Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވ. އާރަށު މައްސަލަ

ދައުލަތުން ނަގަން އެދުނު ފައިސާގެ ތެރޭގައި ހަލާލު ފައިސާވެސް ހިމެނޭނެ: ޔާމީނު

30 މާރިޗު 2023 | ބުރާސްފަތި 09:35

އަމުރު ނެރުމުގެ ވަގުތާއި ގުޅޭގޮތުން ގިނަ ސުވާލުތަކެއް ފަނޑިޔާރުން ދައުލަތަށް އަމާޒު ކުރައްވާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 މާރިޗު 2023 | ބުރާސްފަތި 09:35
އާރަށު މައްސަލައިގައި 52 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި އަމުރުގެ އިސްތިއުނާފު އަޑުއެހުން

އާރަށު މައްސަލައިގައި 52 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި އަމުރުގެ އިސްތިއުނާފު އަޑުއެހުން

ވ. އާރަށު މައްސަލައިގައި 52 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި އަމުރުގެ އިސްތިއުނާފު އަޑުއެހުމެއް ބުރާސްފަތި ދުވަހު ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ޔާމީނުގެ ފަރާތުން ވަނީ އިސްތިއުނާފީ ނުކުތާތައް ދަންނަވާފައެވެ. އަދި ދައުލަތުން ވަނީ އެ ނުކުތާތަކަށް ޖަވާބުވެސް ދީފައެވެ. އެގޮތުން މި މައްސަލައިގައި ދެފަރާތުންވެސް ދެބަސް ނުވާ ކަންކަން އެބަހުރިކަން ފާހަގަކޮށް ދައުލަތުން ބުނީ، މި މައްސަލައިގައި އޮތް ހަމައެކަނި ޚުސޫމާތަކީ އެފަދަ އަމުރެއް ނެރެވިދާނެ ވަގުތާއި ގުޅޭގޮތުން އޮތް ދެބަސްވުން ކަމަށެވެ.  

ދައުލަތުން ބުނާ ގޮތުގައި އެފަދަ އަމުރު ނެރެވޭނީ ހަމައެކަނި ޙުކުމް ކުރާ ވަގުތު ޙުކުމާއެކު އެކަންޏެއް ނޫނެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ތަރުތީބަށް ބަލާއިރު، ޙުކުމާއެކުވެސް އަދި ޙުކުމަށްފަހުވެސް އެފަދަ އަމުރެއް ނެރުމަށް ހުރަހެއް ނެތްކަމަށް ދައުލަތަށް ޤަބޫލު ކުރެވޭކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ޔާމީނުގެ ފަރާތުން ވަނީ ދައުލަތުން ދިން ޖަވާބަށް ރައްދު ދެއްވާފައެވެ.

ޔާމީނުގެ ވަކީލު ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، އެގޮތަަށް އަމުރު ނެރޭނަމަ ދިވެހިރާއްޖޭގެ ޤާނޫނުގައި ކަނޑައެޅިފައިނުވާ އުސޫލުތަކެއް ތައާރަފުވެގެންދާނެ ކަމަށެވެ. އަމިއްލަ ގޮތްތައް ފަނޑިޔާރުން ގެންގުޅެގެން ނުވާނެކަން ޑރ ޖަމީލް ފާހަގަ ކުރެއްވިއެވެ.

އެއަށްފަހު ޝަރީއަތުން ވަނީ ބައެއް ކަންކަން ސާފު ކުރައްވާފައެވެ.  އެގޮތުން އަމުރު ނެރުމުގެ ވަގުތާއި ގުޅޭގޮތުން ގިނަ ސުވާލުތަކެއް ފަނޑިޔާރުން ދައުލަތަށް އަމާޒު ކުރައްވާފައިވެއެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި އެކައުންޓުގައި ހުރި އިތުރު ފައިސާއާއެކު 3،413،230 (ތިން މިލިއަން ހަތަރުލައްކަ ތޭރަހާސް ދުއިސައްތަ ތިރީސް) އެމެރިކާ ޑޮލަރު، (52،632،006 ރުފިޔާ) އެމްއައިބީގައި ޔާމީނުގެ ނަމުގައި ހުޅުވާފައިވާ އެހެން އެކައުންޓަކަށް ޖަމާކުރައްވައި، 36 މަސް ދުވަސް ވަންދެން ވަނީ ފައިދާ ހޯއްދަވާފައެވެ. 

މި އަޑުއެހުމުގައި ރައީސް ޔާމީނު ވިދާޅުވީ، 52 މިލިއަން ރުފިޔާއަކީ ޝަރީއަތުގެ މަރުޙަލާގައި ވާހަކަ ދެކެވިފައިވާ އަދަދެއް ނޫން ކަމަށެވެ. 1 މިލިއަން ޑޮލަރުގެ ޗެކް އިސްލާމިކް ބޭންކް އެކައުންޓުގައި ހުންނާނެ ކަމަށާއި، އެއިން އުފެދުނު މުދަަލަކަށް ވާނީ ބޭންކުން ދޭ އިންޓްރެސްޓު ކަމަށް ޔާމީން ވިދާޅުވިއެވެ. ބަހުސްގެ ބޭނުމަށް ބެލި ނަމަވެސް، 1 މިލިއަން ޑޮލަރުން ލިބުނު ޗެކް ބޭންކުގައި ބަހައްޓައިގެން 52 މިލިއަން ރުފިޔާގެ ނަފާއެއް އަންނާނެ ގޮތެއް ނޯންނާނެކަމަށް ޔާމީން ވިދާޅުވިއެވެ.

ދެން އޮންނާނީ މި މައްސަލައިގެ ޙުކުމް ކުރެއްވުމެވެ.

ހައިކޯޓުގައި މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު މުޙައްމަދު ފައިސަލްއެވެ. ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް