Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ސިޓީ ކައުންސިލް ޑިޖިޓަލް ކުރުން

މާލެ ސިޓީ ކައުންސިލް ޑިޖިޓަލް ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމާލައިފި

31 މާރިޗު 2023 | ހުކުރު 02:15

ވައިޓަލް ރެޖިސްޓްރޭޝަނުން ވަނީ 2 ވައްތަރެއްގެ ޑޮކިއުމެންޓު ސްކޭންކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 31 މާރިޗު 2023 | ހުކުރު 02:15
މާލެ ސިޓީ ކައުންސިލް ޑިޖިޓަލް ކުރުމުގެ މަސައްކަތުގެ ތެރެއިން އުފެއްދި "މާވެހި" ޕޯޓަލް

މާލެ ސިޓީ ކައުންސިލް ޑިޖިޓަލް ކުރުމުގެ މަސައްކަތުގެ ތެރެއިން އުފެއްދި "މާވެހި" ޕޯޓަލް

މާލެ ސިޓީގެ ހުރިހާ މަސައްކަތެއް އެއް ޕްލެޓްފޯމަކުން ފަސޭހައިން ހޯދާލެވޭގޮތަށް މުޅި މާލެ ސިޓީގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށް ގޭގައި ތިބެގެން ޚިދުމަތްތައް ހޯދުމަށް މަގު ފަހިކޮށްދިނުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ފަށާފައިވާ "ޑިޖިޓަލް މާލެ" މަޝްރޫޢުގެ ބޮޑުބައެއް ނިންމާލައިފިއެވެ.

"ޑިޖިޓަލް މާލެ" ޝިއާރުގެ ދަށުން މާލެ ސިޓީ ކައުންސިލުން ވަނީ ވައިޓަލް ރަޖިސްޓްރޭޝަން ޑިޕާޓްމެންޓް، ލޭންޑް ޑިޕާޓްމެންޓް، ޕްރޮކިއުމެންޓް ޑިޕާޓްމެންޓް އަދި ހިއުމަން ރިސޯސް (އެޗްއާރް) ޑިޕާޓްމެންޓު އަދި އާންމު ޚިދުމަތާއި ބެހޭ ޑިޕާޓްމެންޓުން ސްކޭން ކުރުމުގެ ބޮޑު ބައެއް ނިންމާލާފައެވެ.

Advertisement - newsAdvertisement

ވައިޓަލް ރެޖިސްޓްރޭޝަނުން ވަނީ 2 ވައްތަރެއްގެ ޑޮކިއުމެންޓު ސްކޭންކޮށްފައެވެ. އެއީ މާލޭގެ ރަށްވެއްސަކަށް ވުމުގެ ސެޓްފިކެޓާއި އަލަށް އުފަންވާ ކުދިންގެ ނަން ރަޖިސްޓްރީއެވެ. މާލޭގެ ރަށްވެއްސަކަށް ވުމުގެ ސެޓްފިކެޓް ވަނީ 2016 އިން ފެށިގެން 2022 ވަނަ އަހަރާއި ހަމައަށް އެއްކޮށް ނިންމާލާފައެވެ. އަދި 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަލަށް އުފަންވާ ކުދިންގެ ނަން ރަޖިސްޓްރީ ކުރި ހުރިހާ ލިޔެކިއުމެއް ވަނީ ސްކޭންކޮށް ނިންމާފައެވެ.

ލޭންޑް ޑިޕާޓްމެންޓުން ވަނީ 3 ވައްތަރެއްގެ ލިޔެކިއުންތަކެއް ސްކޭންކޮށްފައެވެ. އެއީ ވަކިކަމަކަށް އިމާރާތް ބޭނުން ކުރުމުގެ ހުއްދަ 2016 އިން ފެށިގެން 2022 ހަމައަށް ވަނީ ސްކޭންކޮށް ނިންމާފައެވެ. 2019 ވަނަ އަހަރުގެ ވެހިކަލް ގަރާޖް ރަޖިސްޓްރޭޝަން އެއްކޮށް އަދި މާލެ ސިޓީގައި އިމާރާތް ކުރުމުގެ ހުއްދަ ވަނީ ސްކޭންކޮށް ނިންމާފައެވެ.

އާންމު ޚިދުމަތާއި ބެހޭ ޑިޕާޓްމެންޓުން ވަނީ 4 ވައްތަރެއްގެ ލިޔެކިއުމެއް ސްކޭންކޮށް ނިންމާފައެވެ. އެގޮތުން 2016 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް މަގުމަތީގައި މަސައްކަތް ކުރުމުގެ ހުއްދައާއި ބޯޑު ދޫކުރި ކަމުގެ ލިޔުންތައް އެއްކޮށް ވަނީ ސްކޭންކޮށް ނިންމާފައެވެ. އަދި ހަމަ އެ މުއްދަތުގައި ބިލް ކުރާ ގޮތައް ދޫކުރާ ފޯމްތަކުގެ 95 އިންސައްތަ ވަނީ ސްކޭންކޮށް ނިންމާފައެވެ. އެ ޑިޕާޓްމެންޓުން ވަނީ 2016 ވަނަ އަހަރުން 2023 ވަނަ އަހަރަށް މަގުމަތީގައި މަސައްކަތް ކުރުމުގެ ފައިސާގެ ރަސީދުގެ %70 އަދި ބިތްގަނޑު ފޯމުގެ %80 ސްކޭންކޮށްފައެވެ.

ޕްރޮކިއުމެންޓް ޑިޕާޓްމެންޓްގެ ލިޔެކިޔުންތަކުގެ %85 އަދި އެޗްއާރް ޑިޕާޓްމެންޓްގެ ހުރިހާ ލިޔެކިޔުންތައް ވަނީ ސްކޭންކޮށް ނިންމާފައެވެ.

"ޑިޖިޓަލް މާލެ" ޝިއާރުގެ ދަށުން 82900 ލިޔެކިޔުން ވަނީ ސްކޭން ކުރެވިފައެވެ. އެއީ 981000 ސަފްހާއެވެ.

"ޑިޖިޓަލް މާލެ" މަޝްރޫޢުއަކީ މާލެސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރަށް އެކުލަވާލި ސްޓްރެޓްޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ އެއް އަމާޒެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް