Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެ ސިޓީ ކައުންސިލްގެ ވެހިކަލްތައް

މާލެ ސިޓީ ކައުންސިލްގެ ވެހިކަލްތަކަށް ބޭނުންވާ ޕެޓްރޯލް އަދި ޑީސަލް ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަނީ

ޑީސެލް އަދި ޕެޓްރޯލް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އެފްއެސްއެމް އާއި އަލުން މަޝްވަރާ ކުރުމަށްވެސް ވަނީ ނިންމާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 31 މާރިޗު 2023 | ހުކުރު 02:21
މާލެ ސިޓީ ކައުންސިލުގެ ބައްދަލުވުމުގެ ތެރެއިން

މާލެ ސިޓީ ކައުންސިލުގެ ބައްދަލުވުމުގެ ތެރެއިން

މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތަކުގައި ބޭނުންކުރާ ވެހިކަލްތަކަށް ބޭނުންވާވަރަށް ފިއުލް ސަޕްލައި މޯލްޑިވްސްއަށް ތެޔޮ ސަޕްލައި ނުކުރެވުމުން އިއުލާނުކޮށްގެން ތެޔޮ ފޯރުކޮށްދޭނެ ބަޔަކު ހޯދަން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 95 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. މި ނިންމުން މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ ދުވަހުންދުވަހަށް ކުރަންޖެހޭ މަސައްކަތްތަކުގައި ބޭނުންކުރާ ވެހިކަލްތަކަށް ބޭނުންވާ ވަރަށް އެފްއެސްއެމުން ޕެޓްރޯލް އަދި ޑީސަލް ސަޕްލައި ނުކުރުވެމުގެ ސަބަބުންނެވެ. މާލެ ސިޓީ ކައުންސިލަށް ޕެޓްރޯލް އަދި ޑީސަލް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ނިންމާފައިވަނީ އިއުލާނުކޮށްގެން ބިޑު ކުރުމަށްފަހުއެވެ.

Advertisement - newsAdvertisement

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ވެހިކަލްތަކަށް ބޭނުންވާ ޑީސެލް ނުލިބުމަކީ މާލޭ ސިޓީ ކައުންސިލުން ފޯރުކޮށްދެމުން އަންނަ އެތައް ހިދުމަތްތަކަކަށް ބުރޫ އަރާނެ ކަމެއް ކަމަށެވެ. މޭޔަރު ވިދާޅުވީ އެފްއެސްއެމަށް މާލެ ސިޓީ ކައުންސިލުން ފައިސާ ދެއްކުމުގައި ވެސް އެއްވެސް މައްސަލައެއް ޖެހިފައި ނުވާނެ ކަމަށެވެ.

މި ޖަލްސާގައި މާލެ ސިޓީ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް މުޖްތަބާ ޖަލީލް ވިދާޅުވީ އެފްއެސްއެމުން ސަޕްލައިކޮށްދޭ ޕެޓްރޯލް އަދި ޑީސެލްއިން މާލެ ސިޓީ ކައުންސިލުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުން ކުރާ ވެހިލަކްތަކަށް ދުއްވެނީ އެންމެ 2 ދުވަހު ކަމަށެވެ. ސެކެޓްރީ ޖެނެރަލް އިތުރަށް ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ޑީސެލް ލިބުމުގައި ދަތިތަކާއި ކުރިމަތިވުމުގެ ސަބަބުން ވޭއިތުވެ ދިޔަ 2 ހަފްތާގެ ތެރޭގައި 2 ފަހަރެއްގެ މަތިން މާލެ ސިޓީ ކައުންސިލުން ދެމުންއައި ހިދުމަތްތައް ހުއްޓާލަން ޖެހުނު ކަމަށެވެ.

މި ޖަލްސާގައި މާލެ ސިޓީ ކައުންސިލަށް ޑީސެލް އަދި ޕެޓްރޯލް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އެފްއެސްއެމް އާއި އަލުން މަޝްވަރާކުރުމަށް ވެސް ވަނީ ނިންމާފައެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު