މައިކްރޮސޮފްޓްގެ އޭއައި ގެ އުންމީދުތަކަށް ދުރު ރާސްތާގެ ވިސްނުން، ކުންފުނީގެ އެގްޒެކްޓިވްއެއް އިއުލާނު ކުރަމުން ދިޔަ ސްޓޭޖު ކައިރީން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 އެޕްރީލު 2025 | އަންގާރަ 13:42
މައިކްރޯސޮފްޓުން ކުރިއަށްގެންދިޔަ ހަރަކާތެއްގައި އިބްތިހާލް އަބޫސާދު އިހުތިޖާޖުކުރަނީ

މައިކްރޯސޮފްޓުން ކުރިއަށްގެންދިޔަ ހަރަކާތެއްގައި އިބްތިހާލް އަބޫސާދު އިހުތިޖާޖުކުރަނީ

އިޒްރޭލުގެ އަސްކަރިއްޔާއަށް އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ފޯރުކޮށްދިނުމުގެ މަސައްކަތާ ދެކޮޅަށް މައިކްރޮސޮފްޓުން އެ ކުންފުނީގެ 50 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހުރަސް އެޅި ދެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އެ މަސައްކަތްތެރިން ތަމްސީލުކުރާ ގްރޫޕަކުން ބުނެފި އެވެ.

މައިކްރޮސޮފްޓުން ވަނީ މިދިޔަ ހޯމަ ދުވަހު ވަޒީފާއިން ވަކިކުރުމުގެ ސިޓީގައި މަސައްކަތްކުރާ އެކަކުގެ މައްޗަށް "މަޝްހޫރުކަން ހޯދުމަށާއި، އެ އިވެންޓަށް އެންމެ ބޮޑު ހީނަރުކަމެއް ގެނައުމަށް" ރާވާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. މައިކްރޮސޮފްޓުން ބުނި ގޮތުގައި އަނެއް މަސައްކަތު މީހާ މިހާރު ވެސް އިސްތިއުފާ ދިންކަން އިއުލާނު ކުރި ނަމަވެސް ހޯމަ ދުވަހު ވަނީ ފަސް ދުވަސް ކުރިން އޭނާ އެތަނުން ނުކުތުމަށް އަންގާފަ އެވެ.

ހުކުރު ދުވަހު މުޒާހަރާތައް ފެށުނީ މައިކްރޮސޮފްޓްގެ ސޮފްޓްވެއާ އިންޖިނިއަރު އިބްތިހާލް އަބޫސާދު، އެ ކުންފުނީގެ އައު ޕްރޮޑަކްޓް ފީޗާތަކާއި މައިކްރޮސޮފްޓްގެ އޭއައި ގެ އުންމީދުތަކަށް ދުރު ރާސްތާގެ ވިސްނުން، ކުންފުނީގެ އެގްޒެކްޓިވްއެއް އިއުލާނު ކުރަމުން ދިޔަ ސްޓޭޖު ކައިރީންނެވެ.

މައިކްރޮސޮފްޓް އޭއައިގެ ސީއީއޯ މުސްތަފާ ސުލައިމާނަށް އިޝާރާތްކޮށް އިބްތިހާލް ބުނަމުން ދިޔައީ "ތިޔަ ވިދާޅުވަނީ އޭއައި ބޭނުން ކުރަން ތިޔަ ބޭފުޅުން ވިސްނަވާ ކަމަށް، އެކަމަކު މައިކްރޮސޮފްޓުން އިޒްރޭލުގެ އަސްކަރިއްޔާއަށް އޭއައި ހަތިޔާރު ވިއްކަނީ،" ކަމަށެވެ. މައިކްރޮސޮފްޓް އޭއައިގެ ސީއީއޯ މުސްތަފާ ސުލައިމާނާ ދިމާލަށް ހަޅޭލަވަމުން އިބްތިހާލް ބުނީ ފަންސާސް ހާސް މީހުން މަރުވެފައިވާއިރު މައިކްރޮސޮފްޓުން މި ގަތުލްއާންމަށް ބާރުދެނީ އޭނާގެ ސަރަހައްދުގައި ކަމަށެވެ.

ވޮޝިންޓަންގެ ރެޑްމޮންޑްގައި ހުންނަ މައިކްރޮސޮފްޓްގެ ކެމްޕަހުން ލައިވްސްޓްރީމް ކުރަމުން ދަނިކޮށް ސުލޭމާންއަށް އޭނާގެ ވާހަކަ ހުއްޓާލަން މަޖުބޫރުވި އެވެ. މައިކްރޮސޮފްޓް އުފެދުނުތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަފްލާގެ ބައިވެރިންގެ ތެރޭގައި ކޯ ފައުންޑާ ބިލް ގޭޓްސް އާއި ކުރީގެ ސީއީއޯ ސްޓީވް ބޯލްމާ ހިމެނެ އެވެ.

މައިކްރޮސޮފްޓުން ބުނީ ސުލޭމާން ހަމަހިމޭންކަމާއެކު މަސައްކަތް ކުރީ ހާލަތު އިތުރަށް ގޯސްނުކުރަށް ކަމަށެވެ. ސުލައިމާން އާއި "މައިކްރޮސޮފްޓްގެ އެންމެންގެ" އަތުގައި ލޭ ހުރި ކަމަށް ބުނެ އަބޫސާދު އިހުތިޖާޖު ކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދު ކުރާ ކަމުގެ ރަމްޒަކަށް ވެފައިވާ ކެފިޔޭހް ސްކާފެއް ސްޓޭޖަށް އެއްލާލާފައިވެއެވެ.

މުޒާހަރާގެ ދެވަނަ ބައި ކަމަށްވާ މައިކްރޮސޮފްޓްގެ މުވައްޒަފު ވާނިޔާ އަގަރްވާލް ވަނީ ހަފްލާގެ ފަހު ބައި ހުއްޓުވާފައެވެ.

މައިކްރޮސޮފްޓްގެ އެޒޫރް ކްލައުޑް ކޮމްޕިއުޓިން ޕްލެޓްފޯމް އިޒްރޭލަށް ވިއްކާލުމާ ދެކޮޅަށް އަޑު އުފުލާ ފައިވާ އެޑްވޮކޭސީ ގްރޫޕް ނޯ އެޒޫރޭ ފޯ އެޕާތެއިޑް އިން ބުނި ގޮތުގައި ޓޮރޮންޓޯގައި ހުންނަ މައިކްރޮސޮފްޓްގެ ކެނެޑާގެ ހެޑްކުއާޓާސްގައި ހުންނަ އަބޫސާދަށް ހޯމަ ދުވަހު ހިއުމަން ރިސޯސް ރެޕްރެޒެންޓޭޓިވްއަކާ އެކު ބޭއްވި ކޯލަކަށް ދައުވަތު ދިން އިރު، އޭނާ ވަގުތުން ވަޒީފާއިން ވަކިކުރާ ކަމަށް ބުނެފައިވެ އެވެ.

ޣައްޒާ އާއި ލުބްނާނުގައި ދާދި ފަހުން ހިނގި ހަނގުރާމަތަކުގައި ބޮމުގެ ހަމަލާތައް ކަނޑައެޅުމަށް އިސްރާއީލުގެ އަސްކަރީ ޕްރޮގްރާމެއްގެ ދަށުން މައިކްރޮސޮފްޓާއި އޯޕަންއޭއައިގެ އޭއައި މޮޑެލްތައް ބޭނުންކޮށްފައިވާ ކަން މި އަހަރުގެ ކުރީކޮޅު ކުރި ތަހުގީގަކުން ވަނީ ހާމަވެފަ އެވެ. މީގެ އިތުރުން 2023 ވަނަ އަހަރު ލުބުނާނުގެ އާއިލާއެއްގެ މީހުން ގޮވައިގެން ދަތުރުކުރި ވެހިކަލަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ޒުވާން ތިން އަންހެން ކުދިންނާއި އެކުދިންގެ ދައްތަ މަރުވި ހާދިސާގެ ތަފްސީލުތައް ވެސް ހިމަނާފައިވެ އެވެ.

މައިކްރޮސޮފްޓުން ނެރުނު ވަޒީފާއިން ވަކިކުރި ސިޓީގައި އަބޫސާދަށް އަންގާފައި ވަނީ މެނޭޖަރަކާ އެކު އޭނާގެ ކަންބޮޑުވުންތައް އެކަހިރިކޮށް ހިއްސާ ކުރެވުނީސް ކަމަށެވެ. އޭގެ ބަދަލުގައި ސުލައިމާން އާއި އެ ކުންފުންޏާ ދެކޮޅަށް އޭނާ ދެއްކެވީ "ދެކޮޅުވެރި އަދި ވަރަށް ނާތަހުޒީބު ތުހުމަތުތަކެއް" ކަމަށާއި އޭނާގެ އަމަލަކީ އެހާ ހަރުކަށި އަދި ތަނުގެ އަމަންކަން ނަގާލާ އަމަލެއް ކަމުން ސެކިއުރިޓީން މެދުވެރިކޮށް އޭނާ ބޭރަށް ނެރެންޖެހުނު ކަމަށެވެ.

ވާނިއާ އޮތީ ދެ ހަފުތާގެ ނޯޓިސް ދީ، އޭޕްރީލް 11 ގައި އެ ކުންފުނި ދޫކޮށްލަން ނިންމާފައެވެ. ނަމަވެސް ހޯމަ ދުވަހު މެނޭޖަރަކު ވާނިއާ އަށް އީމެއިލް ކޮށްފައިވަނި އެނާ ވަޒީފާއިން ވަކިވުމަށް އެދި ހުށަހަޅާފައިވާ ސިޓީ އަށް ވަގުތުން އެ ދުވަހުން އެ ދުވަހަށް އަމަލުކުރުމަށެވެ.

މިއީ މައިކްރޮސޮފްޓުން އިސްރާއީލާ އެކު ކުރާ މަސައްކަތާ ދެކޮޅަށް ކުރި ފުރަތަމަ މުޒާހަރާއެއް ނޫން ނަމަވެސް މިއީ މިގޮތަށް އާންމުވެގެން ދިޔަ މިފަދަ ފުރަތަމަ މައްސަލައެވެ. މީގެ ކުރިން މިދިޔަ ފެބްރުއަރީ މަހު މައިކްރޮސޮފްޓްގެ ފަސް މުވައްޒަފަކު ވަނީ ސީއީއޯ ސަތިޔާ ނަޑެއްލާއާ އެކު ބޭއްވި ބައްދަލުވުމުން ބޭރުކޮށްފަ އެވެ.

މައިކްރޯސޮފްޓުން ހުކުރު ދުވަހު ވަނީ އަބޫސާދާއި ވާނިއާ އަށް އިތުރު ފިޔަވަޅެއް އަޅަން ނިންމާފައިވާކަން ހާމަކުރަނަ ދެކޮޅު ހަދާފައެވެ. ނަމަވެސް އެ ދެމީހުންގެ މަސައްކަތް ކުރާ އެކައުންޓަށް ވަނުމަށް ދީފައި އޮތް ހުއްދަ ވަނީ އިހުތިޖާޖުގެ ފަހުން އަތުލާފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

16 އެޕްރީލު 2017

ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ

16 އެޕްރީލު 2017
ފްލައިޓްތަކެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރާއެކު އިންޑިޔާގެ 3 އެއަރޕޯޓް އެލަރޓްވެއްޖެ
14 އެޕްރީލު 2017

ނޭޓޯގެ ފައުޖުތައް ރަޝިއާ ބޯޑަރުކައިރީ އޮތް ޕޮލެންޑަށް

14 އެޕްރީލު 2017
ނޭޓޯގެ ފައުޖުތައް ރަޝިއާ ބޯޑަރުކައިރީ އޮތް ޕޮލެންޑަށް
19 މާރިޗު 2017

ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

19 މާރިޗު 2017
ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް
15 މާރިޗު 2017

ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި

15 މާރިޗު 2017
ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި
27 ފެބުރުއަރީ 2017

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
14 ޖެނުއަރީ 2017

އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން

14 ޖެނުއަރީ 2017
އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް