Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލޭ ޖަލު ހުސްކުރުން

އޮގަސްޓުގެ ކުރިން މާލޭ ޖަލު ހުސްކުރެވޭނެ - ކަރެކްޝަން

މާލޭ ޖަލުގައި ތިބީ 100އެއްހާ ގައިދީން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 30 މާރިޗު 2023 | ބުރާސްފަތި 08:07
މާލެ ޖަލު

މާލެ ޖަލު

އޮގަސްޓު މަހުގެ ކުރިން މާލޭ ޖަލު އެއްކޮށް ހުސްކުރެވޭނެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއިން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ މީޑިއާ އޮފިޝަލް އަހުމަދު ނަސީމް ވިދާޅުވީ މާލޭ ޖަލު ހުސްކުރުމަށްޓަކައި މިހާރުވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އޮގޮތުން އެތަނުގައި މިހާރު ތިބި ގައިދީން ބަދަލުކުރަން ނިންމާފައިވަނީ ހިއްމަފުށި އަދި މާފުށި ޖަލަށް ކަމަށެވެ.

Advertisement - newsAdvertisement

ނަސީމް ވިދާޅުވީ ގައިދީން ބަދަލުކުރުމަށްޓަކައި ހިއްމަފުށީ އައްސޭރި ޖަލާއި، މާފުށީ ޖަލުގައި އިތުރު ޔުނިޓްތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މާލޭ ޖަލުގައި މިހާރު ތިބީ 100 އެއްހާ ގައިދީން ކަމަށާއި، އެހެންކަމުން އަލަށް އިތުރުކުރެވޭ ޔުނިޓްތަކާއެކު ގައިދީން އެކޮމޮޑޭޓް ކުރެވޭނެ ކަމަށް ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ގައިދީން މި ދެޖަލަށް ބަދަލުކުރިޔަސް ޖާގައިގެ ދަތިތަކެއް ދިމާނުވާނެ ކަމަށެވެ. އަދި ގައިދީން ބަދަލުކުރަނީ އެގޮތަށް ބަލާފައި ކަމަށާއި، އެކަށީގެންވާ އަދަދަކަށް ޔުނިޓްތައް އަޅަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ހުޅުމާލޭ ޖަލު ފުރިފައި ހުރުމުން އެތަނަށް އެއްވެސް ގައިދީއެއް މާލޭ ޖަލުން ބަދަލު ނުކުރާނެ ކަމަށެވެ.

މާލޭ ޖަލު ހުސްކުރުމުގެ މަސައްކަތް ކުރަނީ، މި އަހަރު ފެށޭ 2023-2024 ވަނަ އަހަރުގެ އެކަޑަމިކް އައު އަހަރު ފެށޭއިރު، ޖަލާއި އިންވެގެން އަލަށް އިމާރާތްކުރި ދަރުމަވަންތަ ސްކޫލް ހުޅުވާ އެތަނުގައި ކިޔަވައިދޭން ފަށާތީއެވެ. ދަރުމަވަންތަ ސްކޫލުގައި 635 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

މާލޭ ޖަލުން ގައިދީން ބަދަލުކުރުމަށްފަހުގައި އިމާރާތަށް ދެން ހަދާނީ ކިހިނެއްތޯ އެހުމުން، ނަސީމް ވިދާޅުވީ، ކަރެކްޝަނުން އެތަން އެއްކޮށް ދޫކޮށްލާނެ ކަމަށެވެ. އަދި އެ އިމާރާތާމެދު ގޮތެއް ނިންމާނީ ސަރުކާރުން ކަމަށެވެ.

މީގެ ކުރިން މާލޭ ޖަލު ހުޅުމާލެއަށް ބަދަލުކުރުމަށްވެސް ހޯމް މިނިސްޓްރީން މަސައްކަތްކޮށްފައިވެއެވެ. މިދިޔަ އަހަރު މިކަމަށް ހާއްސަ ޕްރޮޖެކްޓެއް ފަށައި، މި މަސައްކަތާއެކު ރިމާންޑު ޖާގައަށް 400 ވަރަކަށް ޖާގަ އިތުރުކުރެވިގެންދާނެ ކަމަށެވެ. މިއީ ރިމާންޑު ކުށްވެރިން ބެލެހެއްޓުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ލިބޭނެ ވަރަށް ބޮޑު ހައްލެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު